މާޒިޔާ ބަލިކޮށް ތަޖިކިސްތާންގެ ރެގާރު އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖަށް

Aug 12, 2026, 5:03 PM
އޭއެފްސީ ޗެލެންޖު ލީގުގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާ އާއި ރެގާރު ކުޅުނު މެޗުގެ ތެރެއިން: މެޗަށް ފަހު ރެގާރުގެ ކުޅުންތެރިން އުފާފާޅުކުރަނީ--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

އޭއެފްސީ ޗެލެންޖު ލީގުގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާ އާއި ރެގާރު ކުޅުނު މެޗުގެ ތެރެއިން: މެޗަށް ފަހު ރެގާރުގެ ކުޅުންތެރިން އުފާފާޅުކުރަނީ--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

އޭއެފްސީ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ، ތަޖިކިސްތާންގެ ރެގާރު ޓަޑާޒުން 3-0 އިން ރާއްޖޭގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް އޭއެފްސީ ޗެލެންޖު ލީގުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދައިފި އެވެ. 

މި މެޗަކީ އިއްޔެ ހަވީރު ކުޅެން އެންމެ ފުރަަތަމަ ތާވަލުކޮށްފައި އޮތް މެޗެކެވެ. އެކަމަކު، ރެގާރު އަށް ދިމާވި ދަތުރުފަތުރުގެ ލަސްވުމުގެ މައްސަލައެއްގެ ސަބަބުން، އެ ޓީމުން އޭއެފްސީ އަށް އެންގުމާ ގުޅިގެން، މިއަދު ހަވީރަށް މެޗު ފަސްކުރަން ނިންމީ އެވެ. 

މާޒިޔާ އިން އޭއެފްސީ ޗެލެންޖް ލީގު ފެށި އަހަރު ގްރޫޕް ސްޓޭޖުގައި ކުޅުނެވެ. އެކަމަކު، އޭގެ ފަހުން، ދެ ފަހަރު ވެސް ޕްރިލިމިނަރީ ކޮލިފައިން ބުރުގައި ވަނީ ކަޓައިފަ އެވެ. މިދިޔަ އަހަރު ބަލިވީ ކުވެއިތުގެ އަލް އަރާބީ އަތުން 4-0 އިންނެވެ. އަލް އަރާބީ އަތުން މިދިޔަ އަހަރުގެ ޗެލެންޖް ލީގުގައި ރެގާރު ވަނީ ބަލިވެފަ އެވެ. 

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން، ރެގާރުން މެޗުގެ ކޮންޓްރޯލް ހޯދައިގެން ކުޅެން މަސައްކަތްކުރި ނަމަވެސް މާޒިޔާ އިން އެ ފުރުސަތު ނުދީ ލިބޭ ފުރުސަތުތަކުގައި ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. ރެގާރުގެ އެޓޭކިން މިޑްފީލްޑަރު، ކައިޓޯވް އަޒީޒްބެކަށް، މާޒިޔާ އޭރިއާތެރެއިން އެ ޓީމުގެ ހައިޝަމް ހަސަން (ބިޑި) ފައުލުކުރި ކަމަށް އެޕީލް ކުރި ނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީ ދޭން ޖެހޭ ފައުލެއް ނޫން ކަމަށެވެ. 

އޭއެފްސީ ޗެލެންޖު ލީގުގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާ އާއި ރެގާރު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
އޭއެފްސީ ޗެލެންޖު ލީގުގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާ އާއި ރެގާރު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ކައުންޓަ އެޓޭކުގައި މާޒިޔާ އަށް ލިބުނު ބޯޅަތަކުގައި އެ ޓީމުގެ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) ރަނގަޅު ބޯޅަތަކެއް ކުޅުނެވެ. އެ ގޮތުން، ލޫތަށް ލިބުނު އެއް ފުރުސަތުގައި އޭރިއާތެރެއިން، ހުސްކޮށްލާފައި އެ ޓީމުގެ އަހުމަދު އައިހަމް (ފަތޯ) އަށް ދިން ޕާހަށް އަރައި، އޭނާ ޖައްސާލި ބޯޅަ ރެގާރުގެ ކީޕަރު، ކެމަރޫންގެ ސެވެރިން ޓަކަމް ވަނީ މަތަކޮށްފަ އެވެ. 

މާޒިޔާގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް ލިބުނު ފުރުސަތެއްގައި، އޭރިއާބޭރުން ފޮނުވާލި ބޯޅައެއް ހުރަސްދަނޑިމަތިން ދިޔައިރު، އޭރިއާތެރެއަށް ހުރަސްވި ބޯޅައަކަށް ދުވެފައި އަރައި، އައިހަމް ފޮނުވާލަން މަސައްކަތްކުރި ބޯޅަ ރަނގަޅަށް ފައިގައި ލައްވާލާ ގޮތެއްނުވި އެވެ. އަދި، ފޭދޫ އިއްބެ، ޖައްސާލި ބޯޅައަކަށް އޭރިއާތެރެއަށް އެރި، މާޒިޔާގެ ސާބިއާ މިޑްފީލްޑަރު، ނިކޯލަ ވުޖިޗިޗް، ޕެނަލްޓީ އަކަށް އެޕީލްކުރި އެވެ، އެކަމަކު، މެޗުގެ ރެފްެރީ، އިންޑިއާގެ ސެންތިލްނަތަން ސެކަރަން ނިންމީ ފައުލެއް ނެތް ކަމަށެވެ. 

ދެ ވަނަ ހާފު ފެށިގެން ފަސް މިނިޓް ތެރޭ ރެގާރުން ލީޑުނެގި އެވެ. މިއީ، މެޗުގެ 50 ވަނަ މިިނިޓްގައި އަރިމަތިން އަރައި، އެ ޓީމުގެ އަޒީޒްބެކް ނެގި ހުރަހަކަށް އަރައި، އެއް ފަހަރުން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން، ޕަންޒިއޭވް އޮޒޯޑްބެކް ޖެހި ގޯލެކެވެ. އެ ލަނޑު ޖެހިތާ ހަތަރު ވަރަކަށް މިނިޓް ފަހުން، މާޒިޔާގެ އިބްރާހިމް އައިސަމް، އޭރިއާބޭރުން ފޮނުވާލި ބޯޅައެއް އަމާޒުވީ ކީޕަރު ޓަކަމް އަތަށެވެ. 

އޭގެ ފަހުން، މާޒިޔާ އިން ބަދަލުތަކެއް ގެނެސްގެން ލަނޑެއް ޖެހޭތޯ މަސައްކަތްކުރަމުންދިޔަ އެވެ. ބަދަލަކަށް އެރި، ޒުވާން ފޯވާޑް، މުހައްމަދު އިލާން އިމްރާނަށް ލިބުނު ފުރުސަތެއްގައި ނަަގައިދޭން މަސައްކަތްކުރި ބޯޅަ ވީ ބްލޮކެވެ. ބަދަލަކަށް ކުޅެން އެރި، މާޒިޔާގެ ބެނިން މިޑްފީލްޑަރު، ކޮޑްޖޯ ގޯމޭޒް ފޮނުވާލި ޝޮޓެއް ކީޕަރު ޓަކަމް ވަނީ އަތަށް ނަގައިފަ އެވެ. 

މާޒިޔާ އިން އެއްވަރުކުރެވޭތޯ ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް މެޗުގެ 88 ވަނަ މިނިޓްގައި ރެގާރުން ވަނީ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި، ޝެރްޒޯދް މަހްމަދިއެވް އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތުގައި އޭނާ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. 

އޭއެފްސީ ޗެލެންޖު ލީގުގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާ އާއި ރެގާރު ކުޅުނު މެޗުގެ ތެރެއިން ރެގާރުގެ ޕަންޒިއޭވް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
އޭއެފްސީ ޗެލެންޖު ލީގުގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާ އާއި ރެގާރު ކުޅުނު މެޗުގެ ތެރެއިން ރެގާރުގެ ޕަންޒިއޭވް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި، މާޒިޔާގެ އިލާން، ރެގާރުގެ އޭރިއާތެރެއިން ފޮނުވާލި ބޯޅަ ކީޕަރު، ޓަކަމް މަތަކުރިއިރު، އެ ބޯޅައިން ކައުންޓަ އެޓޭކުގައި ތަނަވަސްކުރި ފުރުސަތުގައި ރެގާރުން ތިން ވަނަ ލަނޑު ޖެހި އެވެ. މި ލަނޑު ވެސް ޖެހީ ބަދަލަކަށް ދެ ވަނަ ހާފުގައި ކުޅެން އެރި ކުޅުންތެރިއެެކެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތުގައި، ސަފަރޯވް އަމިރުދްޒޯން ވަނީ ގޯލުގެ މަތީދާގަނޑަށް ބޯޅަ ވައްދާލައިފަ އެވެ. 

މާޒިޔާ ބަލިކޮށް، ރެގާރުން މި ވަނީ އެންމެ ފަހުން އެ ޓީމުން ހުރިހާ މުބާރާތެއްގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެފަ އެވެ. ތަޖިކިސްތާން ލީގުގެ ދެ ވަނައިގައި މި ވަގުތު އޮތީ ރެގާރު އެވެ. އެއީ އެއް ވަނައިގައި އޮތް ހޮސީލޮތު އަށް ވުރެން އެއް މެޗު މަދުން ކުޅުނު ނަމަވެސް އެ ޓީމާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox