އެންރީކޭ ބުނީ އާސެނަލްގެ ސްޓައިލެއް ޕީއެސްޖީ އަށް މުހިންމެއް ނޫން ކަމަށް

May 30, 2026, 8:19 AM
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ، އާސެނަލާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން އާޓެޓާއާ ސަލާމްކުރަނީ.

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ، އާސެނަލާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން އާޓެޓާއާ ސަލާމްކުރަނީ.

ބުޑަޕެސްޓް، ހަންގޭރީ (މެއި 30) - ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލުގައި މިރޭގެ މެޗަށް ނުކުންނައިރު، އިދިކޮޅަށް ނުކުންނަ އާސެނަލުން ކުޅޭނެ ސްޓައިލާ މެދު މާ ބޮޑަށް ވިސްނައި ފިކުރުކޮށް، އެ ވާހަކަތައް ދެއްކުމަކީ ޕީއެސްޖީ އަށް މުހިންމު ކަމެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ. 

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިންޓަ މިލާން އަތުން ތަފާތު ބޮޑުކޮށް މޮޅުވެ، މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޕީއެސްޖީން އަމާޒުހިފާފައި ހުރީ ތަށި ދިފާއުކުރުމަށެވެ. އެ ޓީމާ ދެކޮޅަށް މިރޭގެ ފައިނަލުގައި ނުކުންނަ އާސެނަލުން މި ކުޅެނީ އެ ކްލަބްގެ ތާރީހުގައި ވެސް ދެ ވަނަ ފައިނަލެވެ. އާސެނަލުން މީގެ ކުރިން ފައިނަލުގައި، ކުޅުނީ 20 އަހަރު ކުރިން 2006 ވަނަ އަހަރުގެ ފައިނަލުގަ އެވެ. އެ ފަހަރު ބާސެލޯނާ އަތުން ކުޅެގެންވީ ބައްޔެވެ. 

ފައިނަލް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެންރީކޭ ބުނީ، ޕީއެސްޖީން ތަށި ދިފާއުކުރަން ކުރާ މަސައްކަތަށް ހުރަސް އެޅުމަށް އާސެނަލުން ހުރިހާ ގޮތަކަށް ވެސް މަސައްކަތްކުރާނެ ކަމަށެވެ. އަދި، ޕީއެސްޖީ އެކޭ އެއްގޮތަށް އާސެނަލަކީ ވެސް އެޓޭކިން ވިސްނުމެއްގައި ގިނަ ގޯލު ޖަހަން ކުޅޭ ޓީމެއް ކަމަށާއި އެކަމަކު އެ ކަން ހާސިލްކުރަން ދެ ޓީމުން އިހުތިޔާރުކުރާ މަގު ތަފާތު ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ. 

Advertisement

"އަހަރެމެން އެ މީހުންނާ އެކު ވަރަށް ގިނަ ފަހަރު ކުޅެފިން، މިދިޔަ އަހަރު ވެސް އޭގެ ކުރިން ވެސް. ވަރަށް ގިނަ ކަންކަން ހުންނާނެ އަހަރެމެންނަށް އެޓޭކްގައި ވެސް ޑިފެންސްގައި ވެސް ބަދަލުކޮށްލެވޭނެ. އަހަރެމެން މިދިޔަ ތިން ސީޒަނުގައި ވެސް ސާބިތުކޮށްދިނީ ކުޅެގެން އަަހަރެމެން ބޭނުން ކަންކަން ހާސިލްކުރެވޭނެ ކަން، އެހެންވީމަ، އެހެން ޓީމަކަށް ނުވިސްނައި، އަހަރެމެން އަމިއްލަ ކަންކަމަށް ސަމާލުކަން ދޭނީ،" އެންރީކޭ ބުންޏެވެ. 

އާޓެޓާ، އާސެނަލްގައި ހަ ވަރަަކަށް އަހަރު ކޯޗަކަށް ހުރެ ކުރި މަަސައްކަތުން މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، އެއީ އެ ޓީމަށް ހައްގު ކާމިޔާބެއް ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ. އެކަމަކު، ޗެމްޕިއަންސް ލީގުގެ ފައިނަލާ ހަމައަށް ކުރި ދަތުރުގައި، އާސެނަލަށް ވުރެން ބޮޑަށް ޕީއެސްޖީ އަށް އަމިއްލަ ފެންވަރު ސާބިތުކޮށްދޭން ޖެހުނު ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ. 

ފައިނަލް މެޗަށް ނުކުންނައިރު އެއްވެސް ޓީމަކީ ފޭވަރިޓެއް ނޫން ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ. 

"މިއީ، ފައިނަލެއް، ފައިނަލުގައި ފޭވަރިޓެއް ނޯންނާނެ. ފައިނަލަކީ އަބަދުވެސް އުނދަގޫ މެޗެއް. މިދިޔަ އަހަރު ދެން އަހަރެމެންނަށް އިންޓަ ކައިރީގައި ޑޮމިނޭޓް ކުރެވުނަސް މި ފަހަރު ފައިނަލުގައި ފޭވަރިޓެއް އޮންނާނެ ކަމަށް ނުބެލެވޭ. ވަރަށް ގާތްގާތުން ދާނީ، އަހަރެމެން ޖެހޭނެ 90 މިނިޓް ވަންދެން ޝައުގުވެރިކަމާ އެކު މަސައްކަތް ކުރަން. އަބަދުވެސް ޓެންޝަން ހާލަތު އަންނާނެ. ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން އެ އޮންނަ މޯޓިވޭޝަން ވަރުގެ ކަމެއް ދެނެއް ނެތް. މާދަމާ (މިރޭ) ފެންނާނެ ދަނޑުމަތިން ކޮން ޓީމެއްކަން މޮޅީ،" މީގެ ކުރިން، ބާސެލޯނާއާ އެކު ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެންރީކޭ ބުންޏެވެ. 

މިއީ، ޕީއެސްޖީން އެ ކްލަބްގެ ތާރީހުގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ތިން ވަނަ ފައިނަލެވެ.

ބުޑަޕެސްޓްގެ ޕުސްކަސް އެރީނާގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިރޭ އާސެނަލާއި ޕީއެސްޖީގެ މެޗު ފަށާނީ 9 ޖަހާއިރު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox