އެޗްޑީސީގެ މުވައްޒަފުން އިތުރު ކުރުމުން މުސާރައިގެ ހޭދަ ރެކޯޑު މިންވަރަކަށް އުފުލިއްޖެ

އެޗްޑީސީގެ އެމްޑީ ޒުހައިރު އަދި ޑެޕިއުޓީ އެމްޑީ އަސްބާހު

އެޗްޑީސީގެ އެމްޑީ ޒުހައިރު އަދި ޑެޕިއުޓީ އެމްޑީ އަސްބާހު

މި އަހަރު ބޭއްވި ކައުންސިލް އިންތިހާބާ ދިމާކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ގިނަ އަދަދެއްގެ މުވައްޒަފުން އިތުރުކޮށް، މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހޭދަ ރެކޯޑު މިންވަރަކަށް މައްޗަށް ގޮސްފައިވާކަން ހާމަވެއްޖެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަދަދު ނޫހުން ހޯދާފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެޗްޑީސީގެ މުވައްޒަފުންގެ އަދަދާއި ހަރަދުތަކަށް މިއަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.  އޭޕްރީލް 4، 2026, ބޭއްވި ކައުންސިލް އިންތިހާބާ ދިމާކޮށް އެޗްޑީސީއަށް ވެސް އެތައް ސަތާކެ މުވައްޒަފުންނެއް ވެއްދި އެވެ. 

ސަރުކާރު ކުންފުނިތަކަށް ނާޖާއިޒު ގޮތުގައި މީހުން ވައްދައި ބޮޑެތި ހަރަދުތައް ކުރަމުންދާ ކަމަށް ބުނެ އިދިކޮޅުގައި އޮތް ދުވަސްވަރު ޕީއެންސީން ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ނަމަވެސް، ވެރިކަމާ ހަވާލުވުމަށްފަހު އެޗްޑީސީގެ މުވައްޒަފުންގެ އަދަދު ވަނީ އެމްޑީޕީގެ ސަރުކާރަށް ވެރެ އިތުރުވެފަ އެވެ.

އެޗްޑީސީން ދީފައިވާ މައުލޫމާތުން އެނގޭ ގޮތުގައި 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ކުންފުނީގައި ތިބީ ޖުމުލަ 2,141 މުވައްޒަފުންނެވެ. ނަމަވެސް 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ އަދަދު ވަނީ 2,410 އަށް އުފުލިފަ އެވެ. 

މުވައްޒަފުންގެ އަދަދު އިތުރުވުމާ ގުޅިގެން، މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ ވަނީ މީގެ ކުރިން ދުވަހަކުވެސް ނުކުރާ މިންވަރަށް ބޮޑުވެފައެވެ. 2023 ގެ ނޮވެމްބަރު މަހު މުސާރައަށް 32.7 މިލިއަން ރުފިޔާ ހޭދަވި އިރު، 2026 ވަނަ އަހަރުގެ ޖޫން މަހު އެޗްޑީސީން މުސާރައާއި އިނާޔަތްތަކަށް އެކަނިވެސް 40.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. 

އެޗްޑީސީން އަހަރަކު މުސާރަ އާއި އިނާޔަތުގެ ޖުމުލަ ހަރަދަށް ބަލާއިރު، 2023 ވަނަ އަހަރު ޖުމުލަ 339.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ނަމަވެސް 2024 ވަނަ އަހަރު އެ އަދަދު 400.1 މިލިއަން ރުފިޔާއަށް އުފުލިފައިވާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެކަނިވެސް 229.8 މިލިއަން ރުފިޔާ ވަނީ މުސާރައަށް ހޭދަވެފަ އެވެ. މިއީ 2026 ވަނަ އަހަރުގެ ތެރޭގައި މަހަކު އެވްރެޖުން 38.3 މިލިއަން ރުފިޔާގެ ހޭދައެކެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު މަހެއްގެ މައްޗަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އިތުރުވުމެކެވެ.

ޕީސީބީން މިހާރު ވަނީ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓު މަދުކުރުމަށް އަންގާފަ އެވެ. އެ ނިސްބަތަށް އެޗްޑީސީގެ މުވައްޒަފުންގެ އަދަދު މަދުކުރާނަމަ 795 މުވައްޒަފުން ކަނޑާލަން ޖެހޭނެ އެވެ. އެއާއެކު ކުންފުނީގައި ތިބި ޖުމުލަ މުވައްޒަފުންގެ އަދަދު 1600 އަށް ތިރިވާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox