ޕެންޝަން ފަންޑު މުއާމަލާތާއެކީ އެމްއެމްއޭގެ ބޮންޑު ދަރަނި 16.4 ބިލިއަން ރުފިޔާއަށް އަރައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައި އޮފީސް: އެމްއެމްއޭއިން ބަނީ ޕެންޝަން ފަންޑުން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ގަނެފައި --- ފޮޓޯ: އަދަދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައި އޮފީސް: އެމްއެމްއޭއިން ބަނީ ޕެންޝަން ފަންޑުން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ގަނެފައި --- ފޮޓޯ: އަދަދު

ޕެންޝަން ފަންޑުން ގަނެފައިވާ ބޮންޑުތަކެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ވިއްކާލައި، އެ ފައިސާ ސަރުކާރުގެ އެހެން ބޮންޑަކަށް އިންވެސްޓުކުރަން ހިންގި މުއާމަލާތް ފުރިހަމަކުރުމާ އެކީ އެމްއެމްއޭގެ ބޮންޑު ދަރަނި 16.3 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ އިދާރާގެ ބެލެންސް ޝީޓުން ދައްކައިފި އެވެ. 

އެމްއެމްއޭއިން އާންމުކޮށްފައިވާ ޖުލައި މަހުގެ ސްޓޭޓްމަންޓް އޮފް ފައިނޭންޝަލް ޕޮސިޝަން ރިޕޯޓުން އަންގައިދޭ ގޮތުގައި އޭގެ ކުރީ މަސް ނިމުނުއިރު މި އެމްއެމްއޭއިން ސަރުކާރުގެ ބޮންޑުތަކުގައި އިންވެސްޓުކޮށްފައި ހުރި އަދަދު ހުރީ 13.9 ބިލިއަން ރުފިޔާގަ އެވެ. ނިމުނު މަހުގެ ތެރޭގައި މި ބައިން އިތުރުވީ ބޮންޑު މުއާމަލާތުގެ އަގު ކަމަށް ރިޕޯޓު ކުރެވުނު 2.4 ބިލިއަން ރުފިޔާ އެވެ.

މި ފައިސާތައް ސަރުކާރަށް ލިބުނުކަން އެނގެނީ އެމްއެމްއޭގެ ބެލެންސް ޝީޓުގެ ލަޔަބިލިޓީތަކުގެ ބައިގައި، ސަރުކާރާއި ސަރުކާރުގެ އިދާރާތަކުގެ ބެލެންސް ޖޫން މަހުގެ ނިޔަލަށް 143.3 މިލިއަން ރުފިޔާގައި ހުރެފައި، މިދިޔަ މަަސް ނިމުނުއިރު ދެ ބިލިއަން ރުފިޔާއަށް އިތުރުވެފައިވާތީ އެވެ. މިއީ 1.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. 

އެމްއެމްއޭއިން ސަރުކާރުގެ ބޮންޑުތަކުގައި އިންވެސްޓުކޮށްފަ ހުރި އަދަދު

  • 2013 - 3.1 ބިލިއަން ރުފިޔާ
  • 2018 - 6.1 ބިލިއަން ރުފިޔާ
  • 2023 - 14.5 ބިލިއަން ރުފިޔާ
  • 2024 - 14.2 ބިލިއަން ރުފިޔާ
  • 2025 - 14 ބިލިއަން ރުފިޔާ
  • 2026 (ޕެންޝަން ފަންޑު މުއާމަލާތުގެ ކުރިން - 13.9 ބިލިއަން ރުފިޔާ
  • 2026 (ފެންޝަން ފަންޑު މުއާމަލާތުގެ ފަހުން - 16.3 ބިލިއަން ރުފިޔާ

މި މުއާމަލާތާއެކީ އެމްއެމްއޭގެ ދިވެހި ރުފިޔާ އެސެޓުތަކުގެ ޖުމްލަ ވަނީ 15.7 ބިލިއަން ރުފިޔާއިން 18.1 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. ބޭރު ފައިސާގެ އެސެޓުތައް ހިމަނައިގެން ޖުމްލަ އެސެޓުތަކާއި ފައިސާ ނޫން އެސެޓުތަކުގެ އަގު ހިމަނައިގެން ޖުމްލަ އެސެޓުތަކުގެ އަގު ހުރީ 31 ބިލިއަން ރުފިޔާގަ އެވެ.

މިދިޔަ މަސް ނިމުނުއިރު ބޮންޑު މުއާމަލާތުން ހޯދި ފައިސާތަކުން ބޮޑު ބަޔެއް ސަރުކާރުން ބޭނުން ނުކޮށް ހުއްޓަސް، މި ފައިސާތައް ބޭނުންކުރުމުން އިގުތިސޯދުގެ ތެރެއަށް މި ފައިސާތައް ވަންނާނެ އެވެ. މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރާ މީހުން ބުނަނީ، ދިވެހި ރުފިޔާގެ މި އިތުރުވުމާއެކީ، ދުވަހުންދުވަހަށް އަގު ދަށްވަމުން އަންނަ ދިވެހި ރުފިޔާގެ އަގު އިތުރަށް ދަށަށް ދާން މެދުވެރިވާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox