ފުލުހުން ދީފައި އޮތް ޔަގީންކަމާ އެއްގޮތަށް މުޒާހަރާ ކުރިއަށްދާނީ މަޖީދީ މަގުން: އެމްޑީޕީ

ޖޫން 18، 2026: އެމްޑީޕީން ބޭއްވި "ވަޒީފާ ބުރާސްފަތި" އެއްވުން. އެ މުޒާރަހާ ބޭއްވީ ސަރުކާރުގެ ވަޒީފާތަކުން މީހުން ކަނޑަމުންދާތީ --- ފޮޓޯ: އެމްޑީޕީ

ޖޫން 18، 2026: އެމްޑީޕީން ބޭއްވި "ވަޒީފާ ބުރާސްފަތި" އެއްވުން. އެ މުޒާރަހާ ބޭއްވީ ސަރުކާރުގެ ވަޒީފާތަކުން މީހުން ކަނޑަމުންދާތީ --- ފޮޓޯ: އެމްޑީޕީ

ތަކެތީގެ އަގުތައް ހިފެހެއްޓުމެއް ނެތި އުފުލެމުން އަންނާތީ "ދަތިވެއްޖެ" ނަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާ ކުރިއަށްދާނީ ފުލުހުން ދީފައި އޮތް ޔަގީންކަމާ އެއްގޮތަށް މަޖީދީ މަގުން ކަމަށް އެ ޕާޓީން ބުނެފި އެވެ. 

އެމްޑީޕީން މަޖީދީ މަގުން މުޒާހަރާ ކުރަން ހުށަހަޅާފައިވާ ގަޑިއަކީ ބާރުބޮޑު ގަޑިއަކަށްވާތީ އެ ގަޑީގައި މުޒާހަރާ ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އިއްޔެގެ މަޖިލިސް ޖަލްސާގައި ވިދާޅުވި އެވެ. އެ ވާހަކަތައް މިއަދު ނެރުނު ބަޔާނެއްގައި އެމްޑީޕީން ވަނީ ކުށްވެރިކޮށްފަ އެވެ. 

މުޒާހަރާއަށް އިއުލާން ކުރުމަށް ފަހު އިންތިޒާމު ކޮމިޓީގެ ފަރާތުން ފުލުހުންނާ ބައްދަލުކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ. އެ ބައްދަލުވުމުގައި މުޒާހަރާ މަޖީދީ މަގުން ކުރިއަށްގެންދިޔުމުގެ ފުރުސަތު ދޭނެކަމުގެ ޔަގީންކަން ފުލުހުން ދީފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ. 

"މާލޭގެ މައި މަގުތަކުގައި މިވަގުތު މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާތީ މަޖީދީ މަގު ފިޔަވައި މުޒާހަރާކުރުމަށް އެކަށީގެންވާ މަގެއް ނުވެސް ނެތްކަމަށާއި އެހެންވީމާ އެފަދަ މުޒާހަރާއެއް ކުރިއަށް ގެންދެވޭނީ ވެސް މަޖީދީ މަގުގައި ކަމަށް ފުލުހުން އެ ބައްދަލުވުމުގައި ވިދާޅުވި،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެހެން ނަމަވެސް، މީގެ ކުރިން ފުލުހުން އަމަލުކޮށްފައިވާ ގޮތުން ފަހު ވަގުތު އެ ފުރުސަތު ނުދީފާނެކަމުގެ ކަންބޮޑުވުން އެ ކޮމިޓީގެ މެންބަރުން ފުލުހުންނާ ހިއްސާކުރެއްވި ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ. އެ ބައްދަލުވުމުގައި ފުލުހުންގެ ގްރައުންޑް ކޮމާންޑަރުން 'މިފަހަރު އެހެން ނުވާނެ' ކަމަށް ވިދާޅުވި ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ. 

"ސުލްހަވެރިކަމާއެކު ކުރާ އިހުތިޖާޖުތަކަކީ ޑިމޮކްރެސީގެ އަސާސެކެވެ. އެ އަސާސީ ހައްގުގެ ބޭނުންކޮށް، އިހުތިޖާޖު ކުރުމުގެ ފުރުސަތު ނުދޭނޭކަމަށް މިނިސްޓަރު ވިދާޅުވި ވާހަކަފުޅަކީ، މިއީ ޑިމޮކްރެޓިކް އުސޫލުތަކަށް އިހުތިރާމު ނުކުރާ ސަރުކާރެއްކަން ހާމަކޮށް އާންމުކޮށް ކުރެއްވި އިއުލާނެކެވެ،" އެމްޑީޕީން ބުނެފައިވެ އެވެ./ 

މި މުޒާހަރާގެ ބައިވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދީ، މުޒާހަރާކުރުމުގެ ހައްގުގެ ބޭނުން ހިފުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ. 

މަޖީދީ މަގުން މުޒާހަރާ ކުރިއަށްގެންދަން އެދުނީ ގިނަ ގެތައް މަޖީދީ މަގު ސަރަހައްދުގައި ހުންނާތީ، ގިނަ އަދަދެއްގެ ރައްޔިތުންނާ ހިސާބަށް އަޑު ފޯރާވަރަށް ޝުއޫރު ފާޅުކުރުމަށް ކަމަށް އެމްޑީޕީން ބުންޏެވެ. 

އެމްޑީޕީގެ މުޒާހަރާ އޮގަސްޓް 13، ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ފެށުމަށް ހަމަޖެހިފައިވަނީ މަޖީދީ މަގު، ސޯޝަލް ސެންޓަރު ކުރިމަތިންނެވެ. 

"ދަތިވެއްޖެ" ނަމުގައި މި މުޒާހާރާ ބޭއްވުމަށް ރާވަމުންދަނީ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާތީ އެވެ. ސަރުކާރުން އާންމު ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރެއްގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ އަގު ވަނީ އަށް ޕަސެންޓު އުފުލިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox