އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެތުލީޓަކަށް ރޮނާލްޑޯ

May 5, 2023, 4:40 AM
އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެތުލީޓަކަށް ރޮނާލްޑޯ

ލަންޑަން (މެއި 5) - ސައުދީ އަރަބިއްޔާގެ އަލް ނަަސްރަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މިހާރު ކުޅެމުންދަނީ ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެތުލީޓުގެ ގޮތުގައި ކަމަށް ފޯބްސް އިން ބުނެފި އެވެ.

އެންމެ ފަހުން ދުނިޔޭގެ އެންމެ މުސާރަ ބޮޑު އެތުލީޓުގެ ގޮތުގައި 2017 ވަނަ އަހަރު ހުރި ރޮނާލްޑޯ އަށް ފާއިތުވި 12 މަސް ދުވަހުގެ ތޭރޭގައި އާމްދަނީ ގޮތުގައި 136 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ފޯބްސް އިން ބުނެ އެވެ.

މެންޗެސްޓާ ޔުނައިޓަޑް ދޫކޮށް ރޮނާލްޑޯ ،38، އަލް ނަސްރަށް ބަދަލުވީ އަހަރަކު 176.5 މިލިއަން ޑޮލަރަށް ވުރެ ބޮޑު މުސާރަ އަކަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެންމެ މުސާރަ ބޮޑު ލިސްޓުގެ ދެ ވަނަ ލިބެނީ މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އަށެވެ. މެސީ އަށް އާމްދަނީ ގޮތުގައި 130 މިލިއަން ޑޮަލރު ލިބިފައިވާ ކަމަށް ފޯބްސް އިން ބުނެ އެވެ.

ފޯބްސްގެ އެންމެ މުސާރަ ބޮޑު އެތުލީޓުންގެ ގަދަ 10 ގައި ބާސްކެޓްބޯޅައިގެ ތަރި ލެބްރޯން ޖޭމްސް އާއި ބޮކްސިންގެ ތަރި ކަނޭލޯ އަލްވަރޭޒް ހިމެނެ އެވެ.

ރިޓަޔާކޮށްފައިވާ އެތުލީޓުންގެ ތެރޭގައި މި ލިސްޓުގައި ހިމެނޭ ހަމައެކަނި އެތުލީޓަކީ ޓެނިހުގެ ލެޖެންޑް ރޮޖާ ފެޑެރާ އެވެ. މި ލިސްޓުގައި ފެޑެރާ އަށް ލިބެނީ ނުވަ ވަނަ އެވެ.

އެތުލީޓުންގެ އާމްދަނީ ބެލުމުގައި އެ އެތުލީޓުގެ މުސާރަ އާއި ބޯނަސްތަކުގެ އިތުރުން، ސްޕޮންސަޝިޕްތަކާއި އެހެނިހެން ގޮތްގޮތުން ލިބޭ އާމްދަނި އަށް ބަލަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox