ޒިދާންގެ ކޯޗިން ޓީމަށް ބާތޭޒް ވެސް ގުޅިއްޖެ

Aug 14, 2026, 9:14 AM
ފްރާންސްގެ މެޗެއްގެ ތެރެއިން ޒިދާން އާއި ބާތޭޒް

ފްރާންސްގެ މެޗެއްގެ ތެރެއިން ޒިދާން އާއި ބާތޭޒް

ޕެރިސް (އޮގަސްޓް 14) - ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ޒިނެދިން ޒިދާންގެ ކޯޗިން ޓީމާ، އޭނާ އެކު ފްރާންސް ޓީމަށް ގިނަ އަހަރުތަކެއް ކުޅުނު ގޯލްކީޕަރު، ފަބިއަން ބާތޭޒް ގުޅިއްޖެ އެވެ. 

ބާތޭޒް އަކީ 1998 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފްރާންސް ޓީމުގައި ޒިދާންއާ އެކު ހިމެނުނު ކުޅުންތެރިއެކެވެ. 

އުމުރުން 55 އަހަރުގެ ބާތޭޒް، ފްރާންސްގެ ކޯޗިން ޓީމުގައި ހަރަކާތްތެރިވާނީ ކޯޗިން ޓްރެއިނަރެއްގެ ގޮތުގަ އެވެ. ޓުލޫސް، މޮނާކޯ، މާސޭ އަދި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފައިވާ ބާތޭޒް ވަނީ، ފްރާންސްގެ ކޯޗުންގެ ގޮތުގައި ރޭމަންޑް ޑޮމެނެކް އާއި ލޯރެންޓް ބްލޮންކް ހުރިއިރު، ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ، އެކަމަކު، ފްރާންސްގެ ކޯޗަކަށް ފާއިތުވި 14 އަހަރު ހުރި، ޑިޑިއޭ ޑެޝޯމްޕްސްގެ ދައުރުގައި ބާތޭޒްގެ އެއްވެސް ދައުރެއް ނެތެވެ. 

Advertisement

ކޯޗިންގައި ބާތޭޒްގެ މަސައްކަތަށް ބަލާއިރު، އޭނާ ވަނީ 2020 އާއި 2021 ވަނަ އަހަރު ޓުލޫސްގެ ކޯޗިން ސްޓާފެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. ފްރާންސް ޓީމާ ގުޅުމުގެ ކުރިން ބާތޭޒް ވަނީ، ލައިސަންސްތައް ހާސިލްކޮށްފަ އެވެ. 

ޒިދާނަށް ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ، 2030 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއް ދީފަ އެވެ. 

ރިޕޯޓްތައް ބުނާގޮތުން، ޒިދާނަށް އެ ކޮންޓްރެކްޓް ދިނުަމަށްޓަކައި، ފްރާންސްގެ ސްޕޯޓްސް މިނިސްޓްރީން ވަނީ އެ ގައުމުގެ ކުޅިވަރު ޕޮލިސީ އަށް ބަދަލެއް ގެންނަން ޖެހިފަ އެވެ. އެ ގޮތުން، އެ ގައުމުގެ ކުޅިވަރު ޕޮލިސީ ބުނާގޮތުން، އެއްވެސް ކުޅިވަރެއްގެ ހެޑް ކޯޗަކަށް ދޭ މުސާރައެއް އަހަރަކަށް ބަލާއިރު، ފަސް މިލިއަން ޑޮލަރަށް ވުރެން މަތި ވެގެންނުވާނެ އެވެ. އެ ގޮތުން، އެންމެ ފަހުން، ޑެޝޯމްޕްސް ހުރި ކޮންޓްރެކްޓްގައި ވެސް އޭނާ އަށް ބޯނަހާ އެކު އަހަރަކަށް ޖެހެނީ، ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރެވެ. 

ޒިދާންގެ ކޯޗިން ޓީމުގައި ހިމެނޭ، ޑޭވިޑް ބެޓޯނީ އާއި ހަމީދޫ އެމްސައިދީ އަކީ ޒިދާން ދެ ފަހަރެއްގެ މަތިން ރެއާލް މެޑްރިޑަށް ކޯޗުކޮށްދިންއިރު ވެސް އެކުގައި މަސައްކަތްކުރި ދެ ފަރާތެވެ. އޭގެ އިތުރުން، ރެއާލްގައި ޒިދާންގެ އެޑްވައިޒަރެއްގެ ގޮތުަގައި މަސައްކަތްކުރި ގްރެގޯރީ ޑުޕޯން، އަށް ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ސްޓްރެޓެޖީ އެންޑް ޕާފޯމަންސް އެޑްވައިޒަރުގެ މަގާމު ދީފަ އެވެ. 

ފްރާންސާ އެކު ޒިދާން ނުކުންނާނެ ފުރަތަމަ މެޗަކީ، އަންނަ މަހު 25 ވަނަ ދުވަހު ޔުއެފާ ނޭޝަންސް ލީގުގައި ތުރުކީއާ ބައްދަލުކުރާ މެޗެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox