ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނުމުގައި އޮޅުވާލި ކަމަށް ބުނާ މައްސަލައިގައި ސިޓީ ކައުންސިލްގެ މޭޔަރު ފުލުހަށް ހާޒިރުކޮށްފި

ތިނަދޫ ސިޓީގެ މޭޔަރު ސައުދު -- ފޮޓޯ: އަދަދު ފައިލް

ތިނަދޫ ސިޓީގެ މޭޔަރު ސައުދު -- ފޮޓޯ: އަދަދު ފައިލް

ގދ. ތިނަދޫ، ސިޓީއަކަށް ބަދަލުކުރުމުގެ މަރުހަލާގައި ސަރުކާޜު އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލައެއްގައި ތިނަދޫ ސިޓީގެ މޭޔަރު، ސައުދު އަލީ ފުލުހަށް ހާޒިރުކޮށްފި އެވެ.

ސައުދު އަދަދުއަށް ވިދާޅުވީ އޭނާ ފުލުހަށް ހާޒިރުކުރީ ސިޔާސީ ޜޭވުމެއްގެ ދަށުން ކަމަށެވެ. އަދި، ފުލުހަށް އޭނާ ހާޒިރުކުރުމުން ސާފުވަނީ ބާރުގަދަ މަގާމުތަކުގައި ތިބި މީހުންނަށް ކޯޓުތަކަށާއި އެހެނިހެން މުއައަސަސާތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް މިންވަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިނަދޫ އުތުރު ދާއިރާގެ މެންބަރު، ސައުދުﷲ ހިލްމީ [މަޖިލިސް ކެމްޕޭން ތެރޭގައި] ކަންމަތީ ބައްދަލުވުންތަކުގައި ވެސް އެންމެނަށް ފެންނާނެގޮތަށް ބުނެފައި އެބަ ހުރި އިންތިހާބުވިޔަސް [އަޅުގަނޑު] ޖަލަށޭ ލާނީ، އިންތިހާބުވެފައި ހުރި މެންބަރަކު އެ ބުނަނީ، ކޯޓުތަކަށް ވެސް ނުފޫޒު ފޯރުވުމުގެ ބާރު އެބަ އޮތޭ،" ސައުދު ވިދާޅުވި އެވެ.

Advertisement

ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދީގެން ތިނަދޫ، ސިޓީއަކަށް ބަދަލު ކުރުމަކީ ނުކުރެވޭނެ ކަމެއްކަން ފާހަގަކޮށް ސައުދު ވިދާޅުވީ ސަރުކާރުގެ އިންތިޒާމުތައް ހަމަޖެހިފައި ހުންނަނީ އެހައި ދޯހަޅިކޮށް ނޫން ކަމަށެވެ. އަދި، މީހަކު ހުށަހަޅާ ދޮގު މައުލޫމާތަކަށް ބަލައިގެން ރަށެއް ސިޓީއަކަށް ބަދަލު ކުރެވޭކަމަށް ބުނާ ބުނުމަކީ ތާކުންތާކު ނުޖެހޭ ހެއްވާކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"ސާފުކޮށް އެބަ އެނގޭ ސިޔާސީ ކަމެއްކަން މިއުޅެނީ، ނުފޫޒު ބޭނުންކޮށްގެން އަޅުގަނޑު މަގާމުން ދުރުކުރުމަށް ކުރާ މަސައްކަތެއް، މިކަމުން ސާފުވަނީ މިހާރުގެ ހާލަތު މިއޮތް ގޮތް، ހުރިހާ ކަމަކަށް ނުފޫޒު ފޯރުވުމުގެ ބާރު އެމީހުންގެ އަތުގައި އޮތްކަން،" ސައުދު ވިދާޅުވި އެވެ.

ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދީ އާބާދީ އޮޅުވާލައިގެން ކަމަށް ބުނެ މައްސަލަ މަޖިލީހަށް ވައްދައިފި

ސައުދުﷲ ގެ ސިޓީގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ތިނަދޫ އަށް 2023 ގައި ސިޓީގެ ދަރަޖަ ދިނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށް. އެގޮތުން 2022 އިން ފެށިގެން ތިނަދޫ ކައުންސިލުން އެ ރަށުގެ އާބާދީއާ ގުޅޭ ތަފާސް ހިސާބުތައް އޮޅުވާލާފައިވާ ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފަ.

ތިނަދޫ، ސިޓީއަކަށް ބަދަލުކުރީ އާބާދީ އޮޅުވާލައިގެން ކަމަށް ބުނެ، ތިނަދޫ ސިޓީގެ ދަރަޖަ ބާތިލުކޮށްދިނުމަށް އެދި މީގެ ކުރިން ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހެޅި އެވެ. އަދި، ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު، ސައުދުﷲ ހިލްމީ މަޖިލީހަށް ވެސް ހުށަހެޅުއްވި އެވެ.

ސައުދުﷲ މަޖިލީހަށް އޭރު ފޮނުއްވި ސިޓީގައި ބުނެފައި ވަނީ  ތިނަދޫ އަށް 2023 ގައި ސިޓީގެ ދަރަޖަ ދިނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެގޮތުން 2022 އިން ފެށިގެން ތިނަދޫ ކައުންސިލުން އެ ރަށުގެ އާބާދީއާ ގުޅޭ ތަފާސްހިސާބުތައް އޮޅުވާލާފައިވާ ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފަ އެވެ.

ސަސްޕެންޑުކުރީ ސިޔާސީ ބޭނުމެއްގައި، މައްސަލަތައް ހުށަހެޅީ މެންބަރު ސައުދުﷲ: ތިނަދޫ މޭޔަރު ސައުދު

މީގެތެރެއިން ގިނަ މައްސަލަތަކަކީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހަޅުއްވާފައިވާ މައްސަލަތަކެއް ކަމަށާއި މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ކުރަމުންދާ ސިޔާސީ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި.

އެ ރަށުގެ ރަޖިސްޓްރީގައި އެހެން ރަށްރަށުގެ މީހުންގެ ނަން ހިމެނުމާއި ތަކުރާރުކޮށް އެކެއްގެ ނަން ހުރުމާއި މަރުވެފައިވާ މީހުން ދިރިތިބި މީހުންގެ ގޮތުގައި ޖަހާފައިވާ ކަމަށް ވެސް ސައުދުﷲ ގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

މިއީ އޭރު ރަށު ކައުންސިލްގައި ތިބި ކައުންސިލަރުން، ބޮޑު މުސާރަ އާއި ބަޖެޓު ހޯދުމަށް ކުރި މަސައްކަތެއް ކަމަށާއި ތިނަދޫގެ އަސްލު އާބާދީ 8،000 އަށް ވެސް ނާރާކަން އެލްޖީއޭ އަދި ޑީއެންއާރު އަށް އެނގިފައިވާ ކަމަށް ވެސް އޭނާގެ ސިޓީގައިވެ އެވެ.

މީގެ އިތުރުން، ސިޓީގެ ދަރަޖަ ދިނުމާއެކު އޭރު އޮތް ރަށު ކައުންސިލް ސިޓީ ކައުންސިލަށް ބަދަލުކޮށް ކައުންސިލްގެ ރައީސަށް މޭޔަރުގެ މަގާމު ދިނުމާއި އަލަށް ލިބުނު ބޮޑު ބަޖެޓުގައި ބޭކާރު އެތައް ހަރަދެއްކޮށް، ކައުންސިލްގެ މެޖޯރިޓީ އޮތް އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ވަޒީފާތަކެއް ދިން ކަމަށް ވެސް ސައުދުﷲ ވިދާޅުވި އެވެ.

އެ މައްސަލަތައް ވަކިކޮޅެއްގައި ނުޖެހި އޮއްވައި، ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން، މިދިޔަ އަހަރު ސައުދު ސަސްޕެންޑު ވެސް ކުރި އެވެ. އޭރު ވެސް ސައުދު ވިދާޅުވެފައި ވަނީ، އޭނާ ސަސްޕެންޑުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox