ރަނގަޅު ތައްޔާރީއަކާ އެކު ލެވަލް މަތިކޮށްގެން މާޒިޔާ އަށް ވެސް އޭއެފްސީގައި ވާދަކުރެވޭނެ

Aug 13, 2026, 9:31 AM
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މިޑްފީލްޑަރު، އިބްރާހިމް އައިސަމް.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މިޑްފީލްޑަރު، އިބްރާހިމް އައިސަމް.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ރަނގަޅު ތައްޔާރީތަކާ އެކު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވެސް ކުޅުމުގެ ލެވަލް މަތިކޮށްގެން އޭއެފްސީ މުބާރާތްތަކުގައި ވާދަކުރެވޭނެ ކަމަށް އެ ޓީމުގެ މިޑްފީލްޑަރު، އިބްރާހިމް އައިސަމް ބުނެފި އެވެ. 

ފާއިތުވި ހަ ވަރަކަށް އަހަރަށް ބަލާއިރު، ގަވާއިދުން އޭއެފްސީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލްކުރި ހަމައެކަނި ޓީމަކީ މާޒިޔާ އެވެ. އެ ގޮތުން، އޭއެފްސީން މީގެ ތިން އަހަރު ކުރިން ފެށި ތިން ވަނަ ފަންތީގެ ކްލަބް ލެވަލް މުބާރާތް، އޭއެފްސީ ޗެލެންޖު ލީގުގެ ފުރަތަމަ ސީޒަނުގައި މާޒިޔާ އިން ގްރޫޕް ސްޓޭޖުގައި ކުޅުނު ނަމަވެސް، ޖެހިގެން އައި ދެ ސީޒަނުގައި ކޮލިފައިން ބުރުން ކެޓީ އެވެ. 

މިދިޔަ އަހަރުގެ ކޮލިފައިން ބުރުގައި ބަލިވީ ކުވެއިތުގެ އަލް އަރާބީ އަތުން 4-0 އިންނެވެ. އަދި، އިއްޔެ، ތަޖިކިސްތާންގެ ރެގާރު ޓަޑާޒް އަތުން 3-0 އިން ވަނީ ބަލިވެފަ އެވެ. 

Advertisement

މާޒިޔާ ބަލިކޮށް ތަޖިކިސްތާންގެ ރެގާރު އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖަށް

އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފައިންގައި ތަޖިކިސްތާންގެ ރެގާރު ޓަޑާޒް އަތުން 3-0 އިން ބަލިވެ، މާޒިޔާ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ވަނީ ގެއްލިފައި. ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުން މޮޅުވެ ރެގާރުން މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދިއިރު، މިއީ މާޒިޔާ މި މުބާރާތުގެ ކޮލިފައިން ބުރުން ޖެހިޖެހިގެން ކެޓި ދެ ވަނަ ފަހަރު.

"އަސްލު މިހާރު އެކި ފަަހަަރު މި އިންނަނީ އެކި ތަންތަން ދޯ. މިދިޔަ އަހަރު އަހަރެމެން ކުޅުނީ އަރަބި ގައުމަކާ (ކުވެއިތުގެ އަލް އަރާބިއާ) މި ފަހަރު މި ޖެހުނީ ތަޖިކިސްތާން ޓީމަކާ. ދެން އަނެއްހެން ބުނަންޏާ. އަސްލު ވަގުުތު ނުލިބޭ، ވާހަކަ އަކީ މި ލެވަލްގެ މެޗެއް މިހެން ކުޅެން، މިސާލަކަށް، ކަޕް ވިނާސް ކަޕް ދެ މެޗު، ދެން ޗެރިޓީ މެޗެއް މި ކުޅުނީ، ދެން، މިސާލަކަށް ލީގު މިހެން ކުރިއަށް ގޮސްގެން މި ކަހަަލަ މެޗެއް (އޭއެފްސީ ލެވަލްގެ މެޗެއް) އައިނަމަ ވަރަށް ރަނގަޅުވާނެ،" އިއްޔެގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބަައްދަލުވުމުގައި، އައިސަމް ބުންޏެވެ.  

"(މެޗަށް ތައްޔާރުވާން ވަގުތު ނުލިބުން) އެއީ އެއް ނޫން އެކްސްކިއުޒަކީ (ބަހަނާއެއް ނޫން މިއީ). އަހަރެމެންގެ ވެސް މިސްޓޭކުން މިހެން މިވީ، ބަލި މި ވީ. އެކަމަކު، އެ ގޮތަށް ގިނަ މެޗު ކުޅެފައި މި ކަހަލަ މެޗަކަށް އަންނަނަަމަ އަސްލު މި އަށް ވުރެން ރަަނގަޅުވާނެ ނަތީޖާތައް. ޓީމު އެއްކޮށް އިންނާނީ ރަނގަޅަށް، ޓީމު އެންމެން އެންމެނަށް އެނގި، ކޮމްބިނޭޝަންއާ ހުރިހާ އެއްޗެއް ރަނގަޅުވާނެ ކަމަށް މި ބަލަނީ،" 

އައިސަމް ބުނީ، އޭއެފްސީ ޗެލެންޖް ލީގަށް ވެސް މި އަންނަނީ ވަރަށް ވަރުގަދަ ޓީމުތައް ކަމަށެވެ. 

"މި ތަނަށް (ޗެލެންޖް ލީގުގެ ކޮލިފައިން އަށް) ވެސް މި އަންނަނީ ކޮލިޓީ ޓީމުތައް، އަހަރެެމެން މި ކަހަލަ ޓީމުތަކާ ޗެލެންޖު ކުރަންޖެހޭނީ އަހަރެމެންގެ ލެވަލް އަދި އިތުރަށް އިމްޕްރޫވްކޮށްގެން، މި މީހުން ކައިރީގައި ރިޒަލްޓެއް ނެގޭނީ،" އައިސަމް ބުންޏެވެ. 

އިއްޔެ، ރެގާރުއާ ދެކޮޅަށް މާޒިޔާ އިން ފުރަތަމަ ހާފު ނިންމާލީ 0-0 އިން އެއްވަރުކޮށްގެންނެވެ. އެ ޓީމުން، ދެ ވަނަ ހާފު ފެށިގެން ފަސް މިނިޓް ތެރޭ ލީޑުނެގިއިރު، އަނެއް ދެ ލަނޑު ޖެހީ މެޗުގެ ފަހު ވަގުތުގަ އެވެ. އައިސަމް ބުނީ، ހަގީގަތަކީ އިއްޔެގެ މެޗުން މޮޅުވެސް ވެވޭނެކަން ކަމަށެވެ.  

"އަަސްލު ގަބޫލުކުރަން މި މެޗުން (ތަޖިކިސްތާންގެ ކަޕް ޗެމްޕިއަން، ރެގާރު ޓަޑާޒް) އަތުން މޮޅުވެވިދާނެ ކަމަށް،  ހަމަ ފުރަތަމަ ހާފު ދިޔަ ގޮތުން ވެސް ވަރަށް އުންމީދު އޮތް. އެކަމަކު، ދެން ހަަމަ، މެޗެއްގައި ވާނީ މި ކަހަލަ ގޮތެއް. އަހަރެމެންގެ މިސްޓޭކުންނޭ މިހެން މިވީ،" އައިސަމް ބުންޏެވެ. 

އޭއެފްސީ ޗެލެންޖު ލީގު އެންމެ ފުރަތަމަ ބޭއްވިއިރު، މާޒިޔާ އިން ގްރޫޕް ސްޓޭޖުގެ މެޗުތައް، 2024 ވަނަ އަހަރު ކުޅުނީ ސެންޓްރަލައިޒްކޮށް ކުވެއިތުގަ އެވެ. އެކަމަކު، އެ މުބާރާތުގައި އަނިޔާގެ ސަބަބުން އައިސަމް ނުކުޅެ އެވެ. މާޒިޔާ ޓީމާ އެކު، ޗެލެންޖް ލީގުގައި ކުޅެން ކުވެއިތަށް ގޮސް، މެޗު ވޯމްއަޕްގައި ވެސް ބައިވެރިވި އައިސަމް ބަލިވުމުން، ހެދި ޓެސްޓްތަކުން، އިންފެކްޝަނެއް ހުރުމާ ގުޅިގެން، ކުޅުމާ ދުރުގައި މުއްދަތެއް ހޭދަކުރަން ޖެހޭކަން ކަށަވަރުވި އެވެ. އެހެންވެ، ރިކަވަރީ އަށް ނެގި މުއްދަތުގައި، ޗެލެންޖް ލީގުގައި މާޒިޔާ އިން ކުޅުނު ތިން މެޗާއި ގައުމީ ފުޓްބޯޅަ ޓީމުން ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު ދެ މެޗު އައިސަމް އަށް ގެއްލުނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox