ނޫސްތަކުން އޮޅުވާލި ކަމަށް ބުނެ މެންބަރުންގެ މެޑިކަލް އިންޝޫރެންސް މައްސަލައިގެ ކޮމިޓީ ސިއްރުކޮށްފި

އާންމު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ: މަޖިލިސް އިދާރާ

އާންމު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެޑިކަލް އިންޝޫރެންސާ ގުޅުވައި ނޫސްތަކުގައި އޮޅުވާލައިގެން ވާހަކަތަކެއް ލިޔެފައިވާ ކަމަށް ތުހުމަތުކޮށް އެ މައްސަލައިގައި މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ. 

އެ މައްސަލައާ ގުޅިގެން އޮގަސްޓު ހަތަރެއްގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނިންމީ މިވަގުތު މެންބަރުންނަށް މެޑިކަލް އިންޝޫރެންސް ފޯރުކޮށްދެމުން އަންނަ އެލައިޑް އިންޝޫރެންސާ ބައްދަލުކުރުމަށެވެ. ރާއްޖެ އާއި ރާއްޖޭން ބޭރުން ފަރުވާ ހޯދުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށް އެ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި ބައެއް މެންބަރުން ވިދާޅުވި އެވެ. 

"އިންޝޫރެންސްގެ ވާހަކަ މި ކޮމިޓީގައި ކުރިއަށްދިޔައިރުގައި ބައެއް މެންބަރުން ދެއްކި ވާހަކަ، ނޫސްތަކުގައި ރިޕޯޓުކޮށްފައި ހުރީ އަޅުގަނޑުމެން ދެއްކި ގޮތަކަށް ނޫން. އަޅުގަނޑުމެން ދެންނެވީ އަޅުގަނޑުމެންނަށް ލިބޭ އިންޝޫރެންސްގެ ތެރެއިން މެންބަރުންނަށް އިންޝޫރެންސް ކުންފުނިން ހިދުމަތް ފޯރުކޮށްދޭން އެއްބަސްވެފައިވާ ގޮތުގެ މަތީން އިންޝޫރެންސްތަކުގައި ހުރި ދަތިތަކުގެ ވާހަކަ،" މިއަދުގެ ކޮމިޓީ ބައްދަލުވުން ފައްޓަވަމުން މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވި އެވެ. 

Advertisement

މިއަދުގެ ކޮމިޓީ ބައްދަލުވުން ސިއްރުކޮށްގެން ކުރިއަށްގެންދިޔުމަށް ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ. އޭނާގެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެވެ. ކޮމިޓީ ސިއްރު ކުރުމަށް ނެގި ވޯޓު ފާސްވީ މިއަދުގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.

"ކުރީ ދުވަހު ދެއްކި ވާހަކަ އޮޅުވާލާފައި އެހެން ގޮތަކަށް ލިޔެފައިވާތީ މިއަދުގެ ބައްދަލުވުން ނޫސްވެރިންނާ ނުލައި ސިއްރު ބައްދަލުވުމެއް ގޮތުގައި ކުރިއަށްގެންދަން. އެއީ މި ދައްކަނީ އަނެއްހެން އާންމު ރައްޔިތުންނާ ގުޅުންހުރި އިންޝޫރެންސްގެ ވާހަކައެއް ނޫން، ޕެކޭޖު ބޮޑުކުރާ ވާހަކައެއް ވެސް ނޫން،" ދީދީ ވިދާޅުވި އެވެ.

ކޮމިޓީ ސިއްރުކުރުމަށް ވޯޓު ދިނީ ދީދީ އާއި ސައްތާރުގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް އާއި ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ އާއި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް އާއި އަލިފުށީ ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހުމާން އެވެ. 

މެންބަރުންގެ މެޑިކަލް އިންޝޫރެންސްގެ މައްސަލައިގައި އަބަދުވެސް އާންމު ރައްޔިތުންގެ ފާޑުކިޔުން އަމާޒުވެ އެވެ. މެންބަރުންނަށް ވަކި ހާއްސަ އިންޝޫރެންސް ސްކީމެއް އޮވެގެން ނުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox