އަމާން ދޯދި ސަރަހައްދުން 670 ޓަނުގެ ކުނި ނަގައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖަމާކޮށްފައި ހުރި ކުނިތަކެއް ނެގުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖަމާކޮށްފައި ހުރި ކުނިތަކެއް ނެގުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެޗްޑީސީ

ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކޮށް ބަލަހައްޓަމުން ގެންދާ އަމާން ދޯދި ޓަވަރުތައް ހުންނަ ސަރަހައްދުން 670 ޓަނުގެ ކުނި މިއަދު ނަގައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ އެ ހަރާކަތުގެ ތެރެއިން މިއަދު ސާފު ކޮށްފައި ވަނީ ދޯދި ޓަވަރުތައް ހުންނަ ސަރަހައްދެވެ. ދޯދި ޓަވަރުތަކުގެ އިތުރުން، ވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ކުނި ޖަމާކޮށްފައި އެބަހުއްޓެވެ.

އެ ސަރަހައްދުތަކަށް އާދަޔާއި ހިލާފަށް ކުނި ޖަމާކުރަން ފެށީ، އަމާން ޓަވަރުތަކަށް މީހުން ބަދަލުވިއިރު، ކުނި އުކޭނެ އެކަށީގެންވާ އިންތިޒާމެއް ކަމާބެހޭ އިދާރާތަކުން ހަމަޖައްސާފައި ނެތުމުން ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުން ބުނެ އެވެ.

އެޗްޑީސީން އިސްނަގައިގެން ކުރިއަށް ގެންދާ ކެމްޕޭނުގެ ދަށުން މާދަމާ ވެސް ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތައް ސާފުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަންގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނަވާ، މަލްޝާ ޝަރީފް ސޯޝަލްމީޑިއާގައި ލިޔުއްވާފައިވެ އެވެ.

އެޗްޑީސީން އިސްނަގައިގެން، ހުޅުމާލެ ދެވަނަ ފިޔަވަހި ސާފު ކުރުމުގެ ކެމްޕޭނެއް ފެށީ ހުޅުމާލޭގައި މަދިރި އާލާ މިންވަރު އިތުރުވަމުންދާ ދިޔުމާ ގުޅިގެން، ހުޅުމާލެ ފޮގު ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމުމާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ މީހުންނާއި އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންނާ ސޯޝަލްމީޑިއާގައި ބަދަލުކުރި ބަހުގެ ހަމަލާތަކަށްފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox