ފްރާންސް ކަޓުވާލައި ސްޕެއިން 16 އަހަރަށް ފަހު ވޯލްޑް ކަޕް ފައިނަލަށް

Jul 15, 2026, 1:59 AM
ފްރާންސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ސްޕެއިންގެ ކުޅުންތެރިން އުފާފާޅުކުރަނީ.

ފްރާންސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ސްޕެއިންގެ ކުޅުންތެރިން އުފާފާޅުކުރަނީ.

ޑަލަސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 15) - ފްރާންސް 2-0 އިން ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، ސްޕެއިނުން 16 އަަހަރަށް ފަހު، ފީފާ ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ. 

މިއީ، ސްޕެއިންގެ ތާރީހުގައި ވެސް ވޯލްޑް ކަޕް ފައިނަލުގައި ކުޅޭނެ ދެ ވަނަ ފަހަރެެވެ. މި ފަހަރު ފައިނަލުގައި ސްޕެއިން ކުޅޭނީ އިންގްލެންޑާއި އާޖެންޓީނާ ތެރެއިން ޓީމަކާ އެވެ. 

ސްޕެއިނުން އެންމެ ފަހުން ވޯލްޑް ކަޕް ފައިނަލުގައި ކުޅުނީ 2010 ވަނަ އަހަރުގެ ފައިނަލުގައި، ނެދަލެންޑްސް އަތުން މޮޅުވިއިރު އެވެ. ސްޕެއިނުން 16 އަހަރު ތެރޭ ވޯލްޑް ކަޕްގެ ނޮކައުޓްގައި މޮޅެއް ހޯދީ ވެސް މި ފަހަރު އެވެ. އެ ގޮތުން، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓިއިރު، 2018 ވަނަ އަހަރުގެ ނޮކައުޓް ފުރަތަމަ މެޗުން ވަނީ ޕެނަލްޓީ ޖަހައިގެން ރަޝިއާ އަތުން ބަލިވެފަ އެވެ. އަދި، މީގެ ހަތަރު އަހަރު ކުރިން، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނޮކައުޓްގެ ފުރަތަމަ މެޗުން ސްޕެއިން ވަނީ މޮރޮކޯ އަތުން ޕެނަލްޓީ ޖަހައިގެން ކަޓައިފަ އެވެ. 

އަނެއްކޮޅުން، ސްޕެއިން އިން މި ވަނީ ޖެހިޖެހިގެން ތިން މުބާރާތުގެ ސެމީ ފައިނަލުން ފްރާންސް ކަޓުވާލައިފަ އެވެ. މީގެ ކުރިން، ޔުއެފާ ނޭޝަންސް ލީގާއި ޔޫރޯގެ ސެމީ ފައިނަލުގައި ވެސް ފްރާންސް ކެޓީ ސްޕެއިން އަތުން ބަލިވެގެންނެވެ. 

ސްޕެއިނުން މިރޭގެ މެޗުން ލީޑުނެގީ، 22 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން މިކޭލް އޮޔާޒަބާލް ޖެހި ގޯލުންނެވެ. މިއީ، އޭރިއާތެރެއިން ފްރާންސްގެ ލޫކަސް ޑީންޏާ، ސްޕެއިނުގެ ލަމީން ޔަމާލަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. 

ފްރާންސްގެ އެޓޭކްތައް ހިފެހެއްޓުމަށްޓަކައި، ސްޕެއިނުގެ ޑިފެންޑަރުން މޮޅު ކުޅުމެއް ދެއްކި މި މެޗުގައި ސްޕެއިންގެ ކީޕަރު އުނާއި ސިމޯން ވެސް ވަނީ ފަހަތަށް އައި ބޯޅަތަކުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ސްޕެއިނުން ދެ ވަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއްނުވެ، ދެ ވަނަ ގޯލު ޖަަހައިފަ އެވެ. މިއީ، 58 ވަނަ މިނިޓްގައި ޑެނީ އޮލްމޯ ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ޕެޑްރޯ ޕޯރޯ ޖެހި ގޯލެކެވެ. 

ސްޕެއިނުގެ ޔަމާލް، އެ ޓީމަށް ޖަހައިދިން ގޯލެއް ވަނީ އޮފްސައިޑް ކަަމަށް ނިންމައިފަ އެެވެ. 

މި މެޗުން ފްރާންސް ބަލިވުމާ އެކު، މިއި، އެ ޓީމުގެ ކޯޗަކަށް ޑިޑިއޭ ޑެޝޯމްޕްސް ހުރި ފަހު މެޗެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު މަގާމުން ވަކިވާން ޑެޝޯމްޕްސް އޮތީ ނިންމައިފަ އެެވެ. 

ފްރާންސަށް 1998 ވަަނަ އަހަރު އެ ގައުމުގައި ހޯސްޓްކުރި ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިދިން ކެޕްޓަން، ޑެޝޯމްޕްސް އަކީ، 2018 ވަަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސުން ހޯދިއިރު، އެ ޓީމުގެ ކޯޗެވެ. އަދި، ޑެޝޯމްޕްސް ވަނީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ފައިނަލަށް ވެސް ފްރާންސް ގެންގޮސްދީފަ އެވެ. ޑެޝޯމްޕްސް، 2012 ވަނަ އަހަރު ފްރާންސްގެ ކޯޗުކަމާ ހަވާލުވިއިރު، މި ފަހަރުގެ ވޯލްޑް ކަޕަކީ އޭނާ ފްރާންސާ އެކު ކުރިމަތިލާ ފަހު މުބާރާތެވެ. ދެން، ފްރާންސާ ހަވާލުވާނެ ކަމަށް ބެލެވެނީ ޒިނެދިން ޒިދާން އެވެ. ޒިދާން އަކީ 1998 ވަނަ އަހަރު ޑެޝޯމްޕްސްގެ ކެޕްޓަންކަމުގައި ފްރާންސްގައި ކުޅުނު ކުޅުންތެރިއެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

Newsletter

Get the latest news delivered straight to your inbox