ޑޮލަރުގެ އަގުތައް ޓްރެކް ކުރާ "ޔޫއެސްޑީއެމްވީއާރު" ވެބްސައިޓު ބްލޮކްކޮށްފި

Aug 9, 2026, 9:18 PM
ޔޫއެސްޑީއެމްވީއާރު ސައިޓުގެ ހޯމްޕޭޖު: މި ސައިޓަށް މިހާރު ވަދެވެނީ ވީޕީއެން ބޭނުންކޮށްގެން --- ސްކްރީންޝޮޓް: ޔޫއެސްޑީއެމްވީއާރު.ކޮމް

ޔޫއެސްޑީއެމްވީއާރު ސައިޓުގެ ހޯމްޕޭޖު: މި ސައިޓަށް މިހާރު ވަދެވެނީ ވީޕީއެން ބޭނުންކޮށްގެން --- ސްކްރީންޝޮޓް: ޔޫއެސްޑީއެމްވީއާރު.ކޮމް

ސައިޓު ބޭނުންކުރާ މީހުން ހުށަހަޅާ އަގުތައް "ކްރައުޑްސޯސް" ކޮށްގެން ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ލިބޭ އަގު ފެންނަ "ޔޫއެސްޑީއެމްވީއާރު.ކޮމް" އަށް ރާއްޖޭގެ އައިޕީ އެޑްރެސްތަކުން ނުވަދެވޭ ގޮތަށް ބްލޮކޮށްފި އެވެ. 

ޔޫއެސްޑީއެމްވީއާރު ސައިޓު ބޭނުންކުރާ މީހުން އެކްސްގައި ޕޯސްޓުކޮށްފައިވާ ގޮތުގައި މި ސައިޓަށް ކުރިން ވަދެވުނު ނަމަވެސް، މިހާރު ވަދެވެނީ ވީޕީއެން ބޭނުންކޮށްގެން އެހެން ގައުމެއްގެ އައިޕީ އެޑްރެސް ބޭނުންކޮށްގެންނެވެ. 

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު އާންމުކޮށް ފެންނަ ވެބްސައިޓަކަށް ނުވަދެވޭއިރު، ޑޮލަރުގެ އަގު ވަނީ ތާރީހުގައި ފުރަތަމަ ފަހަރަށް 22ރ. އަށް ވުރެ މައްޗަށް އަރާފަ އެވެ. މިއަދު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު އުޅެނީ 22.10ރ. އަށެވެ. މިއީ ރަސްމީ ރޭޓަށް ވުރެ 6.68ރ. ނުވަތަ 43.3 ޕަސެންޓު ބޮޑު އަގެކެވެ. 

އިގުތިސޯދުގައި ޑޮލަރު ތާށިވެ، ދުވަހުންދުވަހަށް ޑޮލަރުގެ އަގު ބޮޑުވަމުންދާއިރު ސަރުކާރުން ބުނަމުން އަންނަނީ މިއީ އެމްޑީޕީ ސަރުކާރުގައި ފައިސާ ޗާޕުކުރުމާ ގުޅިގެން ހައްލު ނުވެގެން އުޅޭ މައްސަލައެއް ކަމަށެވެ. 

ސަރުކާރުން މިހާރު މިހެން ބުނި ނަމަވެސް، ޑޮލަރުން އާމްދަނީ ލިބޭ ޓެކްސް ރޭޓުތަކާއި އެއާޕޯޓު ފީ ބޮޑުކޮށް، ޑޮލަރު މާރުކުރަން މަޖުބޫކުރިއިރު ސަރުކާރުން ބުނީ ކަޅު ބާޒާރުގައި ޑޮލަރު ލިބޭ އަގުތައް ވެސް ތިރިވާނެ ކަމަށެވެ. ނަމަވެސް ކަންކަން ވަމުން ދަނީ ސަރުކާރުން ތަސައްވުރި ކުރި ގޮތާ ދިމާ އިދިކޮޅަށެވެ. 

ޑޮލަރުގެ އަގު ބޮޑުވަމުން ދިޔުމާ ގުޅިގެން ކިޔުންތެރިންނަށް އަދާހަމަ މައުލޫމާތު ގެނެސްދިނުމުގެ ގޮތުން އަދަދު ނޫހުން ވެސް ވާނީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު ޓްރެކްކުރަން ފަށާފަ އެވެ.

އަދަދު ނޫހުގެ ޑޮލަރު ޓްރެކަރު

 މި ނޫހުގެ ވެބްސައިޓުން ފެންނަ މި ޓްރެކަރަކީ 2010 ވަނަ އަހަރުން ފެށިގެން އާކައިވްކޮށްފައި ހުރި ހަބަރުތަކުގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން ހުރި އަގުތައް ފެންނަ ޓްރެކަރެކެވެ. މި ޓްރެކަރަށް ވަނުމުން ޑޮލަރުގެ ކަޅު ބާޒާރާ ގުޅޭ ހުރިހާ ހަބަރުތަކެއް ވެސް ފެންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox