ވިލާ ކޮލެޖާއި ޔުނިސެފް ގުޅިގެން "ޕޭރެންޓިން ސިމްޕޯޒިއަމް" ބާއްވައިފި

ވިލާ ކޮލެޖާއި ޔުނިސެފް ގުޅިގެން ބޭއްވި "ޕޭރެންޓިން ސިމްޕޯޒިއަމް" ގެ ތެރެއިން -- ފޮޓޯ: ވިލާ ކޮލެޖު

ވިލާ ކޮލެޖާއި ޔުނިސެފް ގުޅިގެން ބޭއްވި "ޕޭރެންޓިން ސިމްޕޯޒިއަމް" ގެ ތެރެއިން -- ފޮޓޯ: ވިލާ ކޮލެޖު

ވިލާ ކޮލެޖުގެ މާސްޓާސް އޮފް ކްލިނިކަލް ސައިކޮލޮޖީ އަދި މާސްޓާސް އޮފް ކައުންސެލިން ޕްރޮގްރާމްގެ ދަރިވަރުންނާއި ޔުނިސެފް ގުޅިގެން، ކުޑަކުދިންގެ ތަރުބިއްޔަތާއި ހެދިބޮޑުވުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ "ޕޭރެންޓިންގ ސިމްޕޯޒިއަމް 2026" ބާއްވައިފި އެވެ.

"އާލީ އިޔާސް މެޓާ: ސަޕޯޓިން ޕޭރެންޓްސް ތުރޫ އިންޓަގްރޭޓެޑް ސިސްޓަމްސް" ގެ ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ މި ސިމްޕޯޒިއަމްގެ މަގްސަދަކީ ވަކިވަކިން މަސައްކަތްކުރާ މުއައްސަސާތަކުގެ ބަދަލުގައި، ސިއްހީ، ތައުލީމީ އަދި އިޖުތިމާއީ ހިދުމަތްތައް ގުޅިފައިވާ ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެނިވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ހައްލުތަކެއް ހޯދުމެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ސިމްޕޯޒިއަމް ހުޅުއްވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ. އެޑްވާޑް އައްޑާއީ އެވެ. އޭނާ ވާހަކައިގައި، ކުދިންގެ މުޅި އުމުރުގެ ސިއްހަތާއި އުނގެނުމާއި ދުޅަހެޔޮކަން ބައްޓަންވުމުގައި ޅަފަތުގެ ދުވަސްވަރުގެ މުހިންމުކަމަށް އަލިއަޅުވާލައްވައި، ކުދިންނަށް އެހީތެރިވުން ފެށެނީ ސީދާ ބެލެނިވެރިންނަށް އެހީތެރިވުމާ ހިސާބުން ކަމަށް ވިދާޅުވި އެވެ.

Advertisement

މީގެ އިތުރުން، ސިއްހީ، ތައުލީމީ އަދި އިޖުތިމާއީ ހިދުމަތްތައް އެންމެ ޅަފަތުން ފެށިގެން އެއް ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރާނަމަ، އާއިލާތަކަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ލިބި، ކުދިން ކުރިއަރައި، މުޅި މުޖުތަމައު ބާރުވެރިވެގެންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިލާ ކޮލެޖުގެ ވައިސް ރެކްޓާ، ޑރ. އަލީ ނަޖީބު ވިދާޅުވީ، ވިލާ ކޮލެޖުން ގަބޫލުކުރާ ގޮތުގައި ތައުލީމަކީ ހަމައެކަނި ކްލާސްރޫމަކުން ނިމޭ ކަމަކަށް ނުވެ، އޭގެ ފައިދާ ސީދާ މުޖުތަމައަށް ފޯރަންޖެހޭ ކަމަށެވެ.

މި ސިމްޕޯޒިއަމް ރާވައި ކުރިއަށް ގެންދިއުމުގައި ވިލާ ކޮލެޖުގެ މާސްޓާސް ޕްރޮގްރާމްތަކުގެ ދަރިވަރުން ކުރި ބުރަ މަސައްކަތަށް ތައުރީފުކުރައްވައި، އެ ދަރިވަރުން ހަމައެކަނި ތިއަރީ އުނގެނުމުގެ ބަދަލުގައި، ދިވެހި އާއިލާތަކަށް އަމަލީ ހައްލުތައް ހޯދައިދިނުމުގައި ނަމޫނާ ދައްކަވާފައިވާކަން ޑރ. ނަޖީބު ފާހަގަކުރެއްވި އެވެ.

ކުއްޖަކަށް އެހީތެރިވުމަށްޓަކައި އެންމެ ފުރަތަމަ ބެލެނިވެރިޔާއަށް އެހީތެރިވާންޖެހޭކަން ފާހަގަކުރައްވައި، ބެލެނިވެރިންނާއި ކުދިން ބަލަހައްޓާ ފަރާތްތައް އެ މަސައްކަތް އެކަނި ކުރައްވަން ނުޖެހޭނެ ކަމުގެ ޔަގީންކަން ދެއްވައި އޭނާ ވިދާޅުވީ ބެލެނިވެރިންނާ އެކުގައި ސާބިތުވެ، އެކުގައި އުނގެނި، އެހީތެރިވުމުގައި ވިލާ ކޮލެޖު އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ. 

މި ސިމްޕޯޒިއަމްގެ އެންމެ މުހިންމު އެއް ހަރަކާތެއްގެ ގޮތުން ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި ބައިވެރިވީ ވިލާ ކޮލެޖުގެ ދަރިވަރު އަޒްރާ މޫސާ، އަމީނިއްޔާ ސްކޫލުގެ ސްޕެޝަލް އެޑިޔުކޭޝަން ޓީޗަރު ޒަހީނާ މުފީދު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓާ ޖެނެރަލް އަދި ޖޮއިންޓް ޕޭރެންޓިން ޕްރޮގްރާމް ސްޓިއަރިން ކޮމިޓީގެ ޗެއާ ފާތިމަތު އައްޒަ، ހުޅުމާލޭ ހޮސްޕިޓަލުގެ ސީނިއާ ސައިކޮލޮޖިސްޓް ފާތިމަތު ޝަހުރު އަދި ޔުނިސެފްގެ ހެލްތު އެންޑް ނިއުޓްރިޝަން ސްޕެޝަލިސްޓް އާމިނަތު ޝަހުލާ އެވެ.

މި ޕެނަލްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ޅަފަތުގައި ހެދިބޮޑުވުމަށް ބޭނުންވާ ސިއްހީ، ތައުލީމީ އަދި އިޖުތިމާއީ ހިދުމަތްތައް ވަކިވަކި މުއައްސަސާތަކުން ދިނުމުގެ ބަދަލުގައި، ގުޅިފައިވާ އެއް ނިޒާމެއްގެ ތެރެއިން ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ކުދިން ބެލެހެއްޓުމުގައި އާއިލާތަކުން ތަހައްމަލު ކުރާ އިދާރީ އަދި ނިޒާމީ ދަތިތަކާއި އޭގެ ސަބަބުން ބެލެނިވެރިންނަށް ނަފްސާނީ ގޮތުން ކުރާ އަސަރުތަކުގެ މައްޗަށް ވެސް ޕެނަލިސްޓުން ވަރަށް ފުޅާކޮށް ވާހަކަދެއްކި އެވެ. ކުއްޖާގެ ހެދިބޮޑުވުމާމެދު ކަންބޮޑުވުން އުފެދޭ ވަގުތުތަކުގައި، ގުޅިފައިވާ އެހީތެރިކަމުގެ ނިޒާމެއް ނެތުމުގެ ސަބަބުން ސިއްހީ އަދި ތައުލީމީ ދާއިރާތަކުން ހިދުމަތް ހޯދުމަށް ބެލެނިވެރިން އުފުލަންޖެހޭ ބުރައާއި ދަތިތަކަށް ހާއްސަ ސަމާލުކަމެއް ދިނެވެ. 

އުމުރުގެ ފުރަތަމަ ފަސް އަހަރަކީ ކުއްޖާގެ ސިކުނޑިއާއި ވިސްނުމުގެ ތަރައްޤީއަށް އެންމެ މުހިންމު ދުވަސްވަރުކަން ފާހަގަކޮށް، ހެދިބޮޑުވުމުގައި ހުންނަ މައްސަލަތައް ވީ އެންމެ އަވަހަކަށް ދެނެގަތުމުގެ މުހިންމުކަން ޕެނަލިސްޓުން ފާހަގަ ކުރި އެވެ. އަދި ސްކްރީން ޓައިމް ގިނަވުމާއި އިޖުތިމާއީ ގުޅުން މަދުވުން ފަދަ މާހައުލީ ސަބަބުތަކުން ދިމާވާ ވާހަކަދެއްކުމާއި އިޖުތިމާއީ ހުނަރުގެ ލަސްތައް ވަކިކޮށް ދެނެގަތުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، ކުރީކޮޅު މިފަދަ ކަންކަން ދެނެގަނެ އެކަށޭނަ އެހީތެރިކަން ފޯރުކޮށްދިނުމުން ދުރުރާސްތާގައި ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެކަން ފާހަގަކުރެއްވިއެވެ.

މެންދުރުފަހުގެ ދަންފަޅީގައި ކުރިއަށްދިޔައީ ވިލާ ކޮލެޖުގެ ދަރިވަރުންގެ ފަރާތުން ހުށަހެޅި ރިސާޗް ޕޭޕާ ޕްރެޒެންޓޭޝަންތަކެވެ. މި ދިރާސާތަކުގައި، ދިވެހި މުޖުތަމައާ ސީދާ ގުޅުންހުރި މުހިންމު މައުޟޫތަކަށް ފުން ދިރާސީ ނަޒަރަކުން އަލިއަޅުވާލާފައިވެ އެވެ. ހަމައެއާއެކު، ވިލާ ކޮލެޖުގެ ސައިކޮލޮޖީ މާސްޓާސް ދަރިވަރުން އިންތިޒާމުކޮށްގެން، އަމަލީ މަސައްކަތު ބައްދަލުވުންތަކެއް ވެސް ބައިވެރިންނަށް ކުރިއަށް ގެންދިޔަ އެވެ. 

މި ސިމްޕޯޒިއަމްއަކީ، ދިވެހި މުޖުތަމައުގައި ކުޑަކުދިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިންނަށް ބޭނުންވާ ފުރިހަމަ، އަދި އެކި މުއައްސަސާތައް ގުޅިފައިވާ އެހީތެރިކަމުގެ ނިޒާމެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ. ވިލާ ކޮލެޖުން ބުނީ އެ ކޮލެޖު ދެމިއޮންނާނީ، މިފަދަ އިލްމީ އަދި ފަންނީ މަޝްވަރާތައް ކުރިއަށް ގެންގޮސް، ހަރުދަނާ ދިރާސާގެ އަލީގައި މުޖުތަމަޢަށް އަމަލީ ހެޔޮ ބަދަލު ގެނައުމަށް މެދުކެނޑުމެއްނެތި މަސައްކަތްކުރުމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox