ޖަރުމަނުގެ އެއާޕޯޓަކުން ގޮވާތަކެތި ހަރުކުރި ޑްރޯނެއް ފެނިއްޖެ

Aug 6, 2026, 6:30 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ޖަރުމަނުވިލާތުގެ އެއާޕޯޓަކުން ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯނެއް ފެނިއްޖެ އެވެ.

ސެކްސަނީ ސްޓޭޓްގެ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ރޭގަނޑުގެ ވަގުތެއްގައި ލައިޕްޒިގް/ހާލޭ އެއާޕޯޓުގައި އޮތް ޔޫކްރެއިންގެ މުދާ އުފުލާ ބޯޓުތަކެއްގެ ކައިރިން މި ޑްރޯން ފެނުނީ އެއާޕޯޓުގެ މުވައްޒަފަކަށެވެ. އެއާއެކު، އެ ސަރަހައްދުގައި ރޮބޮޓެއް ބޭނުންކޮށްގެން ވަނީ ހަރަކާތްތެރިވާން ފަށާފަ އެވެ.

މީގެ އިތުރުން، ހަމަ އެ އެއާޕޯޓު ކައިރިން ޝައްކު ކުރެވޭ އިތުރު އެއްޗެއް މުދާ އުފުލާ ބޯޓެއްގައި ޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ބޯޓު ހެނޯވާ އެއާޕޯޓަށް ޖެއްސުމަށްފަހު ބެލިއިރު، ބޯޓަށް ކުދިކުދި ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ.

Advertisement

ޖަރުމަނުގެ އަސްކަރީ މަރުކަޒުތަކާއި، އެއާޕޯޓުތަކާއި، ހަކަތަ އުފައްދާ ތަންތަނާއި، ބަނދަރުތަކުގެ އިތުރުން ލޮޖިސްޓިކްސް ކުންފުނިތައް ފަދަ ނާޒުކު ސަރަހައްދުތަކުގެ މަތިން ފާއިތުވި މަސްތަކުގައި ހުއްދަނެތި ގިނަ އަދަދެއްގެ ޑްރޯންތައް އުދުހިފައިވާތީ، އެ ގައުމުގެ އެއާޕޯޓުތައް މިހާރު އޮތީ މަތީ އެލާޓެއްގަ އެވެ. ފުލުހުން އިންޒާރު ދީފައިވާ ގޮތުގައި މި ޑްރޯންތަކަކީ ރަޝިއާގެ އެޖެންޓުން އަޑީގައި ތިބެގެން ހިންގާ އަމަލުތަކަކަށް ވުން އެކަށީގެންވެ އެވެ.

ޖަރުމަނުގެ އިރުމަތީގައި އޮންނަ ލައިޕްޒިގް/ހާލޭ އެއާޕޯޓަކީ ޖަރުމަނުގެ އަސްކަރިއްޔާ އާއި ނޭޓޯގެ ގައުމުތަކުން އަސްކަރީ ސާމާނު އުފުލުމަށް ބޭނުންކުރާ މުހިންމު އެއާޕޯޓެކެވެ. އަދި މިއީ ޔޫކްރެއިންގެ ވައިގެ މަގުން އުފުލާ މުދަލުގެ ބޮޑު ބައެއް އުފުލާ އެ ގައުމުގެ "އެންޓޮނޯވް އެއާލައިންސް" ބޭނުންކުރާ މައި މަރުކަޒު ވެސް މެއެވެ.

މީގެ އިތުރުން، މިއީ ދުނިޔޭގެ މަޝްހޫރު ލޮޖިސްޓިކްސް ކުންފުނި، ޑީއެޗްއެލް (DHL) ގެ ވެސް މައި ހަބެކެވެ.

ފުލުހުން ވަނީ އެ ޑްރޯންގައި އިން ގޮވާ އެތީގެ ޑެޓޮނޭޓަރު ނައްތާލުމަށް ފަހު، ފަހުން އެ އެތި ކޮންޓްރޯލްޑް އެކްސްޕްލޯޝަނެއްގެ ދަށުން ގޮއްވާލާފަ އެވެ.

ސެކްސަނީގެ އިންޓީރިއާ މިނިސްޓަރު އާމިން ޝޫސްޓާ މި ހާދިސާ ސިފަކުރެއްވީ ސަލާމަތީ ގޮތުން ކުރިމަތިވި "ވަރަށް ސީރިއަސް ނުރައްކަލެއް" ގެ ގޮތުގަ އެވެ.

2024 ވަނަ އަހަރުގެ ޖުލައި މަހު ވެސް ލައިޕްޒިގް/ހާލޭ އެއާޕޯޓުގައި ޑީއެޗްއެލްގެ ބޯޓަކަށް އަރުވަން ތައްޔާރުކޮށްފައި އޮތް ޕާރުސަލެއްގައި ވަނީ ރޯވެފަ އެވެ. މިއީ އިނގިރޭސިވިލާތާއި ޔޫރަޕްގެ ގައުމުތަކަށް އަމާޒުކޮށްގެން ޕާރުސަލްތަކުގައި ރޯކޮށްލުމަށް ހިންގި ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އެ ހާދިސާތަކަކީ ވެސް މޮސްކޯއާ ގުޅުންހުރި ބަޔަކު ގަސްތުގައި ދިން ގެއްލުންތަކެއް ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.

ނަމަވެސް، އެ ހާދިސާތަކުގައި އެއްވެސް ބައިވެރިވުމެއް އޮތް ކަމަށް ރަޝިއާއިން އެއްބަހެއް ނުވެ އެވެ. 

މީގެ އިތުރުން، ލައިޕްޒިގް/ހާލޭ އެއާޕޯޓުގެ ފްލައިޓް ޝެޑިއުލްތަކާއި މުދާ އުފުލާ ގޮތުގެ މައުލޫމާތު، ޗައިނާއަށް ޖާސޫސްކޮށްދޭ މީހަކަށް ފޯރުކޮށްދިން ކަމުގެ ކުށް ސާބިތުވެ، މިދިޔަ އަހަރު ޗައިނާގެ އަންހެނަކު ވަނީ ޖަލަށް ލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox