އާޓެޓާ އަށް ވިސްނުނީ އާސެނަލް އަދިވެސް ލެވަލް މަތިކުރަން ޖެހޭކަން

May 31, 2026, 11:16 AM
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ރޭގެ ފައިނަލް މެޗަށް ފަހު.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ރޭގެ ފައިނަލް މެޗަށް ފަހު.

ބުޑަޕެސްޓް، ހަންގޭރީ (މެއި 31) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރޭ ޕެނަލްޓީ ޖަހައިގެން ޕީއެސްޖީ އަތުން ބަލިވުމާއި މުޅި މެޗަށް ބަލާއިރު ކަންތައްތައް ދިޔަ ގޮތުން ޔަގީންވި ކަމަކީ ޓީމުގެ ލެވަލް މަތިކުރަން ކުރަންޖެހޭ ކަންކަން އަދިވެސް އާސެނަލުން އިތުރުކުރަން ޖެހޭކަން ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ. 

މެޗަކުން ބަލިނުވެ، މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އާސެނަލުން ދަތުރުކުރިއިރު، 20 އަހަރު ކުރިން ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލެކޭ އެއްގޮތަށް ރޭގެ މެޗުގައި ވެސް އެ ޓީމުން ލީޑުނެގި އެވެ. އާސެނަލުން މީގެ ކުރިން ކުޅުނު ޗެމްޕިއަންސް ލީގުގެ ހަމައެކަނި ފައިނަލުގައި 2006 ވަނަ އަހަރު ބާސެލޯނާ އަތުން ވެސް ވީ ބައްޔެވެ. 

އެކަމަކު، ރޭގެ ފައިނަލުގައި، އާސެނަލުން ލީޑުގައި އޮއްވައި، ދެ ވަނަ ހާފުގައި ޕީއެސްޖީން ނަތީޖާ ހަމަަހަމަކޮށް މެޗު އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ. އެ އަށް ފަހު ވެސް ނަތީޖާ ނުނެރެވިގެން ޕެނަލްޓީ ޖަހައިގެން 4-3 އިން ޕީއެސްޖީން ވަނީ އާސެނަލް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ތަށި ދިފާއުކޮށްފަ އެވެ. 

Advertisement

އާސެނަލް ބަލިކޮށްލައި ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ތަށި ދިފާއުކޮށްފި

ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-3 އިން އާސެނަލް ބަލިކޮށްލައި، ޕީއެސްޖީން ޔޫރަޕްގެ އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާާރާތް، ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ވަނީ ދިފާއުކޮށްފައި. އާސެނަލުން މުބާރާތުގެ ފައިނަލަށް ދެ ފަހަރު ދިޔައިރު، ދެ ފަހަރު ވެސް ވަނީ ބަލިވެފައި. ޕީއެސްޖީން ތިން ފައިނަލު ކުޅެ ދެ ފަހަރު މި ވަނީ ޗެމްޕިއަންކަން ހޯދައިފައި

މެޗަށް ފަހު އާސެނަލްގެ ކޯޗު އާޓެޓާ ވަނީ ޕީއެސްޖީ އަށް މަރުހަބާ ކިޔައި، އެ ޓީމަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު ކަމަށް ބުނެފަ އެވެ. 

"އެ މީހުން (ޕީއެސްޖީ) ޓީމެއްގެ ގޮތުގައި ބޯޅަ ހިފަހައްޓައިގެން، އިންޑިވިޖުއަލީ ބެލިޔަސް އެ ކުޅޭ ކުޅުމަކީ މީގެ ކުރިން އަހަންނަށް ފެނިފައި ހުރި ކަމެއް ނޫން. އަހަރެމެންނަށް ބޯޅަ ނުލިބި ތިބެ، ކުޅެން ޖެހުނީ މީގެ ކުރިން ވިސްނާފައި ވެސް އޮތް ގޮތަކަށް ނޫން. އެހެންވީމަ، ޕީއެސްޖީ އެ ކުރަނީ ވަރަށް މޮޅު މަސައްކަތެއް،" އާޓެޓާ ބުންޏެވެ. 

"މިދިޔަ އަހަރުތަކުގައި އަހަރެމެން ކުރި މަސައްކަތް އިތުރަށް ރަނގަޅުކުރަން ޖެހޭނެ. އަދި، އަހަރެމެންގެ ލެވަލް ވެސް ކޮންމެ އަހަރަކު އިތުރަށް ވަރުގަދަކުރަންޖެހޭކަން މި އެނގެނީ،" 

ބާވީސް އަހަރަށް ފަހު، އާސެނަލަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިބުނީ މި ސީޒަނުގަ އެވެ. ޗެމްޕިއަންސް ލީގުގެ ތަށި ހޯދަން ނޫނީ ޔޫރަޕްގެ ފުޓްބޯޅައިގައި ކާމިޔާބެއް ހޯދަން އާސެނަލުން ކުރާ މަސައްކަތް އަނެއްކާ ވެސް ދިގުލަައިދިޔައީ އެެެވެ. އާޓެޓާ ބުނީ، ލިބޭ ތަޖުރިބާތަކުން ހިތްވަރު ހޯދައި، އިތުރަށް މަސައްކަތް ކުރާނެ ކަމަށެވެ. 

"މިރޭ (މި ފައިނަލުން ބަލިވުމުން) މި ލިބޭ ހިތާމަ އިން ވެސް ކަންކަން ދަސްކުރެވޭނެ. މިކަންކަން ހަޖަމުކޮށް، މިކަމުން އާދަޔާހިލާފު ރޫހެއްގައި ދެން އަންނަ އަހަރު އެހެން ލެވަލަކަށް ގެންގޮސްގެން، ޔޫރަޕްގައި ވާދަކުރަންވީ،" އާސެނަލް ކޯޗެއްގެ ގޮތުގައި ހަތް ވަނަ އަހަރު ފުރިހަމަކުރުމާ ގާތުގައި ހުރި އާޓެޓާ ބުންޏެވެ. 

އޭނާ ވަނީ ރޭގެ މެޗުގެ އިތުރު ވަގުތުގެ ހާފުގެ ތެރޭގައި، އާސެނަލްގެ ނޯނީ މަޑުއޭކޭ އަށް ޕީއެސްޖީގެ ނޫނޯ މެންޑޭސް ކުރި ފައުލަށް ޕެނަލްޓީއެއް ދޭން ޖެހޭ ކަމަށް ބުނެފަ އެވެ. އަދި، ޕެނަލްޓީ ނުދޭން  ރެފްރީގެ އެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން އޭނާ އަށް ރީނދޫ ކާޑެއް ދެއްކިއިރު، އާޓެޓާ ބުނީ އެއީ ކުރަން ޖެހޭ އެޕީލެއް ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox