ސްވިމިން ޕޫލްގެ މަސައްކަތް އަވަސްކުރަން 71 މިލިއަން ރުފިޔާގެ ލޯނެއް އެސޯސިއޭޝަނުން ނަގަނީ

ސްވިމިން ޕޫލް އިމާރާތުގެ މަތިން ނަގާފައިވާ ފޮޓޯއެއް.--- ފޮޓޯ: ސްވިމިން އެސޯސިއޭޝަން

ސްވިމިން ޕޫލް އިމާރާތުގެ މަތިން ނަގާފައިވާ ފޮޓޯއެއް.--- ފޮޓޯ: ސްވިމިން އެސޯސިއޭޝަން

އެކި ފަރާތްތަކުގެ އެހީތެރިކަމާ އެކު، ހުޅުމާލޭގައި ގާއިމްކުރާ ދުނިޔޭގެ ފެންވަރުގެ ސްވިމިން ޕޫލުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި މޯލްޑިވްސް އެކުއަޓިކްސް (ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް) އިން 71 މިލިއަން ރުފިޔާގެ ލޯނެއް ނަގަން ނިންމައިފި އެވެ.

މިއީ، ކުޅިވަރު އެސޯސިއޭޝަނަކުން މިހާތަނަށް ބެންކެއް މެދުވެރިކޮށް ނަގާ އެންމެ ބޮޑު ލޯނެވެ.

އެ ގޮތުން، މޯލްޑިވްސް އެކުއަޓިކްސް އިން ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި މި އަހަރަށް ފާސްކުރި ބަޖެޓުގައި ވަނީ ލޯނުގެ ގޮތުގައި ލިބޭ ފައިސާ ކަަމަށް 71،745،000 ރުފިޔާ ހިމަނައި، މި އަހަރަށް 97،249،198 ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ. 

އެންމެ ބޮޑު އަމާޒަކީ ސްވިމިން ޕޫލްގެ މަސައްކަތް ނިންމުން

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް ހަތަރު ވަނަ ދައުރަކަށް އިންތިހާބުވުމަށް ފަހު، އެންމެ އިސްކަމެއްދީގެން ކުރަން ބޭނުންވަނީ ސްވިމިން ޕޫލްގެ މަސައްކަތް ނިންމާލުމަށް ކަމަށް ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވަނީ ވިދާޅުވެފައި

ޗަމްޕާ އާއިލާގެ ފަރާތުން ބޮޑު ހޭދައެއްކޮށް، ފެތުމުގެ ދުނިޔޭގެ ޖަމިއްޔާ، ވޯލްޑް އެކުއަޓިކްސް އާއި ސްޕޯޓްސް މިނިސްޓްރީގެ ވެސް އެހީއާ އެކު ގާއިމްކުރާ އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލުގެ މަސައްކަތް މިދިޔަ އަހަރުގެ ނިޔަލަށް ނިންމާލެވޭތޯ މަސައްކަތްކުރި އެވެ.

އެކަމަކު، އެކި ސަބަބުތަކާ ހުރެ އެ މަސައްކަތް ދިގުލައި ގޮސްފައިވާއިރު، އަވަސް ދުވެއްޔެއްގައި ކަންކަން ކުރިއަށްގެންގޮސް ނިންމާލުމަށްޓަކައި، ސްވިމިން އެސޯސިއޭޝަން، މޯލްޑިވްސް އެކުއަޓިކްސް އިން ނިންމާފައިވަނީ، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް، 71 މިލިއަން ރުފިޔާގެ ލޯނެއް ނެގުމަށެެވެ. 

"އަދަދު ސްޕޯޓްސް" އަށް ސްވިމިން އެސޯސިއޭޝަންގެ ރައީސް، މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ)، މިއަދު ދިން އިންޓަވިއުގައި ވިދާޅުވީ، އެސޯސިއޭޝަނުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީގެން ކުރަމުން އަންނަ ސްވިމިން ޕޫލުގެ މަސައްކަތް އަވަހަށް ނިމިގެން ދިއުމަކީ އެންމެންނަށް ވެސް މީގެ އެންމެ ފައިދާ ބޮޑު ގޮތް ކަމަށެވެ. 

އެންމެ ފުރަތަމަ ސްވިމިން އެސޯސިއޭޝަނުން ނިންމާފައި އޮތީ ކޮންޓްރެކްޓާ ފައިނޭންސިން މޮޑެލް ބޭނުންކޮށްގެން މި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދުމަށެވެ. އެކަމަކު، އެ ކަމަކީ ވެސް އޭގެ ޒާތުގައި ބަލާއިރު، ލޯނެއް ގޮތަށް އޮންނަ ކަމެއް ކަމަށްވާއިރު، މީގެ އަވަހަށް މަސައްކަތްތައް ކުރިއަށްގެންދެވޭނެ ގޮތަށް ބަލާފައި، އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ގާނޫނީ ލަފާ ވެސް ހޯދުމަށް ފަހު ލޯނަކަށް ދިއުމަށް ނިންމީ ކަމަށް ސައްތާރު ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ބޭނުންވީ، މި މަސައްކަތް އަވަހަށް ކުރިއަށްގެންގޮސް، ސްވިމިން އިން މި ބޭނުންވާ ކަންކަން ފެށިގެންދާނެ ގޮތަކަށް ކަންކަން ރޭވުމަށް، އެކަމަށްޓަކައި މި ލޯން މި ނެގީ، ގްރޭސް ޕީރިއަޑެއް ވެސް އިންނާނެ، ދެން، ރިޕޭމެންޓް ވެސް އިންނާނެ 10 އަހަރު. ވަރަށް ރަނގަޅަށް މުއާމަލާތު ކުރެވިގެން ކަންކަން މި ދަނީ، އުންމީދަކީ، މި އަހަރުގެ ސެޕްޓެމްބަރު ތެރޭ ނިންމާލުން (ޕޫލްގެ ބޮޑު މަސައްކަތްތައް)،" ސައްތާރު ވިދާޅުވި އެވެ. 

ސްވިމިން ޕޫލް ވެގެންދާނީ ރާއްޖޭގެ ކުޅިވަރުގައި ގާއިމުކުރާ އެންމެ ފުރިހަމަ އެއް ވަސީލަތަށް

އެކި ފަރާތްތަކުގެ އެހީތެރިކަމާ އެކު، ހުޅުމާލޭގައި ގާއިމްކުރާ ސްވިމިން ޕޫލް ވެގެންދާނީ ރާއްޖޭގެ ކުޅިވަރުގައި ގާއިމުކުރާ އެންމެ ފުރިހަމަ އެއް ވަސީލަތަށް ކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް، އިސްމާއިލް އަލީ ވަނީ ވިދާޅުވެފައި.

މޯލްޑިވްސް އެކުއަޓިކްސްގެ ނައިބު ރައީސް، އިސްމާއިލް އަލީ، ވިދާޅުވީ، މިއީ، ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނަކުން މި ގޮތަށް ނަގާ އެންމެ ބޮޑު ލޯނު ކަމަށެވެ. އެހެން ކަމަަށްވުމާ އެކު، ގާނޫނީ ގޮތުން މި ކަމުގައި ބަލަން ޖެހޭ ހުރިހާ ކަމެއް ކަށަވަރުކުރުމަށް، ސްވިމިން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ހުރިހާ މަސައްކަތެއް ފުރިހަަމަ ކޮށްފައިވާނެ ކަމުގެ ޔަގީންކަން އިސްމާއިލް ވަނީ ދެއްވައިފަ އެވެ. 

"(މޯލްޑިވްސް އެކުއަޓިކްސްގެ) ހިންގާ ކޮމިޓީ އަށް މި ކަމުގެ ހުރިހާ މައުލޫމާތެއް ފޯރުކޮށްދެވި، ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ވެސް ފުރިހަމަ ކުރެވިގެން މި ކަން މި ދަނީ، ބޭނުންވަނީ، ސްވިމިން ޕޫލްގެ މަސައްކަތް ދެން އިތުރަށް ލަސްނުވެ، ކުރިއަށްގެންގޮސް ނިންމާލުމަށް،" އިސްމާއިލް ވިދާޅުވި އެވެ. 

އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލެއް ގާއިމްކުރަނީ ހުޅުމާލޭ ފޭސް އެކެއްގަ އެވެ. އެއީ، ހަތަރު ބުރީގެ އިމާރާތެކެވެ. ސްވިމިންގެ މި ފެސިލިޓީގައި އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލެއްގެ އިތުރުން، ވޯލްޑް އެކުއަޓިކްސް ސަޓިފައިޑް ޑައިވިން ޕޫލެއް ހިމެނޭއިރު، 1200 އަށް ވުރެ ގިނަ މީހުންނަށް ކުޅިބެލޭނެ ސިޑިބަރި އާއި ބޭނުންވާ އެހެން ވަސީލަތްތައް ހިމެނޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox