ޕެންޝަން ފަންޑުގެ ހެޑް އޮފް އިންވެސްޓުމަންޓު ހައިފާ އިސްތިއުފާ ދީފި

ޕެންޝަން އޮފީހުގެ ހެޑް އޮފް އިންވެސްޓްމަންޓު ހައިފާ: އޭނާގެ ކުރިން ވެސް އެހެން މުވައްޒަފުން ވަނީ މަގާމުން އިސްތިއުފާ ދީފަ --- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ޕެންޝަން އޮފީހުގެ ހެޑް އޮފް އިންވެސްޓްމަންޓު ހައިފާ: އޭނާގެ ކުރިން ވެސް އެހެން މުވައްޒަފުން ވަނީ މަގާމުން އިސްތިއުފާ ދީފަ --- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ޕެންޝަން ފަންޑުން 2.4 ބިލިއަން ރުފިޔާގެ އިންވެސްޓުމަންޓު މުއާމަލާތެއް ހިންގަން އުޅޭ ވަގުތެއްގައި، އެ އޮފީހުގެ ހެޑް އޮފް އިންވެސްޓުމަންޓުގެ މަގާމުގައި ހުރި ހައިފާ އަހުމަދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ. 

އަަދަދު ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި ހައިފާއާ އެކީ ޕެންޝަން އޮފީހުގެ މެނޭޖުމަންޓު ލެވަލްގައި މަސައްކަތް ކުރާ އެހެން މުވައްޒަފަކު ވެސް ވަނީ އިސްތިއުފާ ދީފަ އެވެ. ނަމަވެސް އެއީ ކާކުކަން އަދި ކަށަވަރެއް ނުވެ އެވެ.

މި ދެ މުވައްޒަފުން އިސްތިއުފާ ދިން ސީދާ ސަބަބެއް ކަށަވަރުނުވެ އެވެ. ނަމަވެސް މި ނޫހަށް މައުލޫމާތުދޭ މަސްދަރުތަކުން ބުނަނީ ދެ މުވައްޒަފުންގެ އިސްތިއުފާ ވެސް ގުޅެނީ ބޮންޑު ގަތުމުގެ މުއާމާލާތާ އެވެ.

މީގެ ކުރިން އެ އޮފީހުގެ ސީއޯއީ އާއި ސީއެފްއޯ އަދި ޕެންޝަން ބޯޑުގެ ޗެއާމަން އާއި ބޯޑު މެންބަރުންތަކެއް ވަނީ ހަމަ މި މައްސަލައިގައި އިސްތިއުފާ ދީފަ އެވެ. 

ޕެންޝަން ފަންޑުގެ އާ ބޯޑާއި ލީޑާޝިޕާއެކީ 2.4 ބިލިއަން ރުފިޔާގެ ބޮންޑު މުއާމަލާތް ހިންގަނީ

ޕެންޝަން ފަންޑުން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ޓީބިލުތައް ވިއްކާލުމަށްފަހު، ސަރުކާރުން ދޫކުރާ ދިގު މުއްދަތުގެ ޑޮލަރުން ފައިދާ ލިބޭ ބޮންޑަކަށް އިންވެސްޓުކުރުމުގެ ފަހުގެ ތައްޔާރީތައް ދަނީ ވަމުން. މި މުއާމަލާތުގެ ސަބަބުން ޕެންޝަން ފަންޑަށް ބޭރު ފައިސާގެ ރިޒާވެއް އުފެދޭނެ ކަމަށް ބުންޏަށް ގިނަ ބަޔަކު މި މުއާމަލާތާ ދެކޮޅު.

ޕެންޝަން ފަންޑުން މި ބޮންޑު ގަތުމުގެ މުއާމަލާތް ރާވާފައި ވަނީ އެ ފަންޑުން މީގެ ކުރިން ގަނެފައިވާ ދިވެހި ރުފިޔާ ޓީބިލުތަކެއް ސެކަންޑްރީ މާކެޓުގައި ވިއްކާލުމަށް ފަހު އެ ފައިސާ ބޮންޑަށް އިންވެސްޓުކުރާ ގޮތަށެވެ. ސެކަންޑްރީ މާކެޓުގައި މި ބޮންޑު ގަންނަނީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ.

ޕެންޝަން ފަންޑުން ބުނާ ގޮތުގައި މި މުއާމަލާތަކީ އެ ފަންޑުގެ މަސްލަހަތުވެރިންނަށް ފައިދާވާ ގޮތަށް، ފަންޑުގެ އިންވެސްޓުމަންޓު ސިންދަފާތުކޮށް ފަންޑަށް ޑޮލަރު ވަންނާނެ މަގެކެވެ. 

އެކަމަކު މިކަމާ ދެކޮޅު އެންމެން ވެސް ގަބޫލުކުރަނީ މިއީ ކުރު ރާސްތާ އަދި މެދު ރާސްތާގައި ވެސް ޕެންޝަން ފަންޑާއި މުޅި އިގުތިސޯދަށް ވެސް ނުރަނގަޅު އަސަރު ކުރާނެ މުއާމަލާތެކެވެ. އަދި މި މުއާމަލާތަކީ ފައިސާ ޗާޕުކުރުން ކަމަށް އެ އެންމެން ވެސް އިއްތިފާގުވެ އެވެ. 

ބޮންޑު މުއާމަލާތުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ މުވައްޒަފުންގެ ތެރޭގައި ނުތަނަވަސްކަމާއި ކަންބޮޑުވުން ބޮޑުވެފައި ވަނިކޮށް މެނޭޖުމަންޓުން ވަނީ މައުލޫމާތު ދޭ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރުދީ މިއަދު މެމޯއެއް ވެސް ނެރެފަ އެވެ. 

މީގެ ކުރިން އަދަދު އިން ވާނީ ޕެންޝަން އޮފީހުގެ އާ ބޯޑާއި ލީޑާޝިޕުން މި މުއާމަލާތް ފުރިހަމަކުރުމުގެ ފަހު މަރުހަލާ ފަށާފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ. މައުލޫމާތު ލިބެނީ މިއަދުގެ ވަގުތެއްގައި މި މުއާމަލާތް ފުރިހަމަކުރާނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox