ފެތުމުގެ އޯޕަން ވޯޓާ މުބާރާތުގެ (ގައުމީ ދިގު ފެތުމުގެ މުބާރާތުގެ) ފަސް ކިލޯމީޓަރު ބައިގެ ފިރިހެން ޗެމްޕިއަންކަން، ޝައިމް ހުސެއިން އިބްރާހިމް ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން، އަލްޔާ އަޝްރަފް ހޯދައިފި އެވެ.
ކުޑަގިރީގައި ކުރިއަށްދިޔަ 17 ވަނަ ނެޝަނަލް އޯޕަން ވޯޓާ މުބާރާތުގައި މި ފަހަރު ފަސް ކިލޯމީޓަރު ބައިގެ ފިރިހެން ކެޓަގަރީން ދެ ވަނަ އަށް ދިޔައީ ޔޫސުފް ޒިޔާން ޒާހިދު އެވެ. އަދި، ތިން ވަނަ ހޯދީ އަހުމަދު މަންހަލް އާޒިމް އެވެ. އަންހެން ބައިން ދެ ވަަނަ ހޯދި ލައިބާ ހަސަން މަނިކް އެވެ.
ތިން ކިލޯމީޓަރު ބައިގެ ފިރިިހެން ކެޓަގަރީން ޗެމްޕިއަންކަން، އިބްރާހިމް ޔުއާން ޝަމީމް ހޯދިއިރު، ދެ ވަނަ އަށް ދިޔައީ މިކައެލް ލައެލް އަބްދުލް އަލީމް އެވެ. އަދި، ތިން ވަނަ ހޯދީ އިސްމާއިލް ޒިވާން މުހައްމަދު އެވެ. ތިން ކިލޯމީޓަރު އަންހެން ބައިގެ އެއް ވަނަ މަރިޔަމް އައިރާ ޝިރްމީލް ހޯދިއިރު، އައިމިނަތު ޝިޔުމް ޝިހާމް ދެ ވަނަ އަށް އަދި، އައިޝަތު ޒޯހާ އަބްދުﷲ ނަސީމް ވަނީ ތިން ވަނަ އަށް ގޮސްފަ އެވެ.
ތިން ކިލޯމީޓަރުގެ ސްވިމް ޗެލެންޖް މާސްޓާސް ކެޓަަގަރީގެ ފިރިހެން ބައިން ޗެމްޕިއަންކަން މުހައްމަދު އާމިރު ހޯދިއިރު، އަހުމަދު އާތިފް ދެ ވަނަ އަދި ހުސެއިން ޝަމީމް ވަނީ ތިން ވަނަ އަށް ގޮސްފަ އެވެ.
ޖޫނިއާ އެއް ކިލޯ މީޓަރު ބައިގެ އަންހެން އެއް ވަނަ ހައްވާ އައިން ހަސަން ފަޔާޒް، ދެ ވަނަ މަރިޔަމް ކިންޒާ އަހުމަދު އަދި ތިން ވަނަ އަށް އައިޝަތު އައިޝްކާ ސަމީރު ވަނީ ހޮވިފަ އެވެ. މި ބައިގެ ފިރިހެން ކެޓަގަރީން، މުހައްމަދު މިން އާމް އަބްދުލް މުހައިމިން ވަނީ އެއް ވަނަ ހޯދައިފަ އެެވެ. ހޫދު މަމްދޫހު ދެ ވަނަ އަށް ދިޔައިރު، މުހައްމަދު އަޒާން އިސްމާއިލް ތިން ވަނަ ހޯދި އެވެ.
ހަތަރު ކިލޯމީޓަރު މިކްސް ރިލޭ ޓީމު އިވެންޓުގައި އެއް ވަަނަ ހޯދީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަންގެ ޓައިޑް ބްރޭކާސް އެވެ. ދެ ވަނަ ދިޔައީ ޓީމު ބޮޑު ރިޔާގެ ޓީމު އޭ އެވެ. އަދި، ތިން ވަނަ ހޯދީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަންގެ ބޯވާ ސްކޮޑް އެވެ.
މިއީ، މާލެ އަތޮޅު، ބަންގަލް ފަޅުގައި ހެދި 8.5 ހެކްޓަރުގެ ކުޑަގިރީގައި، ދިގުފެތުމުގެ މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރެވެ. ކުޑަގިރީގައި ބާއްވާއިރު، މި މުބާރާތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، މޯލްޑިވްސް އެކުއަޓިކްސް (ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް) އިން ގިނަ މަސައްކަތްތަކެއް ކުރެ އެވެ.












