އެންމެ އަގުބޮޑު ކްލަބަކީ ބާސެލޯނާ، ރެއާލް ދެ ވަނައިގައި

Apr 13, 2021, 4:28 AM
ކްލަސިކޯ މެޗުގެ ތެރެއިން މެސީ (ވ) ރެއާލްގެ ކަސެމީރޯ އަތުން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ކްލަސިކޯ މެޗުގެ ތެރެއިން މެސީ (ވ) ރެއާލްގެ ކަސެމީރޯ އަތުން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޭޕްރީލް 13) - އެމެރިކާގެ ވިޔަފާރި މަޖައްލާ ފޯބްސް އިން ކޮންމެ އަހަރަކު ނެރޭ ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކްލަބްގެ ލިސްޓުގެ އެއް ވަނަ އަށް ބާސެލޯނާ ޖެހިލައިފި އެވެ.

މިދިޔަ އަހަރުގެ ރިޕޯޓްތަކަށް ބަލައި އެކުލަވާލި ލިސްޓުގެ އެއް ވަނައިގައި ބާސެލޯނާ އޮތްއިރު، އެ ކްލަބްގެ އަގަކީ 4.76 ބިލިއަން ޑޮލަރެވެ. ބާސެލޯނާގެ ދަރަނި މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި އެއް ބިލިއަން ޑޮލަރަށް ވުރެ އިތުރުވި ނަމަވެސް އެކި ގޮތްގޮޮތުން ބަލާއިރު، އަދިވެސް އެ ޓީމުގެ އަގުބޮޑެވެ. އެއީ ސްޕޮންސަރުންގެ އެއްބަސްވުންތަކުގެ އަގުބޮޑުވުމާއި ކުޅުންތެރިންގެ ކޮންޓްރެކްޓްތަކުގެ އަގަށް ބެލުމަށް ފަހު އެވެ.

ކުރިން މި ލިސްޓުގެ އެއް ވަނައިގައި އޮތް ރެއާލް މި ފަހަރު ދެ ވަނައިގައި އޮތްއިރު، އެ ޓީމުގެ އަގަކީ 4.75 ބިލިއަން ޑޮލަރެވެ. އިނގިރޭސި ކްލަބްތަކުގެ ތެރެއިން އެންމެ ކުރީގައި އޮތީ މެންޗެސްޓާ ޔުނައިޓެޑް އެވެ. އެކަމަކު އެ ޓީމަށް މުޅި ދުނިޔޭގެ ނިސްބަތުން ލިބެނީ ހަތަރު ވަނަ އެވެ. ދުނިޔޭގެ ލިސްޓުގެ ތިން ވަނައިގައި އޮތީ މިދިޔަ އަހަރެއްހާ ދުވަސް ތެރޭ ހަ ތަށި އުފުލާލި ޖަރުމަނުގެ ބަޔާން މިއުނިކް އެވެ. ބަޔާންގެ އަގަކީ 4.125 ބިލިއަން ޑޮލަރެވެ. އަދި ޔުނައިޓެޑްގެ އަގު އުޅެނީ 4.2 ބިލިއަން ޑޮލަރުގަ އެވެ.

Advertisement

ޔުނައިޓެޑްގެ ފަހަތުން ފަސް ވަނައިގައި އޮތީ ލިވަޕޫލް އެވެ. ލިވަޕޫލްގެ އަގަކީ 4.1 ބިލިއަން ޑޮލަރެވެ. މެންޗެސްޓާ ސިޓީ ހަ ވަނައިގައި އޮތްއިރު، އެ ކްލަބްގެ އަގަކީ ހަތަރު ބިލިއަން ޑޮލަރެވެ. ދެން ގަދަ 10 ގެ ތެރޭގައި ހިމެނެނީ ޗެލްސީ (3.2 ބިލިއަން ޑޮލަރު)، އާސެނަލް (2.8 ބިލިއަން ޑޮލަރު)، ޕީއެސްޖީ (2.5 ބިލިއަން ޑޮލަރު) އަދި ޓޮޓެންހަމް (2.3 ބިލިއަން ޑޮލަރު) އެވެ.

މި ފަހަރުގެ ލިސްޓުގެ އެންމެ އަގުބޮޑު 10 ކްލަބްގެ ތެރޭގައި އިޓަލީގެ ޓީމެއް ނުހިމެނެ އެވެ. މީގެ ކުރިން ގަދަ 10 ގެ ތެރޭގައި އޮތް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް މިދިޔަ ދެ އަހަރު ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާތަކެއް ނުނެރެވޭތީ އެ ޓީމުގެ އަގުވަނީ ދަށް ވެފަ އެވެ.

ލިވަޕޫލުން ވަނީ މި ފަހަރު ނެރުނު ލިސްޓުގައި 88 ޕަސެންޓްގެ ކުރި އެރުމެއް ހޯދައިފަ އެވެ. އެއީ މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭގައި އެ ޓީމުން ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގު އަދި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާތީ އެ ކްލަބްގެ ވިޔަފާރި ޑީލްތައް ވަރުގަދަވުމުންނެވެ.

ލިސްޓަށް ބަލާއިރު ގަދަ 10 ޓީމުގެ ތެރޭގައި އިންގްލެންޑަށް ނިސްބަތްވާ ހަ ކްލަބް އެބައޮތެވެ. ގަދަ 20 ކްލަބަށް ލިސްޓު ފުޅާކޮށްލާނަމަ ދެން އިތުރުވާ އިނގިރޭސި ކްލަބްތަކަކީ އެވަޓަން އާއި ވެސްޓް ހޭމް އަދި ލެސްޓާ ސިޓީ އެވެ. މުޅި ޔޫރަޕަށް ބަލާއިރު ގަދަ 20 ޓީމުގެ ތެރޭގައި އިންޓަ މިލާނާއި އޭސީ މިލާން، ރޯމާ، ބޮރޫޝިއާ ޑޯޓްމަންޑް އަދި އެތުލެޓިކޯ މެޑްރިޑް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox