ރަޝިޔާގެ ގޮނޑުދޮށަކަށް ދިން ޑްރޯން ހަމަލާއެއްގައި ހަތް މީހުން މަރުވެއްޖެ

Aug 4, 2026, 10:06 AM
ފޮޓޯ: ސީއެންއެން

ފޮޓޯ: ސީއެންއެން

ރަޝިޔާގެ ދެކުނުގެ ސަރަހައްދެއްގެ ގޮނޑުދޮށަކަށް ދިން ޑްރޯން ހަމަލާއެއްގައި ތިން ކުޑަކުދިން ހިމެނޭހެން ޖުމްލަ ހަތް މީހަކު މަރުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ގޮނޑުދޮށާއި މޫދުގައި ގިނަ ބަޔަކު ތިއްބާ، ވަރަށް ބާރުމިނުގައި އައި ޑްރޯނެއް ގޮނޑުދޮށަށް ވެއްޓި ބޮޑު އަލިފާންގަނޑަކަށް ބަދަލުވެގެންދެ އެވެ.

ކްރަސްނޯޑާ ސަރަހައްދުގެ ގަވަރުނަރު ވެނިއަމިން ކޮންޑްރަޓްޔޭވް ވިދާޅުވި ގޮތުގައި، މި ހާދިސާގައި ޒަހަމްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 40 އަށް އަރާފަ އެވެ. މީގެ ތެރެއިން 17 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މިއީ އާންމު ރައްޔިތުންނަށް އަމާޒުކޮށް ޔޫކްރޭނުން ގަސްތުގައި ދިން ހަމަލާއެއް ކަމަށް ގަވަރުނަރު ތުހުމަތު ކުރެއްވި ނަމަވެސް، ޔޫކްރޭނުން މިކަމާ ގުޅޭ ގޮތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މި ޑްރޯން ހަމަލާ އަމާޒުކުރީ ކޮން ތަނަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ. ޔޫކްރޭނުގެ ބައެއް ޓެލެގްރާމް ޗެނަލްތަކުން ބުނާ ގޮތުގައި، ޑްރޯން ގޮނޑުދޮށަށް ވެއްޓުނީ އިލެކްޓްރޯނިކް ވޯފެއާ ސިސްޓަމްތައް ބޭނުންކޮށްގެން ޑްރޯންގެ ސިގްނަލް ޖޭމްކޮށްލުމާ ގުޅިގެންނެވެ. 

ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ރަޝިޔާގެ ސަރަހައްދުތަކަށް ދުރު ރާސްތާގެ ހަމަލާތައް ދިނުމުގައި ޔޫކްރޭނުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ. މިގޮތުން ހަކަތަ އުފައްދާ މަރުކަޒުތަކާއި، އަސްކަރީ ގުދަންތަކަށް ޔޫކްރޭނުން ދަނީ ހަމަލާދެމުންނެވެ.

މިފަދަ ހަމަލާތަކުގައި އާންމުން މަރުވާ ހާދިސާތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ހަފުތާ ބަންދުގައި ރަޝިޔާގެ އެކި ސިޓީތަކަށް ދިން ހަމަލާތަކުގައި އަށް މީހަކު ވަނީ މަރުވެފަ އެވެ.

ފެބްރުއަރީ 2022 ގައި ފެށި ހަނގުރާމައާ އެކު، ރަޝިޔާއިން ދަނީ ޔޫކްރޭނުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށާއި ސިޓީތަކަށް މެދުނުކެނޑި ހަމަލާދެމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox