ވިލާ ކޮލެޖުގެ މެއި އިންޓޭކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ތެރެއިން: އެ ކޮލެޖުގެ މެއި އިންޓޭކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި -- ފޮޓޯ: ވިލާ ކޮލޮޖ

ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ތެރެއިން: އެ ކޮލެޖުގެ މެއި އިންޓޭކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި -- ފޮޓޯ: ވިލާ ކޮލޮޖ

ވިލާ ކޮލެޖުން މި އަހަރުގެ މެއި އިންޓޭކަށް ކުރިމަތިލުމުގެ ފުރުސަތު މެއި 16، ގެ ނިޔަލަށް އިތުރުކޮށްފި އެވެ. 

މި އިންޓޭކުގައި ސެޓްފިކެޓް ލެވެލް 4 އިން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ކޯސްތަކަށް ކުރިމަތިލާން ވަނީ ހުޅުވާލާފަ އެވެ. 

ވިލާ ކޮލެޖުން ރާއްޖޭގައި ތިބެގެން ބައިނަލްއަގުވާމީ ޑިގްރީތައް ހާސިލުކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ. އެގޮތުން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް، ޕޯޓްސްމޯތު ޔުނިވާސިޓީ، އަދި މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީ އާއި ޔުނިވާސިޓީ އޮފް ސައިބަރޖާޔާގެ ޕްރޮގްރާމްތައް ވިލާ ކޮލެޖުގައި ކުރިއަށް ގެންދެވެ އެވެ.

މީގެ އިތުރުން، ޕޯޓްސްމޯތު ޔުނިވާސިޓީއާ ގުޅިގެން ހިންގާ އިންޖިނިއަރިން ޕްރޮގްރާމްތައް ކިޔަވާ ދަރިވަރުންނަށް، ޑިގްރީގެ ފަހު އަހަރުތައް އެ ޔުނިވާސިޓީގައި ފުރިހަމަކުރުމުގެ ފުރސަތުވެސް ލިބެ އެވެ. 

ވިލާ ކޮލެޖުގެ ކްލާސްތައް ރާވާލެވިފައިވަނީ ވަޒީފާ އަދާކުރާ ފަރާތްތަކަށާއި ޢާއިލީ ޒިންމާތަކާއެކު ކިޔަވަން ބޭނުންވާ ފަރާތްތަކަށް ފަސޭހަވާގޮތަށެވެ. އެގޮތުން އިންޖިނިއަރިން، ޓީޗިން، ނާސިން އަދި ފާމަސީ ދާއިރާގެ ކޯސްތައް ފިޔަވައި، އެހެން ހުރިހާ ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކެއް އޮންލައިންކޮށްވެސް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

ވިލާ ކޮލެޖުން މި އިންޓޭކަށް ހުޅުވާލި ޕްރޮގްރާމްތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް، ސައިބާ ސެކިއުރިޓީ، ޑާޓާ ސައިންސް، ސޮފްޓްވެއާ އިންޖިނިއަރިން، ޓީޗިން، ބިޒްނަސް މެނޭޖްމަންޓް، މާކެޓިން، އެކައުންޓިން އެންޑް ފައިނޭންސް، ބޭންކިން އެންޑް ފައިނޭންސް، ހިއުމަން ރިސޯސް މެނޭޖްމަންޓް، އިންޓަނޭޝަނަލް ބިޒްނަސް ހިމެނެ އެވެ. 

މީގެއިތުރުން އިކޮނޮމިކްސް، އިންޖިނިއަރިން، ނާސިން، ޕަބްލިކް ހެލްތް، ފްލެބޮޓޮމީ، ހެލްތް ސާވިސަސް މެނޭޖްމަންޓް، ލޯ، ޝަރީއާ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، އޭވިއޭޝަން މެނޭޖްމަންޓް، ސައިކޮލޮޖީ، އޯގަނައިޒޭޝަނަލް ސައިކޮލޮޖީ، ކައުންސެލިން، މާސް ކޮމިއުނިކޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، ރިސާޗް ސްޓަޑީސް، އިންޓީރިއާ އާކިޓެކްޗާ އެންޑް ޑިޒައިން، އަދި ކަލިނަރީ އާޓްސް ފަދަ ދާއިރާތައް ހިމެނެ އެވެ.

ވިލާ ކޮލެޖުގެ ކިޔެވުން ބައްޓަން ކުރެވިފައިވަނީ ދަރިވަރުންނަކީ މަސައްކަތުގެ މާޙައުލަށް ތައްޔާރުވެފައިވާ ކުދިންތަކަކަށް ހެދުމަށެވެ. މި މަގްސަދު ހާސިލުކުރުމަށްޓަކައި، ކޮންމެ ޕްރޮގްރާމެއްގައިވެސް ސިމިއުލޭޝަންތަކާއި، އިންޓާންޝިޕް، އެކްސްޓާންޝިޕް އަދި އިންޑަސްޓްރީ އާއި ގުޅިގެން ހިންގޭ ޕާޓްނާޝިޕްތަކުގެ ދަށުން އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދެވެއެވެ.

މި ނިޒާމުގެ ސަބަބުން، ވިލާ ކޮލެޖުން ދަސްވެނިވާ ދަރިވަރުންނަކީ ވަޒީފާގެ ބާޒާރަށް ފުރިހަމައަށް ތައްޔާރުވެފައިވާ، ގްލޯބަލް ޕްލެޓްފޯމްތަކުގައި ވާދަކުރެވޭ ގާބިލު، ހުނަރުވެރި ބަޔަކަށް ހެދުމަށް ހާއްސަ އިސްކަމެއް ދެވެއެވެ.

ވިލާ ކޮލެޖުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އެ ކޮލެޖުން ފޯރުކޮށްދޭ ތައުލީމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ، ފެންވަރު ރަނގަޅު ތައުލީމަކަށް ހެދުމަށް ކަމަށް އެ ކޮލުޖުން ބުންޏެވެ. 

އެގޮތުން، ކޮލެޖުގެ ގާސިމް އިބްރާހީމް ސްކޫލް އޮފް ބިޒްނަސް (ކިއުއައިއެސްބީ) އަށް ވަނީ ސައުތު އޭޝިއަން ކޮލިޓީ އެޝުއަރެންސް ސިސްޓަމް (އެސްއޭކިއުއެސް) އެކްރެޑިޓޭޝަން ލިބިފަ އެވެ.

މީގެ އިތުރުން، ވިލާ ކޮލެޖަކީ ކިއުއެސް ސްޓާ ރޭޓިންގްގައި އެމްޕްލޯޔަބިލިޓީ އާއި އޮންލައިން ލާރނިންގ އިން 5 ތަރި ހާސިލުކޮށްފައިވާ އަދި ޓައިމްސް ހަޔާ އެޑިއުކޭޝަން އިމްޕެކްޓް ރޭންކިންގްސްގައި ދުނިޔޭގެ މަތީ 20 ޕަސަންޓު ޔުނިވާސިޓީތަކުގެ ތެރޭގައި ހިމެނޭ ޔުނިވާސިޓީއެކެވެ. 

ވިލާ ކޮލެޖުގެ ޕްރޮގްރާމްތަކަށް ވަނުމަށް ބޭނުންވާ ދަރިވަރުންނަށް އެ ކޮލެޖަށް ގުޅުއްވުމުން ނުވަތަ ކެމްޕަހަށް ޒިޔާރަތް ކުރުމުން ކެރިއާ ގައިޑެންސްގެ ފުރުސަތު ހަމަޖެހިގެން ދާނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox