އިންޑިއާ-ރާއްޖެ ޔޫޕީއައި ކޮރިޑޯގެ ހިދުމަތާއެކު އެމްއައިބީ މެދުވެރިކޮށް މިހާރު ފައިސާ ފޮނުވޭނެ

Jul 30, 2026, 10:49 PM
މޯލްޑިވްސް އިސްލާމިކް ބޭންކް  "ފަވަރަ" ނެޓްވޯކް މެދުވެރިކޮށް ޔޫޕީއައިއާ ގުޅިގެން ފުރަތަމަ މުައާމަލާތް ހިންގައިފި

\

މޯލްޑިވްސް އިސްލާމިކް ބޭންކް "ފަވަރަ" ނެޓްވޯކް މެދުވެރިކޮށް ޔޫޕީއައިއާ ގުޅިގެން ފުރަތަމަ މުައާމަލާތް ހިންގައިފި \


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކާމިޔާބުކަމާއެކު ފަށައިފައިވާ އިންޑިއާ-ރާއްޖެ ޔޫޕީއައި ކޮރިޑޯގެ ޚިދުމަތާއެކު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް މި ޚިދުމަތް ހޯދޭނެކަމުގައި އެމްއައިބީން ބުނެފިއެވެ. މިއީ ރާއްޖެއާއި އިންޑިއާއާ ދެމެދު ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް ފައިސާ ފޮނުވުމުގެ ޑިޖިޓަލް ނިޒާމު ކުރިއެރުވުގައި ހޯދުނު މުހިންމު ކާމިޔާބީއެކެވެ.

މި ކޮރިޑޯ ތައާރަފުކުރުމާއެކު، ރާއްޖޭގައި ބޭނުންކުރާ ވަގުތުން ފައިސާ ފޮނުވާ ނިޒާމު "ފަވަރަ" އާއި އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް" (ޔޫޕީއައި) ސީދާ ގުޅުވާލެވި، ކަސްޓަމަރުންނަށް އަވަސް، ރައްކާތެރި އަދި ފަސޭހަކަމާއެކު ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެފައިވާކަމަށް އެމްއައިބީން ބުންޏެވެ.

Advertisement

މި ހިދުމަތް މިވަގުތު ލިބެން ހުންނާނީ ހަމައެކަނި ވަކި ވަކި ފަރުދުންގެ މެދުގައި ކުރެވޭ  މުއާމަލާތްތަކަށްކަމަށް ވާއިރު، ދިވެހި ކަސްޓަމަރުންނަށް އެމީހުންގެ ދިވެހި ރުފިޔާ އެކައުންޓުތަކުން ސީދާ ފައިސާ ފޮނުވޭނެކަމުގައި އެމްއައިބީން މައުލޫމާތުދެއެވެ. މި ހިދުމަތުގެ ދަށުން މަހަކު ފޮނުވޭނީ ގިނަވެގެން 250 އެމެރިކާ ޑޮލަރާ އެއްވަރުގެ ދިވެހި ރުފިޔާއެވެ. އަދި ކޮންމެ މަހަކު މި ލިނިޓް އާ ވާނެކަމުގައި ވެސް އެ ބޭންކުން ވަނީ ބުނެފައެވެ.

މިވަގުތު، ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މި ހިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭނީ ހަމައެކަނި އާއިލީ ޚަރަދުތަކަށް ކަމަށްވާއިރު، ފައިސާ ފޮނުވަންވާނީ އިންޑިއާގައި ދިރިއުޅޭ ދިވެހި އާއިލާގެ މެންބަރެއްގެ އަމިއްލަ ބޭންކު އެކައުންޓަށް ކަމަށް ވެސް އެމްއައިބީން މައުލޫމާތުދެއެވެ.

ރާއްޖެ-އިންޑިއާ ޔޫޕީއައި ކޮރިޑޯގެ ސަބަބުން، ރައްކާތެރި، ފަސޭހަ އަދި އިތުބާރު ހުރި ނިޒާމެއް މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ފުރުސަތު ލިބި، އާއިލާތަކަށާއި އާންމު ފަރުދުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އިގްތިސާދީ އަދި މާލީ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި ހިދުމަތްދޭ އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން، އެމްއައިބީން މައުލޫމާތުދިން ގޮތުގައި އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ޑިޖިޓަލް ބޭންކިންގ އަދި ޕޭމަންޓް ހިދުމަތްތައް ކުރިއަރުވައި، ގައުމީ އީޖާދުތަކަށް އެއްބާރުލުންދީ، ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް އެހީތެރިވެދޭނެ ރައްކާތެރި، ކަސްޓަމަރުންނަށް އިސްކަންދޭ މާލީ ހައްލުތައް ފޯރުކޮށްދޭ ބޭންކެއްގެ ގޮތުގައި ދެމިހުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

Newsletter

Get the latest news delivered straight to your inbox