ދިއްގަރު ޕީއެންސީ ސްޓިއަރިން ކޮމިޓީގެ ރައީސް މަގާމަށް ޝަރުތު ހަމަނުވާކަން ހާމަވެއްޖެ

ޕީއެންސީގެ ރައީސް މުހައްމަދު މުއިއްޒު (ކ) އަދި ޕީއެންސީގެ ދިއްގަރު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ރައީސް އިމްރާން އިސްމާއިލް (ވ)

ޕީއެންސީގެ ރައީސް މުހައްމަދު މުއިއްޒު (ކ) އަދި ޕީއެންސީގެ ދިއްގަރު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ރައީސް އިމްރާން އިސްމާއިލް (ވ)

ސަރުކާރު ހިންގާ ޕީއެންސީގެ ދިއްގަރު ސްޓިއަރިން ކޮމިޓީގެ ރައީސް އިމްރާން އިސްމާއިލަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނީ މަގާމަށް ޝަރުތު ހަމަނުވަނީސްކަން ހާމަވެއްޖެ އެވެ. 

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމަށާއި ވޯޓުލުމަށް ފުރުސަތު ހުޅުވާލީ ޖޫން 15، ގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް އެކަނި ކަމަށް ބުނެ ޝަރުތު ކަނޑައަޅައިގެންނެވެ. އެ ޕާޓީން އެތެރޭގެ އިންތިހާބުގައި ބަލާފައިވަނީ އިލެކްޝަންސް ކޮމިޝަނުގައި އޮތް ޕާޓީގެ ދަފުތަރަށެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި ދިއްގަރު ސްޓިއަރިން ކޮމިޓީގެ ރައީސަކަށް އިންތިހާބުވި އިމްރާން އިސްމާއިލް ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވަނީ ޖޫން 23، ވަނަ ދުވަހު އެވެ. އެހެންކަމުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޭނާއަށް ނުލިބޭނެ އެވެ. 

އިމްރާން އިސްމާއިލްގެ އިތުރުން ދިއްގަރު ޕީއެންސީ ސްޓިއަރިން ކޮމިޓީގެ މެންބަރަކަށް ހޮވުނު މުހައްމަދު ޝާމްވެސް ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވަނީ ޖޫން 15، ގެ ފަހުންނެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން އެނގޭ ގޮތުގައި އޭނާ ޕާޓީއަށް ވަނީ ޖޫން 19، ގަ އެވެ. 

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ޝަރުތުތައް ކަނޑައަޅާފައި އޮތްގޮތުން އިމްރާން އިސްމާއިލް އާއި މުހައްމަދު ޝާމްއަށް އިންތިހާބުގައި ވާދަނުކުރެވުމުގެ އިތުރުން ވޯޓުވެސް ނުލެވޭނެ އެވެ. އެކަމަކު އެ ދެ ބޭފުޅުންވެސް ވަނީ އިންތިހާބުގައި ވާދަކުރުމުގެ އިތުރުން ވޯޓުވެސް ލައިފައިކަން ފާހަގަކުރެވެ އެވެ. 

މިކަމާ ގުޅިގެން އިމްރާން އިސްމާއިލް އަދަދު އަށް ވިދާޅުވީ އޭނާ ޕީއެންސީން ވަކިވި ކަމެއް ނޭނގޭ ކަމަށާއި ޕީއެންސީ އުފެދުނީއްސުރެ އެ ޕާޓީގައި ދެމި ހުރި ކަމަށެވެ. ނަމަވެސް ޕާޓީން ވަކިވެއްޖެނަމަ، އަލުން ޕާޓީއަށް ވަދެފައިވެސް އިނދެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑަކީ ޕީއެންސީގެ ވަރަށް އެތެރޭގެ މީހެއް. ދެން ކިހިނެއް އަޅުގަނޑު ޕީއެންސީން ވަކިވާނީ. އަޅުގަނޑަކަށް ނޭނގޭ އަޅުގަނޑު ޕީއެންސީން ވަކިވި ކަމެއް. ދެން އެހެންވީމަ އަޅުގަނޑު ޕީއެންސީއަށް ވަދެފައިވެސް އިނދެދާނެތާ. ތީގެ ޖަވާބެއް ނޭނގޭ އަޅުގަނޑަކަށް ދޭކަށް. އަޅުގަނޑަކީ ޕީއެންސީ މީހެއް. އަޅުގަނޑު ޕީއެންސީއަށް ވަންނާނީ ވަރަށް ކުރިން،" އޭނާ ވިދާޅުވި އެވެ. 

މި ނޫހަށް އެނގިފައިވާ ގޮތުގައި ޕީއެންސީގެ ލީޑާޝިޕުން ނުފޫޒު ފޯރުވައިގެން އެ ޕާޓީގެ ދިއްގަރުގެ ސްޓިއަރިން ކޮމިޓީއަށް އިމްރާން އިސްމާއިލް އާއި މުހައްމަދު ޝާމް އުސޫލާ ހިލާފަށް ވާދަކުރެވޭނެ ގޮތް ހެދީ ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ނާޒިމްގެ ބާރު އެ ކޮމިޓީން ކަނޑުވާލުމަށެވެ. 

ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްގެ މަގާމުން އިތުބާރު ނެތް ކަމަށް ބުނެ ނާޒިމް ވަނީ ވަކިކޮށްފަ އެވެ. ނަމަވެސް އޭނާ އަދިވެސް ހުންނެވީ ޕީއެންސީގެ މަޖިލިސް މެންބަރެއްގެ ގޮތުގަ އެވެ. އޭނާ މަޖިލިސް މެންބަރުކަމުން ވަކިކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ޕީއެންސީން މީގެ ކުރިން ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox