މާޒިޔާގެ ސްކޮޑާ މެދު އިތުބާރު އެބައޮތް: ސަމުއްޓެ

Aug 11, 2026, 5:07 PM
މާޒިޔާގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ): ޗެެލެންޖު ލީގުގައި ޓީމެއްގެ ގޮތުގައި މާޒިޔާ އިން މަސައްކަތްކުރުމުގެ މުހިންމުކަން ވަނީ ހިއްސާކޮށްފައި.-- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

މާޒިޔާގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ): ޗެެލެންޖު ލީގުގައި ޓީމެއްގެ ގޮތުގައި މާޒިޔާ އިން މަސައްކަތްކުރުމުގެ މުހިންމުކަން ވަނީ ހިއްސާކޮށްފައި.-- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

 ފާއިތުވި އަހަރުތަކުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް ކްލަބް ދޫކޮށްލާފައިވީ ނަމަވެސް، މިހާރު އެ ޓީމުގައި އޮތް ސްކޮޑުގައި ހިމެނޭ ޒުވާން ކުޅުންތެރިންނާ އެކު ވެސް ރަނގަޅު މިސްރާބުން ކުރިއަށްދެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް މާޒިޔާގެ ކެޕްޓަން، ސަމޫހު އަހުމަދު (ސަމުއްޓެ) ބުނެފި އެވެ. 

ޖެހިޖެހިގެން ފަސް ސީޒަނުގައި މާޒިޔާއާ އެކު، ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ގިނަ ކުޅުންތެރިންތަކެއް އެ ޓީމު ދޫކޮށްލާފައިވާއިރު، މާޒިޔާ އިން މި ފަހަރުގެ ސީޒަން ފެށީ ޗެރިޓީ ޝީލްޑް މެޗުގައި، ފަހަތުން އަރައި ނިއުއާ އެއްވަރުކޮށް ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. 

އޭގެ ފަހުން، މާޒިޔާ އިން ވަނީ ކަޕް ވިނާސް ކަޕްގައި. ކުޅުނު ދެ މެޗުން މޮޅުވެފަ އެވެ. ފުރަތަމަ މެޗުގައި، އޮޑި ސްޕޯޓްސް ކްލަބް އަތުން 2-1 އިން އަދި، ދެ ވަނަ މެޗުގައި ބުރު ސްޕޯޓްސް ކްލަބް އަތުން ވެސް 2-1 އިން މޮޅުވި އެވެ. 

އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިން ބުރުގައި، ރާއްޖޭގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މާދަމާ ހަވީރު ތަޖިކިސްތާންގެ އެފްސީ ރެގާރު ޓަޑާޒް ބައްދަލުކުރާ މެޗަކީ ވަރުގަދަ ޗެލެންޖެއް ކަމަށާއި މާޒިޔާގެ ކޮންމެ ކުޅުންތެރިއަކު މި މެޗުގައި 100 ޕަސެންޓް ދޭން ޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗު، ތޯމަސް ޓްރުޗާ ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފަ އެވެ. 

ވަރުގަދަ ޗެލެންޖެއް، މާޒިޔާގެ ކޮންމެ ކުޅުންތެރިއަކު 100 ޕަސެންޓް ދޭން ޖެހޭނެ

އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިންގައި މާދަމާ ތަޖިކިސްތާންގެ ރެގާރު ޓަޑާޒްއާ ދެކޮޅަށް ކުޅޭ މެޗަކީ ވަރުގަދަ ޗެލެންޖެއް ކަމަށާއި، މޮޅުވުމަށްޓަކައި ކޮންމެ ކުޅުންތެރިއަކު 100 ޕަސެންޓް ދޭންޖެހޭނެ ކަމަށް މާޒިޔާގެ ކޯޗު ޓްރުޗާ ވަނީ ބުނެފައި. ރެގާރަކީ އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، ފޯމުގައި އޮތް ޓީމެއް ކަމަށް ޓްރޫޗާ ވަނީ ފާހަގަކޮށްފައި

އެ ނޫސްވެރިންގެ ބައްދަލުވުމުގައި، ސުވާލަކަށް ދިން ޖަވާބުގައި، ސަމުއްޓެ ބުނީ، ކޯޗު ފާހަގަކުރި ގޮތަށް މި (ކުޅެން ޖެހޭ) ޓީމު މިއީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ. އެކަމަކު، މާޒިޔާ ކުޅުންތެރިން، "އެންމެން އެކަތިގަނޑެއް ގޮތަށް ކުޅެގެން" މި މެޗު ކާމިޔާބު ކުރެވޭތޯ ހުރިހާ ކުޅުންތެރިން ވެސް މަސައްކަތް ކުރާނެ ކަމަށް ސަމުއްޓެ ވަނީ ބުނެފަ އެވެ. 

"އިރާދަކުރެއްވިއްޔާ، މި ޓީމާ އެކު ރަނގަޅު ހިސާބަކަށް ދަތުރުކުރާނެ، ހުރިހާ ކުޅުންތެރިން ވެސް މަސައްކަތް އެބަކުރޭ އެ ކަމަށް،" ސަމުއްޓެ ބުންޏެވެ. 

ތަޖިކިސްތާންގެ ރެގާރުން އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެފައިވާއިރު، އެ ޓީމުން އަންނާނީ ވެސް މާޒިޔާގެ ކަންކަން ބަލައިގެން ތައްޔާރުވެގެން ކަމަށް ސަމުއްޓެ ވަނީ ބުނެފަ އެވެ.

"ހަމަ އެ ގޮތަށް މާޒިޔާ ވެސް އެ ކޮޅު ޓީމުގެ ކަންކަން ބަލާނެ. ދެން، ހަމަ ވަރަށް އުނދަގޫވާނެ. ވަރަށް އުނދަގޫ މެޗެއް މިއީ،" ސަމުއްޓެ ބުންޏެވެ. 

އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފައިންގައި މާޒިޔާ އާއި ރެގާރް ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް
އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފައިންގައި މާޒިޔާ އާއި ރެގާރް ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

"މާޒިޔާގެ މިހާރު މި އޮތް ސީނިއާ ޓީމުގައި ތިބޭނީ ހުސް، ވާހަކަ އަކީ، މާޒިޔާގެ ސީނިއާ ޕްލޭޔަރުން. މިސާލަކަށް، އުމުރުން ކުޑަ ވެދާނެ. އެކަމަކު، އެ ކުޅުންތެރިންނަކީ ގިނަ މެޗުތަކެއް ކުޅެފައި ތިބި ކުޅުންތެރިން. މާޒިޔާގައި ގިނަ އަހަރުތަކެއް، ނޫނީ ދުވަސްތަކެއް ވަންދެން ޕްރެކްޓިސްގައި ބައިވެރިވާ ޕްލޭޔަރުން އެ ތިބީ. އެ ޕްލޭޔަރުންނަކީ ޒުވާން ކުޅުންތެރިންނޭ، ސީނިއާ ޕްލޭޔަރުންނާ ތަފާތު ވާނެއޭ، އެހެނެއް ނޫން، ހުރިހާ ޕްލޭޔަރުން ވެސް ހަމަހަމަވާނެ،" 

މާޒިޔާ އާއި ރެގާރު ބައްދަލުކުރަން އޮތް މެޗު އެންމެ ފުރަތަމަ ކުޅެން ތާވަލުކޮށްފައި އޮތީ މިއަދު ހަވީރު ގަލޮޅު ދަނޑުގަ އެެވެ. އެކަމަކު، ތަޖިކިސްތާންގެ ކަޕް ޗެމްޕިއަން، ރެގާރު ޓަޑާޒް، ރާއްޖެ އަންނަން ދަތުރު ފަތުރުގެ ކަންކަން ހަމަޖެހުމުގައި، މައްސަލަތަކެއް ދިމާވެ، ރާއްޖެ އާދެވުނީ މިއަދު ހެނދުނެވެ. އެހެންވެ، އޭއެފްސީން ނިންމީ، މެޗު، ބުދަ ދުވަހު ހަވީރަށް ފަސްކުރުމަށެވެ. 

މިދިޔަ އަހަރު ރެގާރު ވަނީ އޭއެފްސީ ޗެލެންޖު ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅެފަ އެވެ. އެ ގޮތުން، މިދިޔަ ފަހަރުގެ ކޮލިފައިންގައި މާޒިޔާ ކަޓުވާލުމަށް ފަހު ގްރޫޕް ސްޓޭޖަށް ކޮލިފައިވި ކުވެއިތުގެ އަލް އަރާބީން ވަނީ ގްރޫޕް ސްޓޭޖުގައި ރެގާރު އަތުން 2-1 އިން މޮޅުވެފަ އެވެ. 

ރެގާރު އާއި މާޒިޔާ ބައްދަލުކުރާ މެޗު ފަށާނީ މާދަމާ 15:00 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox