ވިލާ ކޮލެޖުގެ އޯޕަން ޑޭ ތަފާތު ގޮތަކަށް ހުކުރު ދުވަހު ފަށަނީ

ފޮޓޯ؛ ވިލާ ކޮލެޖު

ފޮޓޯ؛ ވިލާ ކޮލެޖު

ވިލާ ކޮލެޖުގެ މި އަހަރުގެ އޯޕަން ޑޭ، އާންމުކޮށް ބާއްވާ އޯޕަން ޑޭތަކާ މުޅިން ތަފާތު ގޮތަކަށް، "ވިލާ ކޮލެޖް ކެމްޕަސް ކުއެސްޓް: ކޮމިކް އެޑިޝަން 2026" ގެ ނަމުގައި ހުކުރު ދުވަހު ފެށުމަށް ނިންމައިފި އެވެ. 

ޒުވާނުންނާއި ވިލާ ކޮލެޖާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ބާއްވާ މި ހަރަކާތް ބޭއްވުމަށް ނިންމާފައިވަނީ މެއި 15، ވާ ހުކުރު އަދި މެއި 16، ވާ ހޮނިހިރު ދުވަހު ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 22:00 ޖެހުމާ ހަމައަށް ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގަ އެވެ. 

ވިލާ ކޮލެޖުން ބުނީ އެ ހަރަކާތަކީ ކޮލެޖުން ފަހިކޮށްދޭ ތައުލީމީ ފުރުސަތުތައް ތައާރަފުކޮށްދިނުމާއެކު، ޕޮޕް ކަލްޗާ، ގޭމިން، ކޮސްޕްލޭ އަދި  އެކިއެކި ތައުލީމީ ހަރަކާތްތައް އެއްކޮށް ފެސްޓިވަލެއްގެ ގޮތުގައި ބާއްވާ، އޯޕަން ޑޭއެއް ކަމަށެވެ. 

ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ކެމްޕަސް ކުއެސްޓް" ގައި ބައިވެރިވުމަށް ހާއްސަ ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ރަޖިސްޓަރީވުމުން، ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށްވެސް "ޑިޖިޓަލް ހީރޯ ޕާސްޕޯޓެއް" ލިބިގެންދެ އެވެ. ފެސްޓިވަލްގެ އެންމެ ހާއްސަ އެއް ކަމަކީ، ވިލާ ކޮލެޖުގެ ފެކަލްޓީތަކާއި ޑިޕާޓްމަންޓްތައް ޕޮޕް ކަލްޗަރގެ ތަފާތު ތީމްތަކަށް ބަދަލުކޮށް، ޒޯންތަކެއްގެ ގޮތަށް ފަރުމާކުރެވިފައި ވުމެވެ.

 ކޮންމެ ޒޯނެއްގައިވެސް އެ ތީމާ ގުޅޭ ޝައުގުވެރި ޗެލެންޖުތަކާއި ހަރަކާތްތައް ކުރިއަށްދާއިރު، ކޮންމެ ޒޯނަކުންވެސް ދޭ ޗެލެންޖެއް ފުރިހަމަކުރުމަށްފަހު، ކިއުއާރް ކޯޑެއް ސްކޭން ކުރުމުން ޑިޖިޓަލް ސްޓޭމްޕެއް ލިބެ އެވެ. ހުރިހާ ޒޯނަކުން ސްޓޭމްޕް ހަމަކުރާ ފަރާތްތަކަށް ގްރޭންޑް ޕްރައިޒް ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ. 

"ކޮސްޕްލޭ ރޭމްޕްވޯކް ކޮމްޕެޓިޝަން" ގައި އެކި ޕޮޕް ކަލްޗާ ކެރެކްޓާތަކުގެ ކޮސްޓިއުމްތަކާއެކު ބައިވެރިވެވޭއިރު، މުބާރާތުގައި، ހުށަހެޅުމުގެ ފެންވަރާއި، ފަރުމާކުރުމަށް ކުރުމުގެ ހުނަރުތަކަށް ބަލައި އެންމެ މޮޅު ތިން ބައިވެރިންނަށް އެލް މޮބައިލްއުން ހުށަހަޅާ އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭގެ އިތުރުން މެއިން ސްޓޭޖުގައި ލައިވް މިއުޒިކާއި ދަރިވަރުންގެ ޓެލެންޓް ޝޯ އަދި އެހެނިހެން ހަރަކާތްތައްވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

ގޭމިންގ ކޮމިއުނިޓީއަށް ހާއްސަކޮށްގެން، ދިރާގު ގޭމާސް ގިލްޑްއާ ގުޅިގެން ހާއްސަ "ގޭމިން އެންޑް އީ-ސްޕޯޓްސް ޒޯން" އެއް ވެސް މި ފެސްޓިވަލުގައި ވަނީ ގާއިމުކޮށްފަ އެވެ. މި ޒޯނުގައި ޕީއެސް 5 ސްޓޭޝަންތަކާއި، ކެޝުއަލް ގޭމިން ސްޓޭޝަންތަކާއި، ރޭސިން ސިމިއުލޭޝަން އަދި ވީއާރް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ޒިޔާރަތްކުރާ ފަރާތްތަކަށް ލިބެ އެވެ. 

ދެ ދުވަހަށް ދެމިގެންދާ މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ލުއި ކެއިންބުއިމުގެ އިންތިޒާމުތައް "ފުޑް ސްޓޯލް ޒޯން" އިން ލިބެން ގާއިމުކުރުމަށް ނިންމާފައިވާއިރު، އެ ޒޯނުގައި ތަފާތު ޑެޒަރޓްތަކާއި، އޭޝިއަން ކުއިޒިން، ސްޕެޝަލްޓީ ކޮފީ، ޖަޕަނީޒް ސްޓްރީޓް ފުޑް އަދި އެކި ބާވަތުގެ ސްނެކްސް ލިބޭނެ އިންތިޒާމު ހަމަޖައްސަން ވަނީ ނިންމާފަ އެވެ. 

މި ހަރަކާތް ކުރިއަށްދާ ވަގުތުތަކުގައި ވިލާ ކޮލެޖުގައި ހިންގާ ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކޯސްތަކަށް އެދި ހުށަހަޅާ ފަރާތްތަކަށް ވަގުތުން ކޯހަށް ހޮވުނު ކަމުގެ ލިޔުން (އޮފާ ލެޓާ) ހަވާލުކުރުމާއި، ވަގުތުން ކޯހަށް ރަޖިސްޓަރީވުމުގެ އިންތިޒާމުތައްވެސް ވަނީ ހަމަޖައްސާފަ އެވެ.

މީގެ އިތުރުން ދަރިވަރުންނަށް އަމާޒުކޮށްގެން ކެރިއާ ސްކްރީނިން އަދި ކެރިއާ ގައިޑެންސް ދިނުމުގެ ހިދުމަތްވެސް ކުރިއަށް ގެންދާނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox