މެސީ އާއި ރޮނާލްޑޯ ފަހަތަށް، އެންމެ ބޮޑު އާމްދަނީއެއް އެމްބާޕޭ އަށް

Oct 8, 2022, 5:02 AM
މެސީ އާއި ރޮނާލްޑޯ ފަހަތަށް، އެންމެ ބޮޑު އާމްދަނީއެއް އެމްބާޕޭ އަށް

ޕެރިސް (އޮކްޓޫބަރު 8) - މިދިޔަ އަހަރެއްހާ ދުވަހަށް ބަލާއިރު، ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށް ފޯބްސްގެ ލިސްޓުގެ އެންމެ ކުރިން ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ ޖާގަ ހޯދައިފި އެވެ.

މިއީ ފާއިތުވި ނުވަ އަހަރު ތެރޭ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ ނޫން ކުޅުންތެރިއަކު މި ލިސްޓުގެ ކުރިއަށް އެރި ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރެއްހާ ދުވަސްތެރޭ އެމްބާޕޭ، 23، އަށް ލިބުނު އާމްދަނީގެ ޖުމްލަ އަދަދު 128 މިލިއަން ޑޮލަރަށް އަރަ އެވެ. މި ލިސްޓުގެ ކުރީގައި ގިނަ އަހަރުތަކެއް ވަންދެން އޮތް ރޮނާލްޑޯ އާއި މެސީ އަށް 100 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވަނީ އެ ކުޅުންތެރިން އުމުރުން 30 އަހަރަށް ވުރެން އިތުރުވީ ފަހުންނެވެ.

Advertisement

އެންމެ ބޮޑު އާމްދަނީ ލިބުނު 10 ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި 30 އަހަރުން ދަށުގެ ކުޅުންތެރިންގެ ތެރެއިން ހިމެނެނީ އެމްބާޕޭގެ އިތުރުން އާލިން ބްރައުޓް ހާލަންޑް އެވެ. ހާލަންޑަށް 39 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.

މިދިޔަ މެއި މަހު ޕީއެސްޖީއާ އެކު އާ ކޮންޓްރެކްޓެއްގައި ސޮއިކުރި އެމްބާޕޭ އަށް ކޮންޓްރެކްޓްގައި ސޮއިކޮށްގެން ލިބުނު ބޯނަހާއި މުސާރައިގެ ގޮތުގައި 110 މިލިއަން ޑޮލަރު ލިބެ އެވެ. ބާކީ 18 މިލިއަން ޑޮލަރަކީ ސްޕޮންސަރުންނާއި އިޝްތިހާރު ޑީލްތަކުގެ ތެރެއިން ލިބޭ އާމްދަނީ އެވެ. އެމްބާޕޭ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދައިދޭ ބްރޭންޑްތަކުގެ ތެރޭގައި ނައިކީ، ޑިއޯ، ހުބްލޮޓް އަދި އޯކްލޭ ހިމެނެ އެވެ.

ޕީއެސްޖީއާ އެކު ސޮއިކުރި ކޮންޓްރެކްޓުން ލިބުނު ފައިސާގެ އެހީގައި، އެމްބާޕޭ ވަނީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއްގެ މަސައްކަތް ވެސް ފަށައިފަ އެވެ. އެ ކުންފުނީގެ ނަމަކީ ޒެބްރާ ވެލީ އެވެ.

ލިސްޓުގެ ދެ ވަނައިގައި އެމްބާޕޭ ފަހަތުން އޮތީ އޭނާއާ އެކު ޕީއެސްޖީ އަށް ކުޅޭ މެސީ، 35، އެވެ. މެސީ އަށް ވަނީ އާމްދަނީ ގޮތުގައި 120 މިލިއަން ޑޮލަރު ލިބިފަ އެވެ. ރޮނާލްޑޯ، 37، ތިން ވަނައިގައި އޮތީ 100 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު އެވެ.

ނޭމާ އަށް 87 މިލިއަން ޑޮލަރު ލިބުނުއިރު، ސަލާހަށް ވަނީ 53 މިލިއަން ޑޮލަރު ލިބިފަ އެވެ. ހާލަންޑަށް 39 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނީ ޑޯޓްމަންޑްގެ ބޯނަހާއި ސިޓީ އަށް ސޮއިކުރިއިރު، ދިން ބޯނަސް ހިމަނައިގެންނެވެ. ރޮބަޓް ލެވަންޑޯސްކީ އަށް ވަނީ 35 މިލިއަން ޑޮލަރު ލިބިފަ އެވެ. އެޑެން ހަޒާޑް އަށް 31 މިލިއަން ޑޮލަރު ލިބިފައިވާއިރު، އަންދްރެެސް އިނިއެސްޓާ އަށް ވަނީ 30 މިލިއަން ޑޮލަރު ލިބިފަ އެވެ. އަދި ލިސްޓުގެ 10 ވަނައިގައި އޮތް ކެވިން ޑިބްރޭނާ އަށް ވަނީ 29 މިލިއަން ޑޮލަރު ލިބިފަ އެވެ.

ގަދަ 10 ގައި މި ފަހަރު ޕީއެސްޖީގެ މެސީ އާއި އެމްބާޕޭ އަދި ނޭމާ ހިމެނުނުއިރު، މިއީ އެއް ކްލަބެއްގެ ތިން ކުޅުންތެރިން ގަދަ ހަތަރެއްގައި ހިމެނުނު ފުރަތަމަ ފަހަރެވެ. ތިން ކުޅުންތެރިންގެ ޖުމްލަ އާމްދަނީ އަށް ބަލާއިރު، 335 މިލިއަން ޑޮލަރު އަރަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox