ގދ. ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރުފުރުން ފާހަގަކުރާ ރަސްމިއްޔާތަށް ނަޝީދު އާއި ޔާމީން އެ ސިޓީއަށް ވަޑައިގަންނަވަނީ

ގދ. ތިނަދޫ މަތިން ނަގާފައިވާ ފޮޓޯއެއް: ތިނަދޫއަކީ ހުވަދުއަތޮޅުގައި އެންމެ ބޮޑު ތާރީހެއް އޮތް އެއް ރަށް - ފޮޓޯ: ސްޓޫޑިއޯ 33

ގދ. ތިނަދޫ މަތިން ނަގާފައިވާ ފޮޓޯއެއް: ތިނަދޫއަކީ ހުވަދުއަތޮޅުގައި އެންމެ ބޮޑު ތާރީހެއް އޮތް އެއް ރަށް - ފޮޓޯ: ސްޓޫޑިއޯ 33

ގދ. ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރުފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވުމަށް ކުރީގެ ދެ ރައީސުން ކަމުގައިވާ، މުހައްމަދު ނަޝީދު އާއި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ސިޓީއަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ތިނަދޫ ސިޓީގެ މޭޔަރު، ސައުދު އަލީ އަދަދު ނޫހަށް ވިދާޅުވީ އެ ސިޓީގައި ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ދައުވަތު ހުރިހާ ރައީސުންނަށް ވެސް ކައުންސިލުން އެރުވި ކަމަށެވެ.

"ހުރިހާ ރައީސުންނަށް ވެސް ދައުވަތު އެރުވިން، ދެން ދައުވަތު ގަބޫލުކުރައްވާފައި ވަނީ އެ ދެ ބޭފުޅުން، އެހެންވީމާ އެ ދެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ތައްޔާރީތައް ވަމުން މިދަނީ،" ސައުދު ވިދާޅުވި އެވެ.

ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރުފުރުން ފާހަގަކުރުމަށް އެ ސިޓީގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، ފުޅަނދު ބުރަކާއި، ކުޅިވަރު ހަރަކާތްތަކާއި ތިނަދޫއަށް އެކި ގޮތްގޮތުން ހިދުމަތް ކޮށްދީ ހިދުމަތް ކުރަމުން ގެންދާ މީހުންނަށް ޝަރަފުގެ އިނާމާއި ހިތްވަރުދިނުމުގެ އިނާމު ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން، އެކަމުގެ މުނާސަބާގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވެސް ތައްޔާރުވަމުންދާ ކަމަށް ސައުދު ވިދާޅުވި އެވެ.

ތިނަދުއިން މީހުން ބޭލި ހާދިސާއަކީ 1962 ވަނަ އަހަރު ހިނގައިދިޔަ ސުވަދީބް ބަގާވާތާއި ގުޅިފައިވާ ހާދިސާއެކެވެ. އެ ބަގާވާތުގެ ތެރެއިން، ރާއްޖޭގެ ދައުލަތުން ވަކިވެގަތުމަށް މަސައްކަތްކުރި ކަމަށް ބުނާ ދެކުނުގެ ތިން އަތޮޅުގެ މައި ރަށްކަމުގައިވާ ތިނަދޫ އަށް އޭރުގެ ބޮޑު ވަޒީރު އިބްރާހިމް ނާސިރު ސިފައިންނާއެކު ވަޑައިގެންނެވިކަމަށް ތާރީހީ ލިޔުންތަކުގައިވެ އެވެ.

އޭގެ ފަހުން އެ ރަށުގައި ހަމަނުޖެހުންތަކެއް ހިނގައި ނާސިރު ވަނީ ތިނަދޫ އިން މީހުން ބާލުވާފަ އެވެ. އެ މައްސަލައިގައި ތިނަދޫގެ އާންމުންގެ ތެރެއިން ބައެއް މީހުން މަރުވެ، ލާއިންސާނީ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވީ އޭގެ ހަތަރު އަހަރުފަހުން 1966 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox