ޕީއެންސީގެ ނައިބު ރައީސް ކަމަށް އެލްޖީއޭގެ ސީއީއޯ ނިމާލް ވެސް ވާދަކުރަނީ

ލޯކަލް ގަވަމަންޓު އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލް: ޕީއެންސީގެ ނައިބުރައީސަކަށް ވާދަކުރައްވާކަން އޭނާ ވަނީ އިއުލާންކުރައްވާފައި --- ފޮޓޯ: އެލްޖީއޭ

ލޯކަލް ގަވަމަންޓު އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލް: ޕީއެންސީގެ ނައިބުރައީސަކަށް ވާދަކުރައްވާކަން އޭނާ ވަނީ އިއުލާންކުރައްވާފައި --- ފޮޓޯ: އެލްޖީއޭ

ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބުރައީސަކަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ނިމާލްވެސް ވާދަކުރައްވާނެކަން މިއަދު އިއުލާންކުރައްވައިފި އެވެ. 

ނިމާލް ފޭސްބުކްގައި ބުނީ އަންނަ މަހު އޮންނަ ޕީއެންސީގެ ކޮންގްރެސްގައި ޕާޓީގެ ނައިބުރައީސްކަމަށް އޭނާއަށް ތާއީދުކޮށްދިނުމަކީ ޕާޓީގެ މެންބަރުންނާއި ކޮންގްރެސްގައި ވޯޓުލާން ދާ ހުރިހާ މަންދޫބުންގެ ތާއީދަށްވެސް އެދޭ ކަމަށެވެ.

ޕީއެންސީގެ ނައިބުރައީސްކަން މިހާރުވެސް ކުރައްވަމުން ގެންދަވާ ނިމާލް ވިދާޅުވީ ޕާޓީ ވެރިކަމަށް ގެނައުމަށް މަގާމުގައި ހުންނަވައި އެންމެންގެ އަޑުއަހައިގެން ޓީމު މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެވުމަކީ އޭނާއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ. 

Advertisement

"ނިމިގެން މިދާ ދައުރުގެ ބޮޑުބައި އިދިކޮޅުގައި ޕާޓީއެއްގެ ގޮތުގައި އޮވެމެ، ޕާޓީގެ ނައިބު ރައީސެއްގެ ހައިސިއްޔަތުން، އޭރުގެ ސަރުކާރުން ކުރިމަތިކުރުވި އެކިއެކި ފިއްތުންތަކާއި ގޮންޖެހުންތަކާ އެކު ވެސް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައިވޭ. ނާއުންމީދުވި އެތައް ފަހަރަކުމެ ޕާޓީގެ ލޮބުވެތި މެންބަރުންގެ ފަރާތުންނާއި ލޮބުވެތި ގިނަ ރައްޔިތުންގެ ފަރާތުން ލިބުނު ހިތްވަރުގެ ބަސްތަކަކީ މި ކަމުގައި އަޅުގަނޑު ދެމިހުރުމުގައި ލިބުނު އެންމެ ބޮޑު އަސާސްކަމުގައި ދެކެން،" އޭނާ ވިދާޅުވި އެވެ. 

ނިމާލް ވަނީ ކުރިއަށް އޮތްތަނުގައި ވެސް ވަރުބަލިކަމެއް ނެތި ޕާޓީގެ މެންބަރުންނާއެކު މަސައްކަތުގައި ދެމިހުންނާނެ ކަމަމުގެ ޔަގީންކަން އަރުވާފަ އެވެ. އޭގެއިތުރުން ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ނެގުމަށް މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތުގައި ޕާޓީގެ ފަރާތުންނާއި އަމިއްލަ ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޕީޕީއެމް/ޕީއެންސީގެ ފުރަތަމަ ވެރިކަމުގައި ނިމާލް ވަނީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގެ މިނިސްޓަރ ކައުންސެލާ މަގާމާއި އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަމާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަން އަދި ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

ނިމާލްގެ އިތުރުން ޕީއެންސީގެ ނައިބުރައީސަކަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވަނީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އާއި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އެވެ.

ޕީއެންސީގެ ނައިބު ރައީސަކަށް ހަ މެންބަރުން ހޮވަން ބާއްވާ އިންތިހާބުގައި އާންމު މެންބަރުންނަކަށް ވޯޓެއް ނުދެވޭނެ އެވެ. އެ އިންތިހާބުގައި ވޯޓު ދެވޭނީ ޕާޓީގެ މަތީ މަޖިލީހުގެ މެންބަރުންނަށެވެ. 

ޕީއެންސީގެ  ލީޑަރު އަދި ރައީސްއަކީ ރައީސް މުހައްމަދު މުއިއްޒެވެ. ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުން ޕީއެންސީގެ ވެރިކަމެއްގައި ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެހެންކަމުން އެ މަގާމަށް މީހަކު އިންތިހާބު ކުރާކަށް ނުޖެހޭނެ އެވެ. 

ޕީއެންސީގެ ނައިބު ލީޑަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އާއި ފިޝަރީޒް މިނިސްޓަރު ޝިޔާމް އާއި އިގްތިސާދީ މިނިސްޓަރު ސައީދު އާއި މެންބަރު ސުޖާއު އާއި ނިމާލް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox