އޮޑި އަށް ގައުމީ ތަށި، ޝަފީއުގެ ކެރިއަރުގެ ހާއްސަ އުސްއައްޔެއް!

ރޭގެ ފައިނަލް މެޗުގެ ތެރެއިން ޝަފީއު ޕެނަލްޓީއެއް މަތަކުރުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް،އެމްވީ

ރޭގެ ފައިނަލް މެޗުގެ ތެރެއިން ޝަފީއު ޕެނަލްޓީއެއް މަތަކުރުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް،އެމްވީ

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ފުޓްބޯޅަ މުބާރާތް، ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން، އޮޑި ސްޕޯޓްސް ކްލަބުން ރޭ ހޯދިއިރު، މެޗުގެ މޮޅު ކުޅުންތެރިޔާ، އެ ޓީމުގެ ގޯލްކީޕަރު، މުހައްމަދު ޝަފީއު (ޗެކް) އަށް ލިބުމުން އެކަމާ ދެބަސްވާނެ އެއްވެސް ފަރާތެއް ނުހުންނާނެ އެވެ. މި ސީޒަނުގައި މެޗަކުން ބަލިނުވެ އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވާން ފުރުސަތު ލިބިފައި އޮއްވައި، އެ ޓީމުގެ ހަތަރު ވަނަ ޕެނަލްޓީ އާއި ފަސް ވަނަ ޕެނަލްޓީ ދިފާއުކޮށް، އޮޑި އަށް ދިރުމެއް ގެނެސްދިނީ ކީޕަރު ޝަފީއު އެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ނާއިޒު ހަސަން (ދާދު) ވަނީ މާޒިޔާ އަށް ލީޑުނަގައިދީފަ އެވެ. އޮޑިން އެއްވަރުކުރީ 14 ވަނަ މިނިޓްގައި، އޭރިއާތެރެއިން، އޮޑީގެ އިނގިރޭސި ފޯވާޑް، ކިއާނޫ މާޝް ބްރައުން ޖެހި ގޯލުންނެވެ.

"މޮޅުވީމަ އަލްހަމްދުލިއްލާހި، އަހަރެމެން އެންމެ ބޭނުންވި ގޮތަކަށް ނޫން ދިޔައީ ފެށުން، އެއީ ވަރަށް ކުރީކޮޅުގައި ގޯލެއް ވަނީމަ، އަސްލު ބޭނުންވީ ކޮޅު ފުރަތަަމަ ހިފަހައްޓަން، އަލްހަމްދުލިއްލާހި ވަރަށް ކުރީބައިގައި އެއްވަރުކުރެވުނީމަ ގޭމް ތެރެއަށް ވަދެވިގެން ރަނގަޅަށް އަހަރެމެންނަށް ޕާފޯމްކުރެވިގެން ވަރަށް ހިތްހަމަޖެހިގެން ކުޅުނު މެޗެއް މިއީ،" ރޭގެ މެޗަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ކީޕަރު ޝަފީއު ބުންޏެވެ.

ރޭގެ މެޗު 1-1 އިން އެއްވަރުވެ، ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، އޮޑިން ފުރަތަމަ ތިން ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. އެއީ، އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި މުހައްމަދު ރަޝީދު (ހޮކޭ) ފޮނުވާލި ޕެނަލްޓީ އެވެ. މާޒިޔާގެ އަޒަރުބަައިޖާން ޑިފެންޑަރު، ނާޒިމް މަމަދުޒާދާ ފޮނުވާލި ޕެނަލްޓީ ކީޕަރު ޝަފީއު މަތަކުރި ނަމަވެސް، އޭނާ އެ ބޯޅަ ހުއްޓުވީ، މާ އަވަހަށް ކުރިއަށް ނުކުމެ ކަމަށްވާތީވެ، އަލުން ޖަހަން ދިނުމުން ނާޒިމް ޕެނަލްޓީ ވައްދާލި އެވެ.

ގައުމީ ތަށި ދިފާއުކުރަން މާޒިޔާ އަށް ދެ ފަހަރެއްގައި ފުރުސަތު އޮތެވެ. އެއީ، ހަތަރު ވަަނަ ޕެނަލްޓީ ޖަހަން ދިޔަ އިބްރާހިމް އައިސަމް އާއި ފަސް ވަނަ ޕެނަލްޓީ ފޮނުވާލި އަހުމަދު އައިހަމް (ފަތޯ)، މި ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކު ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. އެ ދެ ޕެނަލްޓީ ވެސް ކީޕަރު ޝަފީއު ވަނީ މަތަކޮށްފަ އެވެ. އަދި، އޭގެ ފަހުން، މާޒިޔާގެ ހަތް ވަނަ ޕެނަލްޓީ، ހުސެއިން ސިފާއު (ކުރޯ) ފޮނުވާލިިއިރު، އެ ބޯޅަ ވެސް ހުއްޓުވައި، ކީޕަރު ޝަފީއު، އޮޑި އަށް ޗެމްޕިއަންކަން ހޯދައިދިނުމުގެ ބޮޑު ރޯލެއް އަދާކުރި އެވެ.

ރޭގެ ފައިނަލަށް ފަހު ޝަފީއު އުފާފާޅުކުރަނީ.،--- ފޮޓޯ: ނިޝާްން އަލީ / މިހާރު

ޝަފީއު ބުނީ ޕެނަލްޓީ އަށް ދިޔައިރު އަމިއްލަ ނަފްސާ މެދު ވެސް ވަރަށް އިތުބާރު އޮތް ކަމަށެވެ.

"އެއީ، އެއްވެސް ޕްރެޝަރެއް ނުނަގައި، އެންމެ ފަހު ގަޑިއާ ހަމައަށް ވެސް ކޯޗު އިރުޝާދުދީފައި އިންނަ ގޮތަށް ހަމަ، މަޑުކޮށްފައި، ޕެނަލްޓީ ރީޑްކޮށްފައި ރަނގަޅަށް ނެގޭތޯ މަސައްކަތްކުރީ، އިތުބާރު އޮތް އަމިއްލަ ނަފްސަށް ވެސް،" ޝަފީއު ބުންޏެވެ.

"ޕެނަލްޓީ އަށް އަނެއްހެން ބުނަންޏާ، ޕްރެޒިޑެންޓްސް ކަޕް ފަށައިގެން ސެމީއާ ހިސާބަށް ދިޔަ ހިސާބުން ކޮންމެ ދުވަހަކު ޕެނަލްޓީ އަށް ރެޑީވަމުން މި ދަނީ ހަމަ،"

ޝަފީއުގެ ހާއްސަ ރޯލަކާ އެކު، އޮޑިން މި ވަނީ ފުރަތަމަ ޑިވިޝަނުގެ އަލަތު އަހަރު ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ. އޮޑި އަކީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ފުރަތަމަ ސީޒަނުގައި މި ވަރުގެ ކާމިޔާބެއް ހޯދި ފުރަތަމަ ޓީމެވެ. ޝަފީއު ބުނީ، މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔަ ކާމިޔާބެއް ކަމަށެވެ.

"މި ވަރުގެ ކްލަބަކަށް މި ވަރުގެ ކާމިޔާބެއް ހޯދައިދެވުނީމަ އަލްހަމްދުލިއްލާހި، ވަރަށް ބޮޑު ކާމިޔާބެއް މިއީ އަސްލު. މާޒިޔާ ކަހަަލަ ޓީމެއް ބަލިކޮށްފައި، މި ސީޒަނުގައި އެ މީހުން ބަލިނުވޭ ކަންނޭނގެ، ބަލިނުވާ ޓީމެއް އަތުން ޕެނަލްޓީން ވިޔަސް މޮޅުވެގެން އަހަރެމެންނަށް ތަށްޓެއް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބެއް އަސްލު،" ޝަފީއު ބުންޏެވެ.

އޮޑިގެ ކީޕަރުންނާއި ކޯޗިން ސްޓާފުންނާ އެކު ޝަފީއު (މ) މުބާރާތުގެ ތަށި ހިފައިގެން ފޮޓޯ އަކަށް ހުއްޓިލައިގެން.---- ޕޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފައިވީ ނަމަވެސް، މި ފަހަރުގެ ފައިނަލް ޝަފީއުގެ ކެރިއަރަށް ވެސް ހުރިހާ ގޮތަކުން ހާއްސަ އެވެ. ކުޅުމުގެ ކަންކަމަށް ބަލާއިރު، ޝަފީއު ފާހަގަކުރީ މިއީ، މި ވަރުގެ ތިން ވަނަ ފައިނަލް ކަމަށާއި ކުރިން އެ ދިޔަ ފައިނަލްތަކުގައި އެ މާޔޫސްކަން ހަނދާނުން ފޮހެލުމަށްޓަކައި، އޮޑިއާ އެކު މި ހޯދުނީ ބޮޑު ކާމިޔާބެއް ކަމަށެވެ.

"ކެރިއަރަށް ބަލަންޏާ އެންމެ ބޮޑު ކާމިޔާބު މިއީ. ތިން ވަނަ ފައިނަލް މިއީ ކުޅެވުނު. ފުރަތަމަ ދޭތި ވެސް ދިޔައީ އެންމެ ހިތްހަމަޖެހޭ ގޮތަކަށް ނޫން ކަންނޭނގެ. މީތި ބޭނުންވީ، އާ ކްލަބަކަށް ބޮޑު ކަމެއް ކޮށްދެން ބޭނުންވެފައި ހުރި ވަރު މި ފެނުނީ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް،" ޝަފީއު ބުންޏެވެ.

ފުރަތަމަ ޑިވިޝަނުގައި ޝަފީއު ވަނީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ކްލަބް ވެެލެންސިއާ، ކްލަބް އީގަލްސް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވެސް ކުޅެފަ އެވެ.

އޮޑީގެ ވަގުތީ ކޯޗަކަށް މި އަހަރުގެ ކުރީކޮޅުގައި މަސައްކަތްކުރި ފަރުހާދު އިސްމާއިލް (ފަރޭ)އާ އެކު ނުކުމެ، އޮޑިން އެފްއޭމް ލީގު ކަޕް ފައިނަލުގައި މާޒިޔާ އަތުން 4-0 އިން އަތުން ބަލިވި އެވެ. ގާސިއާ ހަވާލުވި ފަހުން، އޮޑިން މާޒިޔާއާ ފަރަގުކުޑަކުރަން ފެށި އެވެ. އެ ގޮތުން، ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ މެޗުގައި މާޒިޔާ އިން ފަހު ވަގުތު ލަނޑު ޖަހައިގެން 1-0 އިން އޮޑި އަތުން މޮޅުވި އެވެ. އަދި، ލީގުގެ ދެ ވަނަ ބުރުގެ މެޗުގައި އޮޑިގެ ކުޅުންތެރިއަކު މަދުކޮށް ބޮޑުބައި ކުޅެން ޖެހުނު މެޗުން މާޒިޔާ މޮޅުވީ ވެސް 1-0 އިންނެވެ. އެކަމަކު، ރޭގެ ފައިނަލުގައި އޮޑިން މި ވަނީ މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ތިން މެޗާ ހިލާފަށް ނަތީޖާ ނެރެފަ އެވެ. ނަތީޖާ ނެރުމުގައި އެންމެ އިސް ދައުރެއް އަދާކުރީ މި ފައިނަލުގެ ވާހަކަތަކާ އެންމެ ބޮޑަށް ގުޅިފައިވާ އޮޑީގެ ކީޕަރު ޝަފީއު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox