އޭޝިއަން އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 28 ފެތުންތެރިން

Jul 20, 2026, 12:10 PM
އޭޝިއަން އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ 28 ފެތުންތެރިން ވާދަކުރޭ

އޭޝިއަން އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ 28 ފެތުންތެރިން ވާދަކުރޭ

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި މިހާރު ކުރިއަށްދާ 12 ވަނަ އޭޝިއަން އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ 28 ފެތުންތެރިންގެ ވާދަކުރަމުން އެބަދެ އެވެ. 

މީގެ ކުރިން ވެސް ރާއްޖޭގެ ގިނަ ފެތުންތެރިންނެއް ވަނީ ތައިލެންޑްގެ މުބާރާތްތަކުގައި ވާދަކޮށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިފަ އެވެ. 

މި މަހުގެ 17 އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ވާދަކުރާ ފެތުންތެރިންގެ ތެރޭގައި މީގެ ކުރިން ބައިނަލްއަގުވާމީ އެކި މުބާރާތްތަކުގައި ރަނގަޅު ކުރިއެރުންތައް ހޯދާފައިވާ ފެތުންތެރިން ހިމެނެ އެވެ. 

އެ ގޮތުން، ތައިލެންޑްގެ މި މުބާރާތުގައި ފެނިގެންދާ ދިވެހި ފެތުންތެރިންނަކީ، އަޒާން އަޒްމީލް ލަތީފް، ދާނިޔަލް އަމީން ފައިސަލް، އިބްރާހިމް ޖޫދު ހުސައިން، އިސްމާއިލް އަޖްމަލް މޫސާ ޒަމީރު، އިޒްޔާން ނާޒިމް، ލޫތު މުހައްމަދު ހުސައިން، މަކީން އަހްމަދު ޝަކީބު، އައިމަން މޫސާ ރަޝީދު، އިބްރާހިމް ޔުއާން ޝަމީމް، މުހައްމަދު އާއިޝް ސިނާން، ޔާސީން މުހައްމަދު ޔޫސުފް، އިސްމާއިލް ހާމް ހުސައިން، މުހައްމަދު ރާހިން ޔޫނުސް، ޒާކިން އަޝްރަފް ރަޝީދު، މުހައްމަދު އަލްޔާން ޝިފާން، އަލްފީ ސަމާހް ހަލީމް، ދާލިއާ އައިދާ ލަތީފް، މަރިޔަމް އަގްސާ އަސަދު ހަނީފް، މަރިޔަމް އައިރާ ޝިރްނީލް، ސާރާ މުހައްމަދު، ސާރާ އަހްމަދު ސައީދު، މަލައިކާ ލިންޑާ އިމްރާން، އަލްޔާ އަޝްރަފް، އަޔާނާ އަރީފް، އައިޝާ ޒާޔާ ހުސައިން، ފާތިމަތު އަންޖަލް ފަޔާޒް، އައިޝަތު އަލީނާ ޝާހިދު އަދި އަލައިޔާ ޝަހުދީ އަންވަރު އެވެ.

ތައިލެންޑް މުބާރާތުގައި ރާއްޖޭން ބޮޑު ސްކޮޑެއް ވާދަކުރާއިރު، ޓީމުގެ މެނޭޖަރަކީ މުހައްމަދު ވިޝާމް އެވެ. އަދި އެސިސްޓެންޓް މެނޭޖަރަކީ ޚަދީޖާ އީސާފުޅު އެވެ. މީގެ އިތުރުން، ރާއްޖޭގެ ޓީމުގެ ކޯޗުންގެ ގޮތުގައި ހިމެނެނީ އަބްދުލް އަލީމް އަބްދުއްރަހްމާން، މުހައްމަދު ސަމީރު އަދި މުހައްމަދު ޖައުފަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox