މެޑިޓަރޭނިއަންގެ ބޮޑު ޖިނާއީ ނެޓްވޯކެއް ރޫޅާލައިފި

Aug 8, 2026, 1:26 PM
ފޮޓޯ: ޔޫރޯޕޯލް

ފޮޓޯ: ޔޫރޯޕޯލް

މެޑިޓަރޭނިއަން ކަނޑުގެ ހުޅަނގު ސަރަހައްދުގައި މަސްތުވާތަކެއްޗާއި އިންސާނުން ޓްރެފިކް ކުރަމުންދިޔަ އެންމެ ބޮޑު އެއް ނެޓްވޯކް ރޫޅާލާފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ޔޫރަޕްގެ ފުލުހުންގެ އިދާރާ، ޔޫރޯޕޯލުން ހާމަކުރި ގޮތުގައި، މި ނެޓްވޯކާ ދެކޮޅަށް ސްޕެއިން އާއި އަލްޖީރިއާގައި ހިންގި އޮޕަރޭޝަނެއްގައި 78 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މި ގްރޫޕަކީ މަސްތުވާތަކެތީގެ އިތުރުން، އަނިޔާވެރި ފޭރުމާއި، ބިރުދައްކައިގެން ފައިސާ ހޯދުމާއި، މީހުން ރަހީނުކުރުމުގެ އިތުރުން މަނީ ލޯންޑަރިން ފަދަ ކުށްތަކާ ވެސް ގުޅުން އޮންނަ ބައެއް ކަމަށް އެ އިދާރާއިން ބުނެ އެވެ.

މި ޖަމާއަތުން ސްޕެއިން އާއި ޕޯޗުގަލް އިން ސިންތެޓިކް ޑްރަގްސް އަލްޖީރިއާއަށް ފޮނުވުމަށް ފަހު، އެނބުރި އަންނަ ދަތުރުގައި "ގޯސްޓް ސްޕީޑްބޯޓް" ތަކުގައި ސްޕެއިންގެ މައި ސަރަހައްދުތަކަށާއި އިބީޒާ ރަށަށް ރެފިއުޖީންނާއި ހަތިޔާރު އެތެރެކުރެ އެވެ.

މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ތެރޭގައި 5 މިލިއަން ޔޫރޯގެ އަގުހުރި ބާރުގަދަ 18 ލޯންޗާއި، ބަޑިއާއި، ނަގުދު ފައިސާގެ ގޮތުގައި 25،000 އަށްވުރެ ގިނަ ޔޫރޯގެ އިތުރުން 15،000 އެމްޑީއެމްއޭ ގުޅަ ހިމެނެ އެވެ.

ސްޕެއިންގެ ފުލުހުން އިސްވެ ހިންގި މި އޮޕަރޭޝަނުގައި އެ ގައުމުގެ އެލިކާންޓޭ، އަލްމޭރިއާ، ކާޓަހޭނާ އަދި މުރްސިއާ ހިމެނޭހެން 17 ސަރަހައްދެއް ބަލައި ފާސްކޮށްފައިވެއެވެ.

މި ނެޓްވޯކުން ވަނީ އެހެން ޖިނާއީ ގްރޫޕްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީ، ހުޅަނގު މެޑިޓޭރޭނިއަން ހުރަސްކޮށް ގަވާއިދާ ހިލާފަށް މުދަލާއި މީހުން އުފުލުމުގެ ހިދުމަތް ދީފަ އެވެ.

ހައްޔަރުކުރި މީހުންނަކީ މައިގަނޑު ގޮތެއްގައި އަލްޖީރިއާގެ ރައްޔިތުންނެވެ. އަދި އެމީހުންނަކީ ފްރާންސް، ބެލްޖިއަމް، ޕޯޗުގަލް، އިޓަލީ އަދި ޕޯލެންޑްގެ ޖިނާއީ ގްރޫޕްތަކާ ގުޅުން އޮންނަ ބައެއްކަން ވެސް ވަނީ ހާމަވެފަ އެވެ.

ފުލުހުންގެ މި އޮޕަރޭޝަނުގައި ސެޓެލައިޓް ފޯނާއި، ޖީޕީއެސް ޑިވައިސްތަކާއި، މުއާސަލާތު ކުރުމަށް ބޭނުންކުރާ އެންކްރިޕްޓް ކުރެވިފައިވާ އާލާތްތަކުގެ އިތުރުން ސެޓެލައިޓް ޑިޝްތައް ވެސް ވަނީ އަތުލައިގެންފަ އެވެ.

މި ނެޓްވޯކް ރޫޅާލިކަން އިއުލާންކޮށްފައި މިވަނީ، ބޯޑަރު ހުޅުވާލާފައިވާ ކަމަށް ފެތުރުނު ދޮގު އަޑުތަކަކާ ގުޅިގެން، އުތުރު އެފްރިކާގައި އޮންނަ ސްޕެއިންގެ ސަރަހައްދެއް ކަމަށްވާ ސެއުޓާއަށް ގާތްގަނޑަކަށް 78،000 ހިޖުރަވެރިން ވަންނަން މަސައްކަތްކުރިތާ ހަފުތާއެއް ފަހުންނެވެ.

ސެއުޓާގެ ލީޑަރު ހުއާން ހެސޫސް ވިވާސް ވިދާޅުވި ގޮތުގައި، އެ ސަރަހައްދަށް ވަން ގިނަ ހިޖުރަވެރިން އެނބުރި މޮރޮކޯއަށް ގޮސްފައިވީ ނަމަވެސް، އަދިވެސް 3،000 އާއި 5،000 އާ ދެމެދުގެ އަދަދަކަށް މީހުން އެ ސަރަހައްދުގައި އެބަ ތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox