ދުނިޔޭގެ ގަދަ 100 ގެ ތެރެއިން ވިލާ ކޮލެޖަށް ތާރީހީ ޖާގައެއް!

Jun 24, 2026, 8:04 PM
ވިލާ ކޮލެޖު ވަނީ ތައުލީމީ ރޭންކިންގައި ކުރިއެރުން ހޯދާފައި

ވިލާ ކޮލެޖު ވަނީ ތައުލީމީ ރޭންކިންގައި ކުރިއެރުން ހޯދާފައި

ބައިނަލްއަގުވާމީގޮތުން އެންމެ މަގުބޫލު އެއް މިންގަނޑު ކަމަށްވާ "ޓައިމްސް ހަޔާ އެޑިއުކޭޝަން ސަސްޓެއިނަބިލިޓީ އިމްޕެކްޓް ރޭޓިންގްސް 2026" ގައި ބައިވެރިވެ، ވިލާ ކޮލެޖުން ރާއްޖޭގެ  ތާރީހުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފި އެވެ.

އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ދުނިޔޭގެ މަތީ ތައުލީމުދޭ މުއައްސަސާތަކުން ކުރާ މަސައްކަތްތަކަށް ބަލައި ހޮވާ މި ރޭންކިންގައި، ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުމުގެ ދާއިރާއިން (އެސް.ޑީ.ޖީ 4) ވިލާ ކޮލެޖުން ވަނީ މުޅި ދުނިޔެއިން 82 ވަނަ މަގާމު ހާސިލުކޮށް، ދުނިޔޭގެ ގަދަ 100 ގެ ތެރެއިން ޖާގަ ހޯދާފަ އެވެ.

މިއީ މިދިޔަ އަހަރު މި ކެޓެގަރީން އެ ކޮލެޖު ހިމެނުނު 101-200 ބޭންޑުން ކުރިއަށްޖެހި، ފުރަތަމަ ފަހަރަށް ރާއްޖޭގެ މުއައްސަސާއަކުން ބައިނަލްއަގުވާމީ މައިދާނުގައި ހޯދި މިފަދަ ޝަރަފުވެރި ކާމިޔާބީއެކެވެ.

Advertisement

މިއަހަރުގެ ރޭންކިންގްސްގައި މުޅި ދުނިޔެއިން ބައިވެރިވި 1,603 މުއައްސަސާގެ ތެރެއިން ވިލާ ކޮލެޖު ވަނީ އޯވަރޯލް ރޭންކިން ގެ 301 އާއި 400 އާ ދެމެދުގެ ބޭންޑުގައި ހިމެނިފަ އެވެ. މިއީ މިދިޔަ އަހަރު އެ ކޮލެޖު އޮތް 401-600 ބޭންޑާ އަޅާބަލާއިރު އެންމެ އަހަރެއްގެ ތެރޭގައި ލިބުނު ބޮޑު ކުރިއެރުމެކެވެ. މިއާއެކު، ވިލާ ކޮލެޖަކީ މި ރޭޓިންގައި ދިވެހިރާއްޖެއިން އެންމެ މަތިން ރޭޓްކުރެވުނު މުއައްސަސާއަށް ވަނީ ވެފައެވެ.

އެހެނިހެން ދާއިރާތަކުން ހޯދި ފާހަގަކޮށްލެވޭ ނަތީޖާތައް:

  • އެސް.ޑީ.ޖީ 3 (ދުޅަހެޔޮކަން): ދުނިޔޭގެ 1,254 މުއައްސަސާގެ ތެރެއިން 201-300 ބޭންޑަށް ކުރިއަރާފައިވެއެވެ. މިއީ މިދިޔަ އަހަރުގެ 601-800 ބޭންޑާ އަޅާބަލާއިރު މިއަހަރު އެންމެ ބޮޑު ކުރިއެރުމެއް އައި ދާއިރާއެވެ.
  • އެސް.ޑީ.ޖީ 16 (އިންސާފާއި ހެޔޮވެރިކަން): ދުނިޔޭގެ 914 މުއައްސަސާގެ ތެރެއިން 101-200 ބޭންޑަށް ޖެހިލައި، މިދިޔަ އަހަރަށްވުރެ އެއް ބޭންޑު ކުރިއަށް ޖެހިލާފައެވެ.
  • އެސް.ޑީ.ޖީ 5 އާއި 17 (މިންތީގެ ހަމަހަމަކަމާއި ޕާޓްނަރޝިޕް): މި ދެ ދާއިރާއިންވެސް 201-300 ބޭންޑު ކާމިޔާބުކޮށް، ދުނިޔޭގެ ކުރީ ސަފުގައި މިދިޔަ އަހަރުގެ މަޤާމު ވަނީ ދަމަހައްޓާފައެވެ.

މި ކާމިޔާބީއާ ގުޅިގެން ވިލާ ކޮލެޖުގެ ވައިސް ރެކްޓަ ޑރ. އަލީ ނަޖީބު ވިދާޅުވީ، މިއީ ކޮލެޖުގެ ދަރިވަރުންނާއި މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގެ ކޮލިޓީ އިންޑެކްސްއެއްގައި 82 ވަނައިގައި ވިލާ ކޮލެޖު އޮތުމަކީ، އެ ކޮލެޖުން ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ ސަނަދުތަކުގެ ބަރުދަން ބައިނަލްއަޤްވާމީ ވަޒީފާގެ ބާޒާރުގައި އުފުލި، ފަހި ފުރުޞަތުތައް ހުޅުވިގެންދާނެ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox