ރާއްޖެ ސުޕަ ލީގު: ގޮއިދޫ އާއި ފޮނަދޫ ސެމީ އަށް

Aug 5, 2026, 10:58 AM
ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ބ. ގޮައިދޫ ޓީމުގެ ކުޅުންތެރިން މެޗެއްގެ ތެރެއިން.--- ފޮޓޯ: ވީއޭއެމް

ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ބ. ގޮައިދޫ ޓީމުގެ ކުޅުންތެރިން މެޗެއްގެ ތެރެއިން.--- ފޮޓޯ: ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މިހާރު ކުރިއަށްގެންދާ ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގައި ކުޅުނު ދެ ވަަނަ މެޗުތަކުން ވެސް މޮޅުވެ، ބ. ގޮއިދޫ އާއި ލ. ފޮނަދޫން ސެމީ ފައިނަލުގެ ޖާގައެއް ޔަގީންކޮށްފި އެވެ. 

ޖުމްލަ ހަތް ރަށުން ވާދަކުރާ ފިރިހެން ވޮލީބޯޅައިގެ މި މުބާރާތް ކުރިއަށްދަނީ، ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގަ އެވެ. ގްރޫޕް އޭގައި ވާދަކުރަނީ، ހދ. ހަނިމާދޫ، ވ. ފެލިދޫ، ލ. ފޮނަދޫ އަދި ކ. މާފުށި އެވެ. ގްރޫޕް ބީގައި ހިމެނެނީ ތ. ހިރިލަންދޫ، ބ. ގޮއިދޫ އަދި ލ. ތުލުސްދޫ އެވެ.

ސްރީ ލަންކާގެ ކޯޗު، ޖަޔަސޭކަރަ ޗަންނަގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ، ގޮއިދޫން ވަނީ ފުރަތަމަ މެޗުގައި ހިރިލަންދޫ އަތުން ފަސް ސެޓު ކުޅެެގެން މޮޅުވެފަ އެވެ. އެކަމަކު، ރޭ ކ. ތުލުސްދޫ އަތުން މޮޅުވީ ސީދާ ތިން ސެޓުންނެވެ. އަނެއްކޮޅުން، ފޮނަދޫން ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗުގައި، ކ. މާފުށި އަތުން މޮޅުވިއިރު، ރޭ ވަނީ ހދ. ހަނިމާދޫ ބަލިކޮށްފަ އެވެ. ހަނިމާދޫ ވަނީ ކުޅުނު ދެ މެޗުން ބަލިވެ، މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތު ގެއްލިފަ އެވެ. 

އިއްޔެ މެޗަށް ނުކުތްއިރު، މުބާރާތުގައި ކުރިއަށްދިއުމަށްޓަކައި، މޮޅުވުން މަޖުބޫރުވެފައި އޮތް ހަނިމާދޫން ވަނީ ފުރަތަމަ ސެޓު ގެންގޮސްފަ އެވެ. އެކަމަކު، ފުރަތަމަ ސެޓު ގެއްލުނު ނަމަވެސް، ފޮނަދޫން ވަނީ ފަހަތުން އަރައި 3-1 ސެޓުން މޮޅުވެފަ އެވެ. 

ހަނިމާދޫން ފުރަތަމަ ސެޓު ގެންދިޔައީ، 25-22 އިންނެވެ. ފޮނަދޫން ދެން ކުޅުނު ތިން ސެޓު ކާމިޔާބުކުރީ، 23-25، 20-25 އަދި 16-25 އިންނެވެ. 

ތުލުސްދޫ އަތުން ގޮއިދޫ މޮޅުވި މެޗުގައި ސެޓުތައް ގެންދިޔައީ، 25-14، 30-28 އަދި 25-22 އިންނެވެ. 

ރާއްޖެ ސުޕަ ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި، ވ. ފެލިދޫން ބައްދަލުކުރާނީ މާފުށްޓާ އެވެ. ފެލިދޫން ވަނީ ފުރަތަމަ މެޗުގައި ހަނިމާދޫ ބަލިކޮށްފަ އެވެ. މުބާރާތުގައި ކުރިއަށްދިއުމަށްޓަކައި، މާފުށްޓަށް މި މެޗުން މޮޅެއް ހޯދުން މަޖުބޫރެވެ. 

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ހިރިލަންދޫ އާއި ތުލުސްދޫ ބައްދަލުކުރާއިރު، މި މެޗުން މޮޅުވާ ޓީމަކަށް މި ގްރޫޕުން ސެމީގެ އަނެއް ޖާގަ ލިބޭނެ އެވެ. 

ތަފާތު އެކި ސަބަބުތަކާ ހެދި ލަސްކުރަން ޖެހުނު މި މުބާރާތުގެ ފޯމެޓް އޮތް ގޮތުން، ގްރޫޕް ސްޓޭޖަށް ފަހު، ހޮނިހިރު ދުވަހު ކުޅޭނީ ސެމީ ފައިނަލް ދެ މެޗެވެ. އެއީ، ދެ ގްރޫޕުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމެެއްގެ މެދުގަ އެވެ. އަދި، ސެމީ ދެ މެޗުން މޮޅުވާ ދެ ޓީމު ކުޅޭ ފައިނަލާއި ދެ ސެމީން ބަލިވާ ދެ ޓީމު ކުޅޭ ތިން ވަނަ ހޮވާ މެޗު އޮންނާނީ އާދިއްތަ ދުވަހު އެވެ. 

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox