ފެނަކައާ ހަވާލު ކުރި 243 ޕްރޮޖެކްޓުގެ ތެރެއިން ކުރިއަށް ދަނީ ހަތް ޕްރޮޖެކްޓު: ނާޒިމް

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ނާޒިމް ވިދާޅުވީ އެސްއޯއީތަކުން އުޅެނީ ނުވާނެއޭ ބުނަން ނުކެރިގެން ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ނާޒިމް ވިދާޅުވީ އެސްއޯއީތަކުން އުޅެނީ ނުވާނެއޭ ބުނަން ނުކެރިގެން ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރަށްރަށުގައި އޮފީސް އިމާރާތްތަކާއި ޕޮލިސް ޕޯސްޓުތަކާއި ސްކޫލްތައް ހިމެނޭހެން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ 243 ޕްރޮޖެކްޓުގެ ތެރެއިން މަސައްކަތް ކުރިއަށް ދަނީ އެންމެ ހަތް ޕްރޮޖެކްޓުގެ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެސްއޯއީ ކޮމިޓީގައި ނާޒިމް މި އަދަދު ހާމަކުރެއްވީ ފެނަކައާ ހަވާލުކޮށްފައި ހުރި ޕްރޮޖެކްޓުތައް ކުރިއަށް ނުދާ މައްސަލައިގައި އެ ކުންފުނީގެ މެނޭޖުމަންޓުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. 

ނާޒިމް ވިދާޅުވީ ގޮތުގައި ފެނަކަ ހިމެނޭހެން، ދައުލަތުގެ ކުންފުނިތަކާ ޕްރޮޖެކްޓުތައް ހިންގަން މި ސަރުކާރުން ހަވާލުކުރީ އެންމެ ހަރަދު ކުޑަ ގޮތަކަށް އެ ޕްރޮޖެކްޓުތައް ހިންގުމުގެ މަގުސަދުގައި އެވެ. އެކަމަކު ސަރުކާރުން ރޭވި ގޮތަކަށް ކުންފުނިތަކަށް އެ މަސައްކަތް ނުކުރެވުނުއިރު، މިހާރު ކުންފުނިތަކުން އުޅެނީ ނުވާނެއޭ ބުނަން ނުކެރިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ ފެނަކައިގައި އޭރު ތިއްބެވި ބޭފުޅުންނަށް ވެސް އަދި މިހާރު ތިއްބެވި ބޭފުޅުންނަށް ވެސް ނުވާނެއޭ ބުނަން ނުކުރެނީ ކަން ނޭނގެ، ނުވާނެކަން އެނގޭ އިރު ވެސް. ނުވާ ތަން ފެންނަން އޮންނަ އިރު ވެސް، ނުވާކަން ބުނަން ނުކެރިގެން ގޮސް ހަވާލުވަނީ. ހަވާލުވެގެން ގޮސް ދެން މި ދަނީ ނުފެށި، ނުކުރެވި، މިދަނީ" ނާޒިމް ވިދާޅުވި އެވެ. 

ނާޒިމް ވިދާޅުވީ، ފެނަކައިގެ ޕްރޮޖެކްޓުތަކުގެ މައުލޫމާތު ލިބުނީ އޭނާއަކީ "އަޑުތައް އަހާ މީހަކަށް ވާތީ" ކަމަށެވެ. ނަމަވެސް ހަގީގީ އަދަދުތައް ސީދާ ފެނަކައިން ކަށަވަރުކުރަން އޭނާ ހުށަހެޅުއްވީ  އެ ކުންފުނިން އަމިއްލައަށް ހިންގަމުން އަންނަ ޕްރޮޖެކްޓުތަކާއި ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓުތަކާއި އަދި އެ ކުންފުނިން ސްޓެލްކޯއާ ހަވާލުކުރި ތިން އަތޮޅުގައި ހުރި ޕްރޮޖެކްޓުތަކަށް ވާގޮތެއް ހިމެނޭހެން ތަފުސީލުކޮށް މައުލޫމާތު ސާފުކުރާށެވެ. 

އެސްއޯއީ ކޮމިޓީން ވަނީ ނާޒިމްގެ ހުށަހެޅުމަށް ތާއީދުކޮށް، ފެނަކައިގެ މިހާރުގެ މެނޭޖުމަންޓު ހާޒިރުކޮށްގެން އެ ކުންފުނިން ހިންގަމުން އަންނަ ޕްރޮޖެކްޓުތަކުގެ އަދަދާއި އަދާހަމަ ހޯދަން ފާސްކޮށްފަ އެވެ.

ނާޒިމްގެ އިތުރުން ވެސް ކޮމިޓީގައި ތިއްބެވި އެހެން ޕީއެންސީ މެންބަރުން ވެސް ވަނީ ފެނަކައިގެ މަސައްކަތްތަކާ މެދު ހިތްހަމަނުޖެހިގެން ވާހަކަ ދައްކާފަ އެވެ. އެ ހުރިހާ މެންބަރުން ވެސް މައިގަނޑު ގޮތެއްގައި ބުނީ މި ސަރުކާރުގައި ފެނަކަ ހިންގި އެއްވެސް މެނޭޖުމަންޓަކަށް ރަނގަޅަށް މަސައްކަތް ނުކުރެވޭ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox