ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދީ އާބާދީ އޮޅުވާލައިގެން ކަމަށް ބުނެ މައްސަލަ މަޖިލީހަށް ވައްދައިފި

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ : އޭނާ މަޖިލީހުގައި އެދިފައިވަނީ ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރުމާމެދު ގޮތެއް ނިންމަން ---- ފޮޓޯ: މަޖިލިސް އިދާރާ

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ : އޭނާ މަޖިލީހުގައި އެދިފައިވަނީ ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރުމާމެދު ގޮތެއް ނިންމަން ---- ފޮޓޯ: މަޖިލިސް އިދާރާ

ގދ. ތިނަދޫގެ އާބާދީގައި 10،000 ހަމަނުވާތީ އެ ރަށުގެ ސިޓީގެ ދަރަޖަ ބާތިލުކުރަން އެދި ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވަނިކޮށް، ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދީ އާބާދީ އޮޅުވާލައިގެން ކަމަށް ބުނެ އެ މައްސަލަ ބަލައިދޭން ރައްޔިތުންގެ މަޖިލީހަށް ވެސް މައްސަލައެއް ހުށަހަޅައިފި އެވެ.

އެ މައްސަލަ ބަލައިދޭން ހުށަހެޅީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ. އެ ސިޓީގައި އެދިފައި ވަނީ ކަމާ ގުޅޭ މުއައްސަސާތަކާއި އިދާރާތައް މަޖިލީހަށް ހާޒިރުކޮށްދީގެން އެ މައްސަލަ ބަލައިދިނުމަށެވެ.

ސައުދުﷲ ގެ ސިޓީގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ތިނަދޫ އަށް 2023 ގައި ސިޓީގެ ދަރަޖަ ދިނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށެވެ. އެގޮތުން 2022 އިން ފެށިގެން ތިނަދޫ ކައުންސިލުން އެ ރަށުގެ އާބާދީއާ ގުޅޭ ތަފާސްހިސާބުތައް އޮޅުވާލާފައިވާ ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފަ އެވެ.

އެގޮތުން އެ ރަށުގެ ރަޖިސްޓްރީގައި އެހެން ރަށްރަށުގެ މީހުންގެ ނަން ހިމެނުމާއި ތަކުރާރުކޮށް އެކެއްގެ ނަން ހުރުމާއި މަރުވެފައިވާ މީހުން ދިރިތިބި މީހުންގެ ގޮތުގައި ޖަހާފައިވާ ކަމަށް ވެސް ސައުދުﷲ ގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

މިއީ އޭރު ރަށު ކައުންސިލްގައި ތިބި ކައުންސިލަރުން، ބޮޑު މުސާރަ އާއި ބަޖެޓު ހޯދުމަށް ކުރި މަސައްކަތެއް ކަމަށާއި ތިނަދޫގެ އަސްލު އާބާދީ 8،000 އަށް ވެސް ނާރާކަން އެލްޖީއޭ އަދި ޑީއެންއާރު އަށް އެނގިފައިވާ ކަމަށް ވެސް އޭނާގެ ސިޓީގައިވެ އެވެ.

މީގެ އިތުރުން، ސިޓީގެ ދަރަޖަ ދިނުމާއެކު އޭރު އޮތް ރަށު ކައުންސިލް ސިޓީ ކައުންސިލަށް ބަދަލުކޮށް ކައުންސިލްގެ ރައީސަށް މޭޔަރުގެ މަގާމު ދިނުމާއި އަލަށް ލިބުނު ބޮޑު ބަޖެޓުގައި ބޭކާރު އެތައް ހަރަދެއްކޮށް، ކައުންސިލްގެ މެޖޯރިޓީ އޮތް އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ވަޒީފާތަކެއް ދިން ކަމަށް ވެސް ސައުދުﷲ ވިދާޅުވި އެވެ.

ދާއިރާގެ މެންބަރުންގެ ޝަކުވާ ހުރި ކަމަށް ބުނެ، ސައުދުﷲ މަޖިލީހަށް ސިޓީ ފޮނުވާފައި މިވަނީ ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރަން އެދި ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅިތާ ހަފުތާއެއް ވެސް ނުވަނީހެވެ. އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ ގާނޫނީ ވަކީލު އަދި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހުމަދު އެވެ.

ރައީސް އޮފީހާ ދެކޮޅަށް މި މައްސަލަ ހުށަހެޅުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާގިބު ހުންނެވި ސިޔާސީ މަގާމުން އޭނާ ވަކިކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox