އަލްވަރޭޒް ޑީލު؛ އެތުލެޓިކޯ އިން ބާސެލޯނާއާ ދެކޮޅަށް މައްސަލަ ހުށަހަޅައިިފި

Jul 30, 2026, 9:44 PM
އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް، އަލްވަރޭޒް.

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް، އަލްވަރޭޒް.

މެޑްރިޑް (ޖުލައި 30) - އާޖެންޓީނާގެ ފޯވާޑް، ޖޫލިއަން އަލްވަރޭޒްގެ ސޮއި ހޯދަން އޭނާގެ ކޮންޓްރެކްޓް އޮތް އެތުލެޓިކޯ މެޑްރިޑަށް ނޭނގި ބާސެލޯނާ އިން މަސައްކަތް ކުރަމުން އަންނާތީވެ، އެ ޓީމާ ދެކޮޅަށް އެތުލެޓިކޯ އިން ފީފާ އަށް މައްސަލަ ހުށަހަޅައިފި އެވެ. 

މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތެރެއިން ދިން އިންޓަވިއުއެއްގައި، އަލްވަރޭޒް ބުނެފައިވަނީ، އެންމެ ރަނގަޅު ގޮތަކަށްވާނީ އޭނާ އެދޭ ގޮތަށް ޓްރާންސްފާގެ ކަންކަން ކުރިއަށްގެންދަން ފުރުސަތު ދިނުމަށް ކަމަށް ބުނެފަ އެވެ. އަލްވަރޭޒް، މިހެން ބުނެފައިވަނީ، ބާސެލޯނާ އިން އޭނާގެ ސޮއި ހޯދަން ޝައުގުވެރިކަން ފާޅުކުރަމުންދިޔަ ދަނޑިވަޅެއްގަ އެެވެ. 

ރިޕޯޓްތައް ބުނާގޮތުން، އުމުރުން 26 އަހަރުގެ އަލްވަރޭޒް ހޯދަން ބާސެލޯނާ އިން އެކި ގޮތްގޮތުން މަސައްކަތްކުރަަމުން އަންނައިރު، ތަކުރާރުކޮށް އެތުލެޓިކޯ އިން އަންނަނީ އަންނަ ސީޒަނުގައި އަލްވަރޭޒް ފެންނާނީ އެ ކްލަބުން ކަމަށް ބުނަމުންނެވެ. 

Advertisement

މިދިޔަ މަހު ބާސެލޯނާގެ ރައީސް، ޖޮއާން ލަޕޯޓާ ވިދާޅުވީ، އެ ކްލަބުން އަލްވަރޭޒަށް ހުށަހަޅާފައި އޮތް ޕްރޮޕޯސަލް އެތުލެޓިކޯ އިން މަޝްވަރާގެ މޭޒަށް އަންނަން ބޭނުންވަންދެން ދެމި އޮންނާނެ ކަމަށް ބުނެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، އެއީ 100 މިލިއަން ޑޮލަރަށް ވުރެން އިތުރު ޑީލެކެވެ. 

ގަވާއިދާ ހިލާފަށް އަލްވަރޭޒް ހޯދަން ބާސެލޯނާ އިން ނުފޫޒު ފޯރުވަމުން އަންނާތީވެ، އެތުލެޓިކޯ އިން ފުރަތަމަ މައްސަލަ ހުށަހެޅީ ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނަށެވެ. އެކަމަކު، އެ އަށް އެކަށީގެންވާ ހައްލެއް ނުލިބޭތީ، އެތުލެޓިކޯ އިން ފީފާގެ ސަމާލުކަމަށް ވެސް އެކަން ގެނެސްފައިވާ ކަމަށް ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. 

މިދިޔަ މަހު، އެތުލެޓިކޯ އިން ވަނީ ރެއާލް މެޑްރިޑުން އަލްވަރޭޒް ގަންނަން ހުށަހެޅި 172 މިލިއަން ޑޮލަރުގެ އޮފާއެއް އަނބުރާ ފޮނުވާލައިފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، އާސެނަލުން ވެސް އަލްވަރޭޒަށް ވަނީ ޝަައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި، އާސެނަލުން އޮތީ އެ ޓީމަށް ކުޅޭ ސްވިޑެންގެ ފޯވާޑްް، ވިކްޓަ ޔޯކެރޭޝް ހިމެނޭހެން، އަލްވަރޭޒް ގަންނަން ޓްރާންސްފާ ފީއެއް ދޭ ގޮތަށް ޑީލެއް ހުށަހަޅަން ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

ރިވަ ޕްލޭޓް ދޫކޮށް، 2022 ވަނަ އަހަރު ޖެނުއަރީ މަހު، މެންޗެސްޓާ ސިޓީ އަށް އަލްވަރޭޒް ބަދަލުވީ 20 މިލިއަން ޑޮލަރަށެވެ. މީގެ ދެ އަހަރު ކުރިން، 90 މިލިއަން ޑޮލަރަށް އަގު އަރާ ޓްރާންސްފާ ޕެކޭޖެއްގައި އެތުލެޓިކޯ އަށް ބަދަލުވި އަލްވަރޭޒް އެ ކްލަބާ އެކު ކޮންޓްރެކްޓްގައި ހުރީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. 

އެތުލެޓިކޯ އަށް ކުޅުނު ދެ ސީޒަނުގައި އޭނާ ވަނީ 106 މެޗުން 49 ލަނޑު ޖަހައި، 17 ލަނޑު ޖަަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox