ވިލާ ކޮލެޖުން 14 ރިސާޗް ޓީމަކަށް ގައުމީ ރިސާޗް ގްރާންޓް ހަވާލުކޮށްފި

ވިލާ ކޮލެޖުން ގައުމީ ރިސާޗް ގްރާންޓް ލިބުނު ފަރާތްތަކަށް ގްރާންޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ވިލާ ކޮލެޖު

ވިލާ ކޮލެޖުން ގައުމީ ރިސާޗް ގްރާންޓް ލިބުނު ފަރާތްތަކަށް ގްރާންޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ވިލާ ކޮލެޖު

ރާއްޖޭގައި ދިރާސާކުރުމުގެ ދާއިރާ އިތުރު ހަރުފަތަކަށް ގެންގޮސް، އިލްމީ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ވިލާ ކޮލެޖުން "ނެޝަނަލް ރިސާޗް ފަންޑް: އިމާޖިން ރިސާޗް ގްރާންޓްސް" ގެ ދަށުން ހޮވުނު 14 ރިސާޗް ޓީމަށް ގައުމީ ރިސާޗް ގްރާންޓް އިއްޔެ ހަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި، ނޭޝަނަލް ރިސާޗް ކައުންސިލް ގުޅިގެން ކުރިއަށްގެންދާމި މަޝްރޫގެ ފަންޑުގައި ޖުމްލަ 1.5 ފަންޑެއް ހިމެނެ އެވެ. 

މި ޕްރޮގްރާމްގެ ގްރާންޓް މެނޭޖްމަންޓް އިންސްޓިޓިއުޝަނަކީ ވިލާ ކޮލެޖެވެ. އެގޮތުން ދިރާސާ ކުރުމަށް ޕްރޮޕޯސަލްތައް ހޯދުމާއި، އެ ތަކެތި އިވެލުއޭޓްކޮށް، މުޅި ޕްރޮގްރާމް ވިލަރެސްކުރުމުގެ މައިގަނޑު ޒިންމާ އުފުލަނީ އެ ކޮލެޖުންނެވެ.

ވިލާ ކޮލެޖުން ބުނީ މި ފުރުސަތަށް ހުށަހެޅި 21 ޕްރޮޕޯސަލްގެ ތެރެއިން 14 މަޝްރޫއެއް ހޮވީ ތިން މަރުހަލާއަކަށް ބެހިގެން ކުރިއަށްދިޔަ ވަރަށް ހަރުދަނާ އިވެލުއޭޝަން މަރުހަލާއަކަށް ފަހުގައި ކަމަށެވެ.

މި ގްރާންޓް ލިބުނު މަޝްރޫއުތައް އަމާޒުކުރެވިފައިވަނީ ގައުމީ ތަރައްގީއާ ގުޅިފައިވާ މައިގަނޑު ހަތަރު ތަނބަކަށެވެ. އެއީ ގަވަނަންސް، ސޭފްޓީ އެންޑް ވެލްބީން ދާއިރާ އާއި، އިގްތިސާދީ ކުރިއެރުން އަދި ދެމެހެއްޓިނިވި ތަރައްގީގެ ދާއިރާ، އާއި ޑިޖިޓަލް ޓްރާންސްފޮމޭޝަން އެންޑް އިނޮވޭޝަން ދާއިރާ އަދި، ގްރީން އެޖެންޑާ ދާއިރާ އެވެ. 

 ގަވަނަންސް، ސޭފްޓީ އެންޑް ވެލްބީން ދާއިރާ:

  • ކްލިނިކަލް ގަވަނަންސް އެންޑް އިޓްސް އިންފްލުއެންސް އޮން ކޮލިޓީ އެޝުއަރެންސް އެންޑް ރިސްކް މެނޭޖްމަންޓް ޕްރެކްޓިސަސް އިން ދަ ހޮސްޕިޓަލްސް އޮފް މާލެ، މޯލްޑިވްސް
  • ކްލިނިކަލް ޑިސިޝަން-މޭކިން ވެރިއަބިލިޓީ އެންޑް އިންޓަރޕްރޮފެޝަނަލް ކޮންސެންސަސް އިން ހެލްތްކެއާ ޕްރެކްޓިސް އިން ދަ މޯލްޑިވްސް: އަ މިކްސްޑް-މެތަޑްސް ސްޓަޑީ
  • ޑިވެލޮޕްމަންޓް އޮފް އަ ކޮމިއުނިޓީ ކްލައިމެޓް ހެލްތް ވަލްނަރަބިލިޓީ މެޕިން ޓޫލް ފޯ ކްލައިމެޓް ސެންސިޓިވް ޑިޒީސަސް އެންޑް ކޮންޑިޝަންސް
  • ޕްރިސްކްރައިބިން ޕެޓާންސް އެންޑް ގައިޑްލައިން އެޑްހިއަރެންސް ފޯ އެންޓިޑައިބެޓިކް ޑްރަގްސް އިން ހެލްތްކެއަރ ފެސިލިޓީޒް އޮފް ދަ މޯލްޑިވްސް: އަ މަލްޓި-ސެންޓާ ރިޓްރޮސްޕެކްޓިވް ސްޓަޑީސް
  • އެކްސްޕްލޯރިން ދަ ސްޓޫޑެންޓްސް ޑީވިއަންޓް ބިހޭވިއާ އެންޑް ޕޮލިސީ އިމްޕްލިމެންޓޭޝަން އެޓް ދަ ނޭޝަނަލް ލެވެލް
  • ފެއިތް، ޕަވާ، އެންޑް ޕަބްލިކް ސޭފްޓީ: އަ މަގާސިދު-އިންފޯމްޑް މޮޑެލް ފޯ އައިލެންޑް ގަވަނަންސް

އިގްތިސާދީ ކުރިއެރުން އަދި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ:

  • ޑިޓާމިނަންޓްސް އޮފް އިންފޯމަލް ފޮރިން އެކްސްޗޭންޖް މާކެޓްސް އިން ދަ މޯލްޑިވްސް
  • ރީޖެނެރޭޓިވް ޓޫރިޒަމް ގަވަރނަންސް ފޯ އައިލެންޑް ރެޒިލިއެންސް އިން މޯލްޑިވްސް (ރީޖެންމޯލްޑިވްސް)
  • ބްރިޖިން ބެރިއާސް: ކޯ-ޑިޒައިނިން އިންކްލޫސިވް ޕާތުވޭސް ފޯ ޔޫތު އެމްޕްލޯއިމަންޓް އެންޑް ޓްރެއިނިން

ޑިޖިޓަލް ޓްރާންސްފޯމޭޝަން އެންޑް އިނޮވޭޝަން ދާއިރާ:

  • ޖެނެރޭޓިވް އޭއައި، އެކަޑެމިކް އިންޓެގްރިޓީ، އެންޑް އެސެސްމަންޓް އިނޮވޭޝަން: އަ ކޮމްޕްރިހެންސިވް އިންވެސްޓިގޭޝަން އޮފް ސްޓޫޑެންޓް ޔޫސް އެންޑް ލެކްޗަރާ އެޑަޕްޓޭޝަން އިން މޯލްޑިވިއަން ހަޔާ އެޑިއުކޭޝަން
  • ނޮލެޖް ގްރާފް–ޑްރައިވަން އެޑެޕްޓިވް އޭއައި އެސެސްމަންޓް ފޯ ހަޔާ އެޑިއުކޭޝަން
  • ރީއިމޭޖިނިން ކަރިކިއުލަމް އިންޓެގްރޭޝަން އިން ހަޔާ އެޑިއުކޭޝަން: ޑިވެލޮޕިން އެންޑް އެނެކްޓިން އަ ކަނެކްޓެޑް ކަރިކިއުލަމް ފްރޭމްވޯކް އެލައިންޑް ވިތް އެޑިއުކޭޝަން 5.0

ގްރީން އެޖެންޑާ ދާއިރާ:

  • ސަސްޓެއިނަބަލް ބަޔޯޑީގްރޭޑަބަލް ކޮމްޕޮސިޓްސް ފްރޮމް ފިޝް ވޭސްޓް، ކޮއި، އެންޑް ބަނާނާ ފައިބާ
  • ސަސްޓެއިނަބަލް ޔުޓިލައިޒޭޝަން އޮފް ކޮންސްޓްރަކްޝަން އެންޑް ޑިމޮލިޝަން (ސީއެންޑްޑީ) ވޭސްޓް ޑިރައިވްޑް ރީސައިކަލްޑް ކޯސް އެގްރިގޭޓްސް (އާރްސީއޭ) އިން ކޮންވެންޝަނަލް ކޮންކްރީޓް އެންޑް ޖިއޯޕޮލިމާ ބައިންޑާ ސިސްޓަމްސް ޓު ރިޑިއުސް އެގްރިގޭޓް އިމްޕޯޓް ޑިޕެންޑެންސީ އިން ދަ މޯލްޑިވްސް

މި ރަސްމިއްޔާތުގެ ތެރެއިން ފަސް ލައްކަ ދިވެހި ރުފިޔާގެ ބަޖެޓަކާއެކު ކުރިއަށްގެންދާ ވިލާ ކޮލެޖް ރިސާޗް ގްރާންޓް 2026" ވެސް ވަނީ ރަސްމީކޮށް ވަނީ އިފްތިތާހު ކޮށްފައެވެ.

މިއީ ވިލާ ކޮލެޖުގެ ސްޓްރެޓެޖިކް އަމާޒުތަކާއި، އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ  ގުޅުވައިގެން ގައުމަށް ފައިދާހުރި ދިރާސާތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ހުޅުވާލެވޭ މުހިންމު ފުރުސަތެއް ކަމަށް އެ ކޮލެޖުން ބުންޏެވެ. 

ރާއްޖޭގެ ރިސާޗާއި އިނޮވޭޝަންގެ މައި މަރުކަޒެއްގެ ގޮތުގައި ވިލާ ކޮލެޖު އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ކޮލެޖުގެ އެކަޑެމިކް މުވައްޒަފުންނަށް ގައުމީ އަދި ބައިނަލްއަގްވާމީ ފަރާތްތަކާ ގުޅިގެން ތަފާތު ދާއިރާތަކުން ދިރާސާކުރުމަށް ވިލާ ކޮލެޖުން އަބަދުވެސް ދަނީ ހިތްވަރުދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox