ބެންކްސީގެ ކުރެހުންތައް ފޮހެލުމަށް 150،000 ޕައުންޑު ހޭދަކޮށްފި

Aug 9, 2026, 11:32 AM
ފޮޓޯ: ޕީއޭ މީޑިއާ

ފޮޓޯ: ޕީއޭ މީޑިއާ

މަޝްހޫރު ސްޓްރީޓް އާޓިސްޓް ބެންކްސީގެ ތިން ކުރެހުމެއް ސާފުކުރުމަށާއި އެ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް، އިނގިރޭސިވިލާތުގެ ޓެކްސް ފައިސާއިން މިހާތަނަށް ގާތްގަނޑަކަށް 150،000 ޕައުންޑް ހޭދަވެއްޖެ އެވެ. އަދި މި އަދަދު ކުރިއަށް އޮތް ތަނުގައި އިތުރުވާނެ ކަމަށް ބެލެވެ އެވެ.

މި ހުރިހާ ކުރެހުންތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ހިނގާފައި ވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު "ރޯޔަލް ކޯޓްސް އޮފް ޖަސްޓިސް" ގެ ފާރުގައި ކުރެހި ކުރެހުމަކަށެވެ. އެ ކުރެހުން ފޮހެލުމަށާއި އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މިހާތަނަށް 85،000 ޕައުންޑަށް ވުރެ ގިނަ ފައިސާ ވަނީ ހޭދަވެފަ އެވެ.

އިނގިރޭސިވިލާތުގެ މިނިސްޓްރީ އޮފް ޖަސްޓިސް (އެމްއޯޖޭ) އިން ބުނި ގޮތުގައި، ކެއަރީ ސްޓްރީޓްގައި ހުންނަ އާސާރީ ގޮތުން ރައްކާތެރިކޮށްފައިވާ އެ އިމާރާތުގެ ފާރުން ކުލަ ފޮހެލުމަށް އެކަނިވެސް 50،000 ޕައުންޑް ވަނީ ހޭދަކޮށްފަ އެވެ. މީގެ އިތުރުން، އެ ތަނުގެ ސަލާމަތީ ކަންކަމަށާއި މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާގެ ގޮތުގައި 35،300 ޕައުންޑް ހޭދަވެފައިވެ އެވެ.

Advertisement

މި ހަރަދުތަކުގެ ތަފްސީލު ހާމަވެފައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ބީބީސީން ހުށަހެޅި ރިކުއެސްޓަކާ ގުޅިގެންނެވެ. މި މައުލޫމާތުތަކާއެކު، ބެންކްސީގެ މަސައްކަތްތަކަކީ މުދަލަށް ދޭ ގެއްލުމެއް ނުވަތަ "ވެންޑަލިޒަމް" އެއްތޯ ނުވަތަ އެއީ އަގުހުރި ފަންނީ މަސައްކަތްތަކެއްތޯ ކުރެވޭ ބަހުސް އަލުން ވަރުގަދަވާނެ ކަމަށް ބެލެވެ އެވެ.

ބެންކްސީ އަކީ 1990 ގެ އަހަރުތަކުގައި ބްރިސްޓޯލްގެ ގްރެފިޓީ މާހައުލުން ފާހަގަވާން ފެށި، މިހާރު ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސްޓްރީޓް އާޓިސްޓެވެ. އޭނާގެ ކުރެހުންތަކާއި ފަންނީ އުފެއްދުންތަކަކީ ކުއްލިއަކަށް ރޭގަނޑެއްގެ ތެރޭގައި ފާޅުވާ އަދި ގިނަ އަދަދެއްގެ އާންމުންގެ ސަމާލުކަން ހުއްޓޭ މަސައްކަތްތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox