ރާއްޖެ ސުޕަ ލީގު: ފެލިދޫ އާއި ހިރިލަންދޫ ވެސް ސެމީ އަށް

Aug 6, 2026, 9:35 AM
ރާއްޖެ ސުޕަ ލީގުގައި ރޭ ހިރިލަންދޫ އާއި ތުލުސްދޫ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ރާއްޖެ ސުޕަ ލީގުގައި ރޭ ހިރިލަންދޫ އާއި ތުލުސްދޫ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މިހާރު ކުރިއަށްގެންދާ ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ވ. ފެލިދޫ އާއި ތ. ހިރިލަންދޫން ހޯދައިފި އެވެ. 

ޖުމްލަ ހަތް ރަށުން ވާދަކުރާ ފިރިހެން ވޮލީބޯޅައިގެ މި މުބާރާތް ކުރިއަށްދަނީ، ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގަ އެވެ. ގްރޫޕް އޭގައި ވާދަކުރަނީ، ހދ. ހަނިމާދޫ، ވ. ފެލިދޫ، ލ. ފޮނަދޫ އަދި ކ. މާފުށި އެވެ. ގްރޫޕް ބީގައި ހިމެނެނީ ތ. ހިރިލަންދޫ، ބ. ގޮއިދޫ އަދި ލ. ތުލުސްދޫ އެވެ.

އިއްޔެ އާއި ރޭގެ މެޗުތަކާ ހަމައަށް އައިއިރު، ލ. ފޮނަދޫ އާއި ބ. ގޮއިދޫން ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެންމެ ފަހުން ކުޅުނު މެޗުތަކުން މޮޅުވެ، ފެލިދޫ އާއި ހިރިލަންދޫ ސެމީގެ ފަހު ޖާގަތައް ހޯދީ އެވެ. 

Advertisement

އެ ގޮތުން، އިއްޔެ ހަވީރު ކުޅެފައިވަނީ މާފުށްޓާއި ފެލިދޫ އެވެ. މި މެޗު ފަސޭހަކަމާ އެކު ފެލިދޫން ވަނީ ކާމިޔާބުކޮށްފަ އެވެ. ގައުމީ ވޮލީބޯޅަ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ނިސްބަތްވާ ފެލިދޫން މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ޕާކިސްތާންގެ މުރާދު ޖީހާންގެ މޮޅު ކުޅުމާ އެކު، ފެލިދޫން ސެޓުތައް ގެންދިޔައީ، 25-18، 25-11 އަދި 25-19 އިންނެވެ. 

ގްރޫޕް ބީގެ ފަހު މެޗުގައި ތުލުސްދޫ އާއި ހިިރިލަންދޫ ބައްދަލުކުރިއިރު، މި ދެ ޓީމު ވެސް ފުރަތަމަ މެޗުން ވަނީ ގޮއިދޫ އަތުން ބަލިވެފަ އެވެ. އެހެންވެ، ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދިއުމަށްޓަކައި، ރޭގެ މެޗުން މޮޅުވުން އޮތީ ދެ ޓީމަށް ވެސް މަޖުބޫރުވެފަ އެވެ. 

ރާއްޖެ ސުޕަ ލީގުގައި ރޭ ހިރިލަންދޫ އާއި ތުލުސްދޫ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
ރާއްޖެ ސުޕަ ލީގުގައި ރޭ ހިރިލަންދޫ އާއި ތުލުސްދޫ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ވޮލީބޯޅަަ އަށް މަޝްހޫރު ރަށެއް ކަމަށްވާ ހިރިލަންދޫން މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެ ގޮތުން، ހިރިލަންދޫން ފުރަތަމަ ދެ ސެޓު، 25-19، 25-19 އިން ގެންގޮސް ހަމަޖެހިލި ނަމަވެސް، ތިން ވަނަ ސެޓުގައި، ތުލުސްދޫން ކުޅުން ރަނގަޅުކުރި އެވެ. އެހެން ނަމަވެސް، ސެޓުގެ ފަހުކޮޅުގައި ހިރިލަންދޫން މުޅި މެޗުގައި ދެމެހެއްޓި ރަނގަޅު ފޯމާ އެކު، 25-23 އިން ސެޓު ގެންގޮސް މެޗުން މޮޅުވީ އެވެ.

މިހާރު އޮތްގޮތުން، ގްރޫޕް އޭގެ މަގާމުތައް ކަނޑައެޅޭނީ މިއަދާއި މިރޭގެ މެޗުތަކަށް ފަހު އެވެ. ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މުބާރާތުން ކަޓާފައިވާ ހަނިމާދޫ އާއި މާފުށްޓެވެ. އަދި، މިރޭ ގްރޫޕް އޭގެ އެއް ވަނަ ކަނޑައަޅާ މެޗުގައި ފެލިދޫ އާއި ފޮނަދޫ ބައްދަލުކުރާނެ އެވެ. 

ގްރޫޕް ބީގެ އެއް ވަނަ ލިބުނީ ގޮއިދޫ އަށެވެ. އަދި، ދެ ވަނަ ހޯދީ ހިރިލަންދޫންނެވެ. 

ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގެ ފޯމެޓް އޮތް ގޮތުން، ގްރޫޕް ސްޓޭޖަށް ފަހު، ހޮނިހިރު ދުވަހު ކުޅޭނީ ސެމީ ފައިނަލް ދެ މެޗެވެ. އެއީ، ދެ ގްރޫޕުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމެެއްގެ މެދުގަ އެވެ. ސެމީގެ ފުރަތަމަ މެޗުގައި ގްރޫޕް އޭގެ އެއް ވަނަ ކުޅޭނީ ހިރިލަންދޫއާ އެވެ. އަދި، ސެމީގެ ދެ ވަނަ މެޗުގައި ގޮއިދޫން ކުޅޭނީ ގްރޫޕް ބީގެ ދެ ވަނައާ އެވެ. 

ސެމީ ދެ މެޗުން މޮޅުވާ ދެ ޓީމު ކުޅޭ ފައިނަލާއި ދެ ސެމީން ބަލިވާ ދެ ޓީމު ކުޅޭ ތިން ވަނަ ހޮވާ މެޗު އޮންނާނީ އާދިއްތަ ދުވަހު އެވެ. 

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox