ވިލާ ކޮލެޖަށް ބައިނަލްއަޤްވާމީ ފަސް ތަރީގެ ރޭޓިންއެއް

 ދުނިޔޭގެ ޔުނިވަރސިޓީތަކުގެ ފެންވަރު ވަޒަންކުރާ  ކިއުއެސް (QS) އިން ދޭ އެންމެ މަތީ ރޭޓިން ކަމުގައިވާ "5-ސްޓާ" ރޭޓިންގެ ލިޔުން ވިލާ ކޮލެޖުގެ ވައިސް ރެކްޓަ ނަޖީބުއާ ހަވާލުކުރަނީ. -- ފޮޓޯ: ވިލާ ކޮލެޖު

ދުނިޔޭގެ ޔުނިވަރސިޓީތަކުގެ ފެންވަރު ވަޒަންކުރާ ކިއުއެސް (QS) އިން ދޭ އެންމެ މަތީ ރޭޓިން ކަމުގައިވާ "5-ސްޓާ" ރޭޓިންގެ ލިޔުން ވިލާ ކޮލެޖުގެ ވައިސް ރެކްޓަ ނަޖީބުއާ ހަވާލުކުރަނީ. -- ފޮޓޯ: ވިލާ ކޮލެޖު

ދުނިޔޭގެ ފެންވަރުގައި ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ ފެންވަރު ވަޒަންކުރާ އެންމެ މަޝްހޫރު އެއް އިދާރާ ކަމުގައިވާ ކިއުއެސް - ކުއަކުއަރެލީ ސައިމަންޑްސް (QS Quacquarelli Symonds) ގެ "ކިއު.އެސް ސްޓާރސް" ރޭޓިން ނިޒާމުގެ ދަށުން ވިލާ ކޮލެޖަށް އެންމެ މަތީ ދަރަޖަ ކަމަށްވާ 5 ތަރީގެ ރޭޓިންއެއް ލިބިއްޖެ އެވެ.

މިއީ ކިއު.އެސް ސްޓާސް އިން ވިލާ ކޮލެޖުގެ ފެންވަރު ވަޒަންކުރި ދެވަނަ ފަހަރެވެ. އެންމެ ދެ އަހަރު ދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި 4 ތަރިން 5 ތަރިއަށް ކޮލެޖުގެ ރޭޓިން ކުރިއަރައިގެން ދިއުމަކީ ރާއްޖޭގެ މަތީ ތައުލީމީ ދާއިރާގައި ހާސިލުކުރެވުނު ވަރަށް ބޮޑު ތާރީހީ ކާމިޔާބެއް ކަމަށް އެ ކޮލެޖުން ބުންޏެވެ.

މި ރޭޓިން ރަސްމީކޮށް އިއުލާންކޮށްފައިވަނީ އިއްޔެ ހެނދުނު ވިލާ ކޮލެޖުގައި ބޭއްވި "ވީ.ސީ ބްރެކްފަސްޓް" ނެޓްވޯކިން ހަރަކާތުގައެވެ.

މި ރަސްމިއްޔާތުގައި ކިއު.އެސް ސްޓާސްގެ ނަތީޖާ އިއުލާންކޮށްދެއްވައި، ރެކޮގްނިޝަން ސެޓްފިކެޓް ވިލާ ކޮލެޖާ ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ކިއު.އެސް އިންޑިއާގެ ޗެއާ އަދި ވައިސް ޕްރެޒިޑެންޓް އޮފް ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް އެންގޭޖްމަންޓް، ޑރ. އަޝްވިން ފެނާންޑޭޒް އެވެ.

ވިލާ ކޮލެޖުގެ ފަރާތުން މި ޝަރަފުވެރި ސެޓްފިކެޓާ ހަވާލުވެވަޑައިގަތީ ކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރާއި ވައިސް ރެކްޓަރ، އެސޯސިއޭޓ ޕްރޮފެސަރ ޑރ. އަލީ ނަޖީބެވެ.

ވިލާ ކޮލެޖުން 5 ތަރި ހާސިލުކުރި މައިގަނޑު ދާއިރާތައް

ކިއު.އެސް ސްޓާރސްގެ ހަރުދަނާ މެތަޑޮލޮޖީގެ ދަށުން ކުރެވުނު އޮޑިޓަށްފަހު، ވަޒަންކުރެވުނު 9 ދާއިރާގެ ތެރެއިން މައިގަނޑު 6 ދާއިރާއަކުން ވިލާ ކޮލެޖުން ވަނީ އެންމެ މަތީ ދަރަޖަ (5 ތަރި) ކަށަވަރުކޮށްފައެވެ. އެއޫ:

  • ކިޔަވައިދިނުމުގެ ފެންވަރު
  • ދަރިވަރުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުން
  • އޮންލައިންކޮށް ކިޔަވައިދިނުން
  • ބައިނަލްއަޤްވާމީ ގުޅުންތައް
  • ހަރުދަނާ ހިންގުން
  • ތިމާވެއްޓަށް ކުރާ އަސަރު

"މުޅި ރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާއަށް ލިބުނު ފަޚުރެއް"

އިއްޔެ ބޭއްވި އިވެންޓުގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ، ޑރ. އަލީ ނަޖީބު ވިދާޅުވީ ދުނިޔޭގެ އެންމެ އިތުބާރުހުރި އެއް އިދާރާ ކަމަށްވާ ކިއު.އެސް އިން 5 ތަރީގެ އެންމެ މަތީ ރޭޓިންއެއް ލިބުމަކީ، ވިލާ ކޮލެޖުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރާއި، މުއައްސަސާގެ ހިންގުން ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލައިގަތްކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

މިއީ ކޮލެޖުގެ ތާރީހީ ކާމިޔާބީއެއްގެ އިތުރުން މުޅި ރާއްޖެއަށްވެސް ލިބުނު ބޮޑު ފަހުރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ދުނިޔޭގެ އެންމެ އިތުބާރުހުރި އެއް އިދާރާ ކަމަށްވާ ކިއު.އެސް އިން 5 ތަރީގެ އެންމެ މަތީ ރޭޓިންގއެއް ލިބުމަކީ، ވިލާ ކޮލެޖުން ފޯރުކޮށްދޭ ތަޢުލީމުގެ ފެންވަރާއި، މުއައްސަސާގެ ހިންގުން ބައިނަލްއަޤްވާމީ މިންގަނޑުތަކުން ބަލައިގަތްކަމުގެ އަލިގަދަ ހެއްކެއް،" ނަޖީބު ވިދާޅުވި އެވެ. 

ކުރިމަގުގެ އަމާޒު: "އެލަމްނައި މެންޓަރިން އިނިޝިއޭޓިވް"

ކޮލެޖުގެ ކުރިމަގުގެ އަމާޒުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޑރ. ނަޖީބު ވަނީ ކޮލެޖުގެ އައު އިސްނެގުމެއް ކަމުގައިވާ "އެލަމްނައި މެންޓަރިންގ އިނިޝިއޭޓިވް" ވަރަށް އަވަހަށް ތައާރަފުކުރައްވާނެކަން ވިދާޅުވެފަ އެވެ. 

އިންޑަސްޓްރީގެ ތަޖުރިބާކާރުންނާއި ފަންނީ ބޭފުޅުންނާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ، ދަސްވެނިވާ ދަރިވަރުންނަށް ހަމައެކަނި ފަންނީ މައުލޫމާތުގެ ބަދަލުގައި، ވަޒީފާގެ އަމަލީ މާޙައުލުގައި ބޭނުންހިފޭނެ ލީޑަޝިޕް ހުނަރާއި މުހިންމު ސޮފްޓް ސްކިލްސް ދަސްކޮށްދީ މެންޓަ ކުރުމެވެ. މިއީ ޤައުމީ ތަރައްގީއަށް ބޭނުންވާ ގާބިލު ޖީލެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އިވެންޓުގެ ޝަރަފުވެރި މެހެމާނު ޑރ. އަޝްވިން ފެނާންޑޭޒް ވަނީ ވިލާ ކޮލެޖުން ހޯދި މި ކާމިޔާބީއަކީ މުޅި ދިވެހިރާއްޖެއަށް ލިބުނު ފަހުރެއްކަން ފާހަގަކުރައްވާފަ އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ކިއު.އެސް ސްޓާސް އަކީ ހަމައެކަނި ޔުނިވާސިޓީ ރޭންކިންއެއް ނޫނެވެ. އެއީ 50 އަށްވުރެ ގިނަ އިންޑިކޭޓަރުގެ މައްޗަށް ބިނާކޮށް، މުއައްސަސާގެ ފެންވަރު 360 ޑިގްރީން ވަޒަންކޮށްދޭ ފުރިހަމަ ނިޒާމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox