ވޯލްޑް ކަޕްގެ ފޯމު ރަނގަޅުވުމުން ފެރާން މަޑުކުރުވަން ބާސެލޯނާ އިން މަސައްކަތްކުރަނީ

Aug 4, 2026, 11:40 AM
ބާސެލޯނާ އަށް ލަނޑެއް ޖަހައިދިނުމަށް ފަހު ފެރާން އުފާފާޅުކުރަނީ.

ބާސެލޯނާ އަށް ލަނޑެއް ޖަހައިދިނުމަށް ފަހު ފެރާން އުފާފާޅުކުރަނީ.

ބާސެލޯނާ (އޮގަސްޓް 4) - އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިނަށް ހޯދައިދިން ގޯލު ޖަހައިދިން ފޯވާޑް، ފެރާން ޓޮރޭސް، ބާސެލޯނާގައި މަޑުކުރުވުމަށްޓަކައި، އާ ކޮންޓްރެކްޓެއް ދޭން އެ ކްލަބުން މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

އުމުރުން 26 އަހަރުގެ ފެރާން މި ވަގުތު ބާސެލޯނާއާ އެކު ހަދާފައި އޮތް ކޮންޓްރެކްޓްގައި ބާކީ އޮތީ އެންމެ އަހަރެކެވެ. ފެރާންގެ ސޮއި ހޯދަން ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީން މަސައްކަތް ކުރަމުން އަންނައިރު، އިނގިރޭސި ޕްރިމިއާ ލީގާއި އިޓާލިއަން ލީގުގެ ބައެއް ކްލަބްތަކުން ވެސް އަންނަނީ ފެރާން އަށް ފާރަލަމުންނެވެ. 

މިދިޔަ ސީޒަނަށް ފަހު، ރޮބަޓް ލެވަންޑޯސްކީ، ބާސެލޯނާ ދޫކޮށްލުމުން، އެ ޓީމުގައި މި ވަގުތު ސީދާ ސްޓްރައިކަރަކަށް ބޭނުންކުރަން ތިބީ މަދު ކުޅުންތެރިންނެވެ.

ބާސެލޯނާ އިން މި ފަހަރުގެ ޓްރާންސްފާގައި އެންމެ ގެންނަން ބޭނުންވި އާޖެންޓީނާގެ ފޯވާޑް، ހޫލިއަން އަލްވަރޭޒް އެވެ. އެކަަމަކު، އަލްވަރޭޒް ދޫކުރަން، އޭނާގެ ކްލަބް، އެތުލެޓިކޯ މެޑްރިޑުން ވަނީ ދެކޮޅު ހަދައިފަ އެވެ. ބާސެލޯނާ އިން ވަނީ، ފެރާން ހިމެނޭ ޑީލެއްގައި އަލްވަރޭޒް ގެންނަން ވެސް މަސައްކަތްކޮށްފަ އެވެ. އެކަމަކު، އެ ޑީލުގައި ހިމެނެން ފެރާން ވެސް ދެކޮޅު ހެދި އެވެ. 

ވޯލްޑް ކަޕަށް ފަހު، ފެރާން، ބާސެލޯނާގެ ޕްރީ ސީޒަން ޕްރެކްޓިހާ ގުޅޭނީ، މި މަހު 10 ވަނަ ދުވަހު އެވެ. ރިޕޯޓްތައް ބުނާގޮތުން، ފެރާން، ޓީމުގެ ކޭމްޕަށް އައުމާ އެކު، އޭނާއާ އެކު، އާ ކޮންޓްރެކްޓެއް ހެދުމުގެ މަޝްވަރާތައް ފަށަން ބާސެލޯނާ އިން އަންނަނީ ތައްޔާރުވަމުންނެވެ. 

މިދިޔަ ސީޒަނުގެ ހުރިހާ މުބާރާތެއްގައި ބާސެލޯނާ އަށް ޖުމްލަ އެކު، 21 ގޯލު ޖަހައިދިން ފެރާން، އާ ކޮންޓްރެކްޓެއްގައި ސޮއިކުރުވަން މިހާރު އެންމެ ބާރު އަޅަނީ، ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އެވެ. 

ކުރިން މެންޗެސްޓާ ސިޓީ އާއި ވެލެންސިއާ އަށް ވެސް ކުޅުނު ފެރާން، ބާސެލޯނާގެ އެއްބަސްވުން އާ ކުރަން ނިންމި ނަމަވެސް، އޭނާ އަށް އެ ޓީމާ އެކު، އާ ކޮންޓްރެކްޓެއްގައި ސޮއިކުރެވޭނީ، މި މަސް ނިމުމުންނެވެ. އެއީ، މެންޗެސްޓާ ސިޓީން މީގެ ހަތަރު އަހަރު ކުރިން، ފެރާން، ބާސެލޯނާ އަށް ގެންނަން ކުރި ޓްރާންސްފާގެ ފަހު ޕޭމަންޓް ކަމަށްވާ 10 މިލިއަން ޑޮލަރު ދައްކައިފަ އެެވެ. 

ސިޓީން ބާސެލޯނާ އަށް ފެރާން ވިއްކާލީ، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެއްބަސްވި ޑީލެއްގަ އެވެ. އެއީ، އެ ވަގުތު 60 މިލިއަން ޑޮލަރު ދެއްކުމަށް ފަހު، ފަހުން އިތުރު 10 މިލިއަން ޑޮލަރު ދޭ ގޮތަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox