މާލިއްޔަތު ކޮމިޓީން ބަލަން ފެށި މައްސަލަތަކުގެ ލިޔެކިޔުން ގެއްލިއްޖެ: ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު

ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމް އިސްވެ ހުންނަވައިގެން މާލިއްޔަތު ކޮމިޓީން ބަލަން ފެށި އެސްއޯއީތަކުގެ މައްސަލަތަކުގެ ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ. 

އަދަދު ނޫހުން ގެނެސްދޭ އެތެރެފުށް ޕްރޮގްރާމުގައި ޝަމްހީދު ވިދާޅުވީ އެސްއޯއީތަކުގެ މައްސަލަތައް މާލިއްޔަތު ކޮމިޓީން ބަލަން ފެށި ފަހުން ކުންފުނިތަކުގެ އެމްޑީން ހާޒިރުކުރަން ނިންމި ފަހުން އެކަމާ ގުޅޭ ލިޔެކިޔުންތައް މެންބަރުންގެ ފައިލްތަކުން ގެއްލިފައިވާ ކަމަށެވެ. 

"އެކަންތައް ތަހުގީގުކުރަން އަޅުގަނޑުމެން މާލިއްޔަތު ކޮމިޓީގައި ފެށީ. ދިއްގަރު ދާއިރާގެ މެންބަރު އިސްވެ ހުރެ ފެށީ. އެ ފައިލްތަކާއި އެ ހުރިހާ ޕްރޮކިއުމަންޓް ފައިލްތަކުގައި ހުރި ޕޭޕަރުތައް.  އެއްފަހަރު އެޖެންޑާކޮށް ނޫނީ ދެފަހަރު އެޖެންޑާކޮށް ބައެއް އެމްޑީން ހާޒިރުކުރަން ނިންމާ އެހިސާބުން ހުރިހާ ކަރުދާހެއްވެސް ގެއްލިއްޖެ،" އޭނާ ވިދާޅުވި އެވެ. 

Advertisement

ޝަމްހީދު ތުހުމަތުކުރައްވާ ގޮތުގައި މާލިއްޔަތު ކޮމިޓީން ބަލަމުންދިޔަ އެސްއޯއީތަކުގެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް މެންބަރުންގެ ފައިލްތަކުން އަދި އެޖެންޑާއިން ގެއްލުވާލީ ކޮންމެވެސް ބައެއްގެ ނުފޫޒާއެކުގައި ކަމަށެވެ. 

"ފައިލް ތެރެއިން ވެސް ގެއްލިއްޖެ. އެޖެންޑާއިން ވެސް ގެއްލިއްޖެ. އެހެންވީމަ ތަހުގީގުކުރުން ކޮންމެ ވެސް ހިސާބަކުން ބާރު އައިސްގެން މި ސަރުކާރު ގުޅުންހުރި ޕްރޮކިއުމަންޓް ތެރޭގައި ހުރި މިސްމެނޭޖްމަންޓްތަކާއި އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތައް ހުއްޓުވުމަށް އަޅުގަނޑުމެން ކުރި މަސައްކަތް ހުއްޓުވައިފި،" އޭނާ ވިދާޅުވި އެވެ. 

މިއަދު ހުރިހާ ކަމެއްވެސް އާދައިގެ ކަމަކަށް ވެފައިވާކަން ފާހަގަކުރައްވާ ޝަމްހީދު ވިދާޅުވީ މަޖިލިސް ތެރެއިން ވެސް ތަކުރާރުކޮށް ހިނގަނީ އެއް ކަމެއް ކަމަށެވެ. އަދި، ކަންކަން ތަކުރާރުކޮށް ހިނގާތީ ކަންކަން އާންމުންގެ ސަމާލު ކަމަށް ނާންނަ ކަމަށް އޭނާ ވިދާޅުވި އެވެ. 

މި ހިނގަމުންދާ މަޖިލީހުގައި ފެނަކަ ކުންފުނީގެ މައްސަލަތައް ބެލުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއެއް އުފައްދައި އޭގެ މުގައްރިރަކަށް ނާޒިމް ހަމަޖެއްސި އެވެ. ސަބް ކޮމިޓީން ބަލަމުން ދަނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނަކައިގެ ތެރޭގައި ހިންގި ހިޔާނާތްތަކާ ގުޅޭ ގޮތުން އެކުލަވާލާފައިވާ އޮޑިޓު ރިޕޯޓުތައް ދިރާސާ ކުރުމުގެ މައްސަލަ އެވެ.

ނާޒިމް އޭރު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކުން އަންގާ ގޮތަށް ސަރުކާރުން އަމަލުކުރާނަމަ ކޮރަޕްޝަން ނައްތާލަން ކުރާ މަސައްކަތް ކާމިޔާބުވާނެ އެވެ. ނަމަވެސް މިދިޔަ އެޕްރީލް މަހު ނާޒިމް ވަނީ އެ ކޮމިޓީން ވަކިކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox