އެންމެ އާމްދަނީ ބޮޑު ލިސްޓުން ރޮނާލްޑޯ ފަހަތަށް ޖައްސައިނުލެވުނު

May 17, 2024, 9:08 AM
އެންމެ އާމްދަނީ ބޮޑު ލިސްޓުން ރޮނާލްޑޯ ފަހަތަށް ޖައްސައިނުލެވުނު

ލަންޑަން (މެއި 17) - ފޯބްސް އިން އަހަރަކު އެއް ފަހަރު ހޮވާ އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެތުލީޓަކަށް މި ފަހަރު ވެސް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޮވިއްޖެ އެވެ.

މިއީ، ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް މި ވަގުތު ކުޅެމުން އަންނަ ރޮނާލްޑޯ، މި ލިސްޓުގެ ކުރި ހޯދި ހަތަރު ވަނަ ފަހަރެވެ. މިދިޔަ އަހަރު އޭނާ މި ލިސްޓުގެ ކުރިއަށް އެރީ ވެސް އަލް ނަސްރުގެ ކޮންޓްރެކްޓާ އެކުގަ އެވެ. އޭގެ ކުރިން، އޭނާ އެންމެ ފަހުން މި ލިސްޓުގެ ކުރީގައި އޮތީ، 2017 ވަނަ އަހަރު އެވެ.

ރޮނާލްޑޯ، 39، އަށް މިދިޔަ އަހަރު ތެރޭ، 260 މިލިއަން ޑޮލަރު ލިބުނެވެ.

މި ލިސްޓުގެ ދެ ވަނައިގައި އޮތް، ސްޕެއިނުގެ ގޯލްފަރު، ޖޯން ރާމް ވަނީ 218 މިލިއަން ޑޮލަރު ހޯދައިފަ އެވެ. ލިސްޓުގެ ތިނެއްގައި އޮތީ، އިންޓަ މިއާމީއާ ގުޅުނު ލެޖެންޑަރީ ތަރި، ލިއޮނަލް މެސީ އެވެ. މެސީ އަށް ވަނީ 135 މިލިއަން ޑޮލަރު ލިބިފަ އެވެ.

ހަތަރެއްގައި އޮތް ބާސްކެޓް ތަރި، ލެބްރަން ޖޭމްސް އަށް ވަނީ 128.2 މިލިއަން ޑޮލަރު ލިބިފަ އެވެ. އަދި ފަސް ވަނައިގައި އޮތް ބާސްކެޓްގެ ޖިއަނީސް އަންޓެޓޮކޮއުންމްޕޯ އަށް ވަނީ 111 މިލިއަން ޑޮލަރު ލިބިފަ އެވެ.

ގަދަ ދިހައެއްގައި ދެން ހިމެނޭ އެތުލީޓަކީ، ތިން ފުޓްބޯޅަ ތަރިން ކަމަށްވާ، ކީލިއަން އެމްބާޕޭ، ނޭމާ އަދި ކަރިމް ބެންޒެމާގެ އިތުރުން، ބާސްކެޓްބޯޅައިގެ ސްޓެފެން ކަރީ އަދި އެމެރިކަން ފުޓްބޯޅަ ތަރި، ލެމާ ޖެކްސަން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox