އޭޑީކޭގެ އޮންލައިން ޕޯޓަލް "މައިކެއާ" އިފްތިތާހުކޮށްފި
އޭޑީކޭ ހޮސްޕިޓަލުގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި "މައިކެއާ" ގެ ނަމުގައި އޮންލައިން ޕޯޓަލްއެއް އިފްތިތާހުކޮށްފިއެވެ. މި ޕޯޓަލް މެދުވެރިކޮށް ލެބޯޓްރީ ރިޕޯޓްތަކާއި ބޭސްސިޓީ ބަލާލުމުގެ އިތުރުން، އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުސަތު ކޮންމެ ތަނެއްގައި ހުރެގެންވެސް ބަލިމީހުންނަށް ލިބިގެންދާނެއެވެ. މިއީ ހޮސްޕިޓަލަށް ހާޒިރުނުވެ އަވަސްކަމާއެކު ސިއްހީ މައުލޫމާތު ހޯދުމަށް މަގުފަހިކޮށްދޭ ރައްކާތެރި ނިޒާމެކެވެ.