ޒިދާނަށް ފްރާންސްގެ ކޯޗުކަން ދިނީ މުސާރަ ހަމަޖައްސަން ސަރުކާރުގެ ހާއްސަ ހުއްދައަކާ އެކު

Jul 22, 2026, 10:20 PM
ޒިނެދިން ޒިދާން: އޭނާ ވަނީ ފްރާންސް ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެފައި.

ޒިނެދިން ޒިދާން: އޭނާ ވަނީ ފްރާންސް ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެފައި.

ޕެރިސް (ޖުލައި 22) - ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ޒިނެދިން ޒިދާނަށް ދިނުމަށްޓަކައި، އޭނާގެ މުސާރަ ހަމަޖެއްސުމަށް ފްރާންސް ސަރުކާރުން ހާއްސަ ހުއްދައެއް ނަގަން ޖެހުނު ކަމަށް ފްރާންސްގެ މަޝްހޫރު ނޫހެއް ކަމަށްވާ ލެކިއުޕޭ އިން ރިޕޯޓްކޮށްފި އެވެ. 

ސާދަ އަހަރަށް ފަހު ފްރާންސް ކޯޗުކަމުން ޑިޑިއޭ ޑެޝޯމްޕްސް ވަކިވީ، ދާދި ފަހުން އެމެެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު އެވެ. އެ މުބާރާތުގެ ސެމީ ފައިނަލުން ފްރާންސް ކެޓީ މުބާރާތް ކާމިޔާބުކުރި ސްޕެއިން އަތުންނެވެ. އަދި، ތިން ވަނަ ހޮވި މެޗުން ފްރާންސް ވަނީ އިންގްލެންޑް އަތުން ވެސް ބަލިވެފަ އެވެ. 

މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލިއިރު ވެސް މިއީ ޑެޝޯމްޕްސްގެ ފަހު މުބާރާތް ކަން ވަނީ އިއުލާނުކޮށްފަ އެވެ. ފްރާންސުން ޑެޝޯމްޕްސް އަށް ފަހު، އެ ޓީމު ހަވާލުކޮށްފައި މި ވަނީ، 1998 ވަނަ އަަހަރު އެ ޓީމަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ގޯލު ޖެހި ޒިދާންއާ އެވެ. ޒިދާނަށް ވަނީ، 2030 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއް ދީފަ އެވެ. 

ރިޕޯޓްތައް ބުނާގޮތުން، ޒިދާނަށް އެ ކޮންޓްރެކްޓް ދިނުަމަށްޓަކައި، ފްރާންސްގެ ސްޕޯޓްސް މިނިސްޓްރީން ވަނީ އެ ގައުމުގެ ކުޅިވަރު ޕޮލިސީ އަށް ބަދަލެއް ގެންނަން ޖެހިފަ އެވެ. އެ ގޮތުން، އެ ގައުމުގެ ކުޅިވަރު ޕޮލިސީ ބުނާގޮތުން، އެއްވެސް ކުޅިވަރެއްގެ ހެޑް ކޯޗަކަށް ދޭ މުސާރައެއް އަހަރަކަށް ބަލާއިރު، ފަސް މިލިއަން ޑޮލަރަށް ވުރެން މަތި ވެގެންނުވާނެ އެވެ. އެ ގޮތުން، އެންމެ ފަހުން، ޑެޝޯމްޕްސް ހުރި ކޮންޓްރެކްޓްގައި ވެސް އޭނާ އަށް ބޯނަހާ އެކު އަހަރަކަށް ޖެހެނީ، ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރެވެ. 

އެކަމަކު، ލެކިއުޕޭ ނޫހުން ރިޕޯޓްކުރާ ގޮތުގައި، ޒިދާނަށް ބޯނަހާ އެކު އަހަރަކަށް ފަސް މިިލިއަން ޑޮލަރަށް ވުރެން އިތުރަށް މުސާރައިގެ ގޮތުގައި ލިބޭނެ އެވެ. 

ކޯޗިން ކެރިއަރުގައި ޒިދާން ވަނީ ދެ ފަހަރެއްގެ މަތިން ރެއާލަށް ކޯޗުކޮށްދީފަ އެވެ. އެއީ، 2016-2018 އާއި 2019 އިން 2021 އަށެވެ. އޭނާ ރަސްމީކޮށް އެހެން ޓީމަކާ އަދި ހަވާލުވެފައި ނުވި ނަމަވެސް، ބައެއް ކްލަބްތަކުގެ ސެޝަންތަކުގައި، ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެ އެވެ.

މީގެ ކުރިން، ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރީ، ޒިދާން، ކޯޗިން އަށް އެނބުރި އަންނަން ވިސްނަނީ ދެ ޓީމެއްގެ ހުށަހެޅުމެއް ލިބިއްޖެނަމަ އެވެ. އެއީ، ރެއާލް މެޑްރިޑް ނޫނީ ފްރާންސް ގައުމީ ފުޓްބޯޅަ ޓީމެވެ. އޭގެ ތެރެއިން، އޭނާ އެންމެ ބޭނުންވެފައި ހުރި ފްރާންސްގެ ވަޒީފާއާ މި ވަނީ ހަވާލުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox