ބަޖެޓުގައި ފަސް ބިލިއަން ޖެހުމަށް ފަހު، އެތެރޭގެ ބާޒާރުން ހަ ބިލިއަން ރުފިޔާ ނަގައިފި!

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ބަޖެޓު ފޮތް ވިދާޅުވެލައްވަނީ: މި ސަރުކާރަކަށް އެއްވެސް އަހަރެއްގައި ޕްލޭނާ އެއްގޮތަށް ފައިސާ ނުހޯދޭ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ބަޖެޓު ފޮތް ވިދާޅުވެލައްވަނީ: މި ސަރުކާރަކަށް އެއްވެސް އަހަރެއްގައި ޕްލޭނާ އެއްގޮތަށް ފައިސާ ނުހޯދޭ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މި އަހަރަށް ފާސްކުރި ބަޖެޓުގައި, ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ރާއްޖޭގެ މާލީ ބާޒާރުން ނަގާނީ ފަސް ބިލިއަން ޑޮލަރު ކަމަށް ބުނުމަށް ފަހު، އަހަރު ނިމެން ފަސް މަސް އޮއްވާ، ސެކިއުރިޓީތައް ވިއްކައިގެން އެތެރޭގެ ބާޒާރުން ހަ ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ފައިސާ ނަގާފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ވަނީ، ޑޮމެސްޓިކް ސެކިއުރިޓީޒްތަކާއި ލޯނުތަކުން ފައިނޭންސިންގެ ގޮތުގައި ހޯދާނީ 5.1 ބިލިއަން ރުފިޔާ ކަމަށެވެ. އަދި އަހަރު ނިމޭއިރު އެތެރޭގެ ދަރަނި ހުންނަނީ 92.9 ބިލިއަން ރުފިޔާގައި ކަމަށެވެ.

މިހެން ނަމަވެސް ފިނޭންސުން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ހުރި ސެކިއުރިޓީސް ވިއްކާފައިވާ އަދަދާއި އެ ރިޕޯޓު ނެރުނު ތާރީހުގެ ފަހުން ހިންގި ޕެންޝަން ފަންޑަށް ބޮންޑު ވިއްކުމުގެ މުއާމަލާތާއެކީ މިއަށް ވުރެ ގިނައިން އެތެރޭގެ ބާޒާރުން ދަަރަނި ނަގާފައިވާ ކަން ވަނީ ކަށަވަރުވެފަ އެވެ. 

Advertisement

އެ ގޮތުން ފިނޭންސުން އާންމުކޮށްފައިވާ ހިސާބުތަކުގައި ވަނީ މި މަހުގެ މެދާ ހަމައަށް އައިއިރު އެތެރޭގެ ބާޒާރަށް ވިއްކާފައިވާ ޓްރެޝަރީ ބިލުތަކާއި ބޮންޑުތަކަށް ދައްކަން ޖެހޭ އަދަދު 95.8 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. 

މުއިއްޒުގެ ސަރުކާރުން 44 ބިލިއަން ރުފިޔާގެ ދަރަނި ނަގައިފި

ރައީސް މުޢިއްޒުގެ ސަރުކާރަށް ދެ އަހަރާއި ހަތް މަސްވީއިރު، ޖުމްލަ 44 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ. މީގެ ތެރެއިން ބަޖެޓު ޑެފިސިޓު ފޫބައްދަން އެތެރޭގެ ބާޒާރުން 27.6 ބިލިއަން ރުފިޔާ ހޯދާފައިވާއިރު، ޑޮލަރުން އަނބުރާ ދައްކަންޖެހޭ ބޮންޑުތަކުގެ ދަރަނި ވެސް ވަނީ އިތުރުވެފަ.

ސަރުކާރުގެ ހަރަދުތައް ފޫބައްދަން އެތެރޭގެ ބާޒާރަށް ބަރޯސާވާން ޖެހިފައި ވަނީ އެއްވެސް އަަހަރެއްގައި ރޭވި ގޮތަށް މި ސަރުކާރަށް ބަޖެޓު ފައިނޭންސިން ނުހޯދޭތީ އެވެ. އެންމެ ބޮޑު މައްސަލައަކީ ރާވާ ގޮތަށް ބޭރުގެ ދަރަނި ނުހޯދުމެވެ. 

ވޭތުވި ދެ އަހަރުގެ ބަޖެޓާއި މި އަހަރުގެ ބަޖެޓުގައި ވެސް ސަރުކާރުން ވަނީ ބޭރަށް ބޮންޑާއި ސުކޫކު ވިއްކައިގެންނާއި ބަޖެޓު ސަޕޯޓުގެ ގޮތުގައި ބިލިއަނުން ފައިސާ ހޯދަން ޖަހާފަ އެވެ. ނަމަވެސް މި ދެ އަހަރުން ކުރެ އެއްވެސް އަހަރެއްގައި ބަޖެޓު ކުރި ވަރާ ގާތަށް ވެސް ބޭރުން ފައިސާ ނުލިބުމުން، ބަޖެޓު ފައިނޭންސިންގެ ބޮޑު ބަޔެއް ހަމަޖައްސަން ޖެހުނީ އެތެރޭގެ ބާޒާރުންނެވެ.

ފިނޭންސުގެ ރަސްމީ ހިސާބުތަކުން ދައްކަނީ 2024 ގައި 8.9 ބިލިއަން ރުފިޔާ އަދި މިދިޔަ އަހަރު 8.6 ބިލިއަން ރުފިޔާ އެތެރޭގެ ބާޒާރުން ނެގި ކަމަށެވެ. ސަރުކާރުގެ މުޅި ދައުރަށް ބަލާއިރު، މި ސަރުކާރުން ވަނީ ވެރިކަމާ ހަވާލުވުމަށް ފަހު އެތެރޭގެ ބާޒާރުން 23 ބިލިއަން ރުފިޔާ ދަރަންޏަށް ނަގާފަ އެވެ. 

މިއީ ކަންބޮޑުވާން ޖެހޭ ވަރުގެ ބޮޑު އަދަދެއް ނަމަވެސް، ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި އެތެރޭގެ ދަރަނި އުފުލުމުގެ ރެކޯޑާއި އަހަރެއްގެ ތެރޭގައި އެތެރޭގެ ބާޒާރުން އެންމެ ގިނަ އަދަދަކަށް ދަރަނި ނެގުމުގެ ރެކޯޑު ލިބެނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށެވެ. އެ ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 44.8 ބިލިއަން ރުފިޔާގެ ދަރަނި ނަގައި، 2023 ގައި އެކަނި 14.1 ބިލިއަން ރުފިޔާ އެތެރޭގެ ދަރަންޏަށް އިތުރުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox