ސީ ގިއާ އިން އިޓަލީގެ މޮޅު "ސްކިޕާސް" މެރިން ޕެއިންޓް ތައާރަފްކޮށްފި

Jul 9, 2026, 9:00 AM
ސީ ގިއާ އިން ތައާރަފުކުރި "ސްކިޕާސް" ބްރޭންޑުގެ މެރިން ޕެއިންޓް

ސީ ގިއާ އިން ތައާރަފުކުރި "ސްކިޕާސް" ބްރޭންޑުގެ މެރިން ޕެއިންޓް

ކަނޑުދަތުރުފަތުރުގެ ސިނާއަތަށް ހާއްސަކޮށްގެން، އިޓަލީގެ މަޝްހޫރު މަތީ ފަންތީގެ ޔޮޓް ޕެއިންޓް އަދި މެރިން ކޯޓިން ބްރޭންޑެއް ކަމަށްވާ "ސްކިޕާސް" ސީ ގިއާ އިން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި އެވެ.

މިއީ އޮޑިދޯނިފަހަރުގެ ވެރިންނާއި، ކަނޑުދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކާއި، ރިސޯޓުތަކާއި، ބޯޓުޔާޑުތަކުގެ އިތުރުން ވޯކްޝޮޕްތަކާއި މި ދާއިރާގެ ފަންނީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ތައާރަފްކުރި އުފެއްދުމެކެވެ. 

ސްކިޕާސް އުފެއްދުންތަކަކީ 1947 ވަނަ އަހަރުން ފެށިގެން ކުލަ އާއި ދަވާދު އުފެއްދުމުގެ ދާއިރާގައި ހަރަކާތްތެރިވާ އިޓަލީގެ "އެމްމޭ ކޮލޯރީ"  ކުންފުނީގެ ހާއްސަ ބްރޭންޑެކެވެ.

ސްކިޕާސް އިން ޔޮޓްތަކާއި ކަނޑު އުޅަނދުފަހަރަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ކޯޓިން ސޮލިއުޝަންތައް ފޯރުކޮށްދެއެވެ. މީގެ ތެރޭގައި ހިމެނެނީ:

  • ވާނިޝް، އެޕޮކްސީ ޕްރައިމަރ އަދި އަންޑަކޯޓް
  • ފިނިޝިން ޕެއިންޓް، ފިލާ އަދި ފެއަރިން ކޮމްޕައުންޑް
  • ތިނަރު، އެޑިޓިވްސް އަދި ޓީކް ލަކުޑި އަށް ހާއްސަ އުފެއްދުންތައް

މި އުފެއްދުންތަކަކީ ފައިބަރު، ދަގަނޑު، އެލުމިނިއަމް އަދި ލަކުޑިން ތައްޔާރުކޮށްފައިވާ އުޅަނދުފަހަރުގައި ބޭނުންކުރުމަށް ފަރުމާކޮށްފައިވާ ތަކެތި ކަމުން، މިއީ ރާއްޖޭގައި ބޭނުންކުރާ ތަފާތު ބާވަތްތަކުގެ އުޅަނދުފަހަރަށް އެކަށީގެންވާ އުފެއްދުންތަކެކެވެ. ރާއްޖެއަކީ ހޫނުގަދަ ލޮނުގެ އަސަރު ބޮޑު ގައުމަކަށް ވުމުން، މިފަދަ މާހައުލަކަށް ސްކިޕާސްގެ ބޭނުންތެރިކަން ބޮޑެވެ.

މި ބްރޭންޑުގެ "އެކްރިގްލާސް" ފަދަ ޓޫ-ކޮމްޕޯނަންޓް ޕޮލިއުރެތިން ސިސްޓަމަކީ، އުޅަނދުގެ ބޭރު ރީތިކޮށް، އޮމާންކޮށް ބެހެއްޓުމަށާއި، ކުލަ ފަނޑުވިޔަނުދީ ހިފެހެއްޓުމަށާއި، ކެމިކަލްތަކުން ލިބޭ ގެއްލުންތަކުން ސަލާމަތްކުރުމަށް ފަންނީ މާހިރުން ބޭނުންކުރާ ސިސްޓަމެއް ކަމަށް ސީ ގިއާއިން ބުންޏެވެ. މީގެ އިތުރުން، އެންޓިފޯލާއި ފެނު އަޑީގެ ހާއްސަ ކޯޓިންތަކަކީ އުޅަނދުގައި ފެހިޖެހުން ކުޑަކޮށްދީ، އުޅަނދުގެ ދުވެލި ހަލުވިކުރުމަށާއި މަރާމާތުގެ ހަރަދު ކުޑަކުރުމަށް އެހީތެރިވެދޭ އުފެއްދުންތަކެކެވެ.

ސީ ގިއާ އިން ބުނި ގޮތުގައި ސްކިޕާސް ބްރޭންޑް ތައާރަފްކުރުމަކީ ރާއްޖޭގެ ކަނޑުގެ މާހައުލާ ގުޅޭ، ފެންވަރު ރަނގަޅު މެރިން އުފެއްދުންތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ހެއްކެކެވެ. އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތަށް އިތުބާރު ހުރި، ރައްކާތެރިކަމާއި ފުރިހަމަ ނަތީޖާ ލިބޭނެ ކޯޓިން ފޯރުކޮށްދިނުމެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

Newsletter

Get the latest news delivered straight to your inbox