ފުރިހަމަ ރެކޯޑަކާ އެކު ފެލިދޫ އާއި ގޮއިދޫ ރާއްޖެ ސުޕަ ލީގުގެ ފަައިނަލަށް

Aug 8, 2026, 10:42 PM
ރާއްޖެ ސުޕަ ލީގުގެ ސެމީ ފައިނަލުގައި ހިރިލަންދޫ އަތުން މޮޅުވި މެޗަށް ފަހު ފެލިދޫ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ އަދަދު ސްޕޯޓްސް

ރާއްޖެ ސުޕަ ލީގުގެ ސެމީ ފައިނަލުގައި ހިރިލަންދޫ އަތުން މޮޅުވި މެޗަށް ފަހު ފެލިދޫ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ އަދަދު ސްޕޯޓްސް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން، މިހާރު ކުރިއަށްދާ ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގައި މިއަދު ކުޅުނު ސެމީ ފައިނަލު މެޗުތަކުން މޮޅުވެ، ވ. ފެލިދޫ އާއި ބ. ގޮއިދޫން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ. 

ޖުމްލަ އެކު، ހަތް ރަށުން ވާދަކުރި މި މުބާރާތުގެ ފައިނަލަށް ގޮއިދޫ އާއި ފެލިދޫ ދަތުުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އެ ގޮތުން، ފެލިދޫން ހަތަރު ޓީމު ހިމެނޭ ގްރޫޕްގެ ތިން މެޗާއި ސެމީ ފައިނަލުން ވަނީ މޮޅުވެފަ އެވެ. އަދި، ގޮއިދޫން ތިން ޓީމު ހިމެނުނު ގްރޫޕްގެ ދެ މެޗާއި ސެމީ ފައިނަލް މެޗުން ވަނީ މޮޅުވެފަ އެވެ. 

ޒުވާނުންގެ މަރުކަޒު އެެތެރެ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި، ތ. ހިރިލަންދޫ އަތުން ފެލިދޫ މޮޅުވީ ސީދާ ތިން ސެޓުންނެވެ. ހިރިލަންދޫން ސެމީ އަށް އައީ، ތިން ޓީމު ހިމެނުނު ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. މިރޭ ކުޅުނު ސެމީ ފައިނަލުގައި ކުޅުނީ ހަތަރު ޓީމު ހިމެނުނު ގްރޫޕްގެ ދެ ވަނަ ހޯދި، ލ. ފޮނަދޫ އާއި ގޮއިދޫ އެވެ. ގޮއިދޫން މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. 

ގައުމީ ވޮލީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ނިސްބަތްވާ ފެލިދޫން ތަފާތު ފޯމެއްގައި މި ފަހަރުގެ މުބާރާތުގައި ކުޅެމުން އަންނައިރު، އެ ޓީމުގެ ކޯޗަކަށް ހުރީ ގައުމީ ވޮލީބޯޅަ ޓީމުގެ ކުރީގެ ކޯޗު މުހައްމަދު ޝަރަފް އެވެ. ގައުމީ ވޮލީ ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ، އަލީ ހުޒާމް (ހުޒަންޓެ) އާއި އާދަމް ފައިރޫޒް ވެސް ކުޅެމުން އަންނަ ފެލިދޫގައި ގައުމީ ޓީމުގެ ސެޓަރަކަށް ކުޅުނު ހުސެއިން ވިޝާމް (ބުޅިކެ)ގެ އިތުރުން އެޓޭކަރު، ހަސަން ނިލާމް (ޕާޓޭ) ވެސް ހިމެނެ އެވެ. އަދި، ބިދޭސީ ކުޅުންތެރިއަކަށް ކުޅެނީ، ޕާކިސްތާން ގައުމީ ޓީމުގެ މުރާދު ޖީހާން އެވެ. އޭނާ ވަނީ ރާއްޖޭގެ ގިނަ މުބާރާތްތަކެއް ކުޅެފަ އެވެ. 

ހިރިލަންދޫ އަތުން ފެލިދޫ މޮޅުވިއިރު، ސެޓުތައް ގެންދިޔައީ، 25-20، 25-23 އަދި 25-19 އިންނެވެ. 

ސްރީ ލަންކާގެ ކޯޗު، ޖަޔަސޭކަރަ ޗަންނަގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ، ގޮއިދޫން ވެސް ހިތްވަރު ގަދަ ކުޅުމެއް ދައްކަމުން އަންނައިރު، ގައުމީ ޓީމުގެ ޒުވާން ތަރި، ޝަމާއިލް ހުސެއިން އަންނަނީ އެ ޓީމުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ކުޅިވަރުގެ ރަށެއްގެ ގޮތުަގައި މަޝްހޫރު ގޮއިދޫ ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިންނާއި ގައުމީ ލެވަލްގައި ކުޅޭ ގިނަ ކުޅުންތެރިން ހިމެނޭއިރު، ސެމީ ފައިނަލުގައި މިރޭ ފޮނަދޫ އަތުން ސީދާ ތިން ސެޓުން ކުރިހޯދި އެވެ. މެޗުގެ ސެޓުތައް ގެންދިޔައީ، 25-23، 26-24 އަދި 25-23 އިންނެވެ. 

މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި މާދަމާ ހަވީރު ހިރިލަންދޫ އާއި ފޮނަދޫން ބައްދަލުކުރާނެ އެވެ. އަދި، މާދަމާރޭ ކުޅޭ ފައިނަލުގައި، ފެލިދޫ އާއި ގޮއިދޫގެ ފޯރިގަދަ ކުރިމަތިލުމެއް ފެނިގެންދާނެ އެވެ. 

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox