ބަންގްލަދޭޝްގެ ފޯޓިސް އާއި ބޫޓާންގެ ޕާރޯ އޭއެފްސީ ޗެލެންޖް ލީގު ގްރޫޕް ސްޓޭޖަށް

Aug 12, 2026, 11:42 AM
މުރަސް ޔުނައިޓެޑް ބަލިކޮށް ބަންގްލަދޭޝްގެ ފޯޓިސް އިން އުފާފާޅުކުރަނީ.

މުރަސް ޔުނައިޓެޑް ބަލިކޮށް ބަންގްލަދޭޝްގެ ފޯޓިސް އިން އުފާފާޅުކުރަނީ.

އިއްޔެ ކުޅުނު އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ސްޓޭޖުގެ މެޗުތަކުން މޮޅުވެ، ބަންގްލަދޭޝްގެ ފޯޓިސް ފުޓްބޯލް ކްލަބް އާއި ބޫޓާންގެ ޕާރޯ ފުޓްބޯލް ކްލަބް މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފި އެވެ. 

ބަންގްލަދޭޝްގެ ފޯޓިސް އަކީ މިދިޔަ ސީޒަނުގައި އެ ގައުމުގެ ޕްރިމިއާ ލީގުގެ ތިން ވަނަ އެވެ. އެކަމަކު، ލީގުގެ ކުރިގައި އޮތް ޑާކާ އަބަހާނީ ލިިމިޓެޑާއި ބަޝުންދަރާ ކިންގްސް، ފީފާގެ އަަދަބެއް ތަންފީޒުކުރަމުން އަންނާތީވެ، ބަންގްލަފޭޝްގެ ލީގުން ޗެލެންޖް ލީގަށް ކަނޑައަޅާފައި އޮތް ޖާގަ ލިބުނީ ފޯޓިސް އަށެވެ. 

ފޯޓިސް އިން އިއްޔެ، ޗެލެންޖް ލީގުގެ ކޮލިފައިންގައި ކުޅެފައިވަނީ، ކިރްގިސްތާންގެ ޕްރިމިއާ ލީގުގެ ދެ ވަނަ އަދި މިދިޔަ ސީޒަނުގެ އޭއެފްސީ ޗެލެންޖް ލީގުގެ ސެމީ ފައިނަލުގައި ވާދަކުރި މުރަސް ޔުނައިޓެޑާ އެވެ. މުރަސް ޔުނައިޓެޑް އަތުން ފޯޓިސް މޮޅުވީ 1-0 އިންނެވެ. ބަޝުންދަރާ ކިންގްސް އެެރީނާގައި ކުޅުނު މެޗުގައި ފޯޓިސްގެ ހަމައެކަނި ލަނޑު މެޗުގެ 52 ވަނަ މިނިޓްގައި ޖެހީ މުހައްމަދު އިބްރާހިމް އެވެ. މި މެޗުގައި ފޯޓިސްގެ ކީޕަރު، ސްރީ ލަންކާ ގައުމީ ޓީމުގެ ސުޖަން ޕެރެއިރާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. 

ބަންގްލަދޭޝްގެ އިން ދެން ޗެލެންޖު ލީގުގައި ކުޅުނު ބަންގްލަދޭޝް ޕޮލިސް ޓީމު ވަނީ، ސީރިއާގެ އަލް އިއްތިހާދު އަތުން 1-0 އިން ބަލިވެފަ އެވެ. 

މިއީ، ފޯޓިސް އާއި ބަންގްލަދޭޝް ޕޮލިސް އިން އޭއެފްސީ މުބާރާތެއްގައި ކުޅުނު ފުރަތަމަ މެޗެވެ. 

ބޫޓާންގެ ޕްރިމިއާ ލީިގުގެ ޗެމްޕިއަން، ޕާރޯ އިން ކުޅެފައިވަނީ، އަފްގާނިސްތާންގެ ޗެމްޕިއަން، އަބޫ މުސްލިމްއާ އެެވެ. އެ މެޗުން ޕާރޯ މޮޅުވެފައިވަނީ، 2-0 އިންނެވެ. އޭއެފްސީ ޗެލެންޖު ލީގުގައި ތިން ވަނަ ފަހަރަށް ކުޅެމުން އަންނަ ޕާރޯ އިން ތިމްޕޫ ސިޓީގެ ޗަންގްލިމިތަން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ލީޑުނެގީ، 18 ވަނަ މިނިޓްގައި މިޝީމާ ޖެހި ގޯލުންނެވެ. އަދި، މެޗުގެ ފުރިހަމަ ވަގުތު ހަަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށް، 84 ވަނަ މިނިޓްގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ، ބަލްދޭ އެވެ.  

ޗެލެންޖް ލީގުގައި މިއަދު ހަވީރު، ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅޭނީ، ތަޖިކިސްތާންގެ ކަޕް ޗެމްޕިއަން، ރެގާރު ޓަޑާޒްއާ ދެކޮޅަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox